3 ދާއިރާއަކުން އޮޑިޓްތަކެއް ތައްޔާރުކުރުމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނިންމާފައި ވަނީ ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތަކާއި ސާފު ފެނާއި ނަރުދަމާގެ އިތުރުން ކުނި މެނޭޖް ކުރުމުގެ ދާއިރާއާ ގުޅޭ އޮޑިޓްތަކެއް ކުރިއަށް ގެންދިއުމަށެވެ.



އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބުނީ ޕަބްލިކް އަދި ޕްރައިވެޓް ސެކްޓަރގައި ހިމެނޭ މީހުންނާއި ވަކިވަކި ފަރުދުންގެ އިތުރުން ޖަމިއްޔާތަކާއި އެހެނިހެން ފަރާތްތަކުންވެސް މި އޮޑިޓްގައި ބައިވެރިވެ ޚިދުމަތްތައް ފޯރުކޮށްދެމުން އަންނަ ގޮތުގެ މަޢުލޫމާތު ހޯދުމަށް އެއްބާރުލުން ދެވޭނެކަމަށެވެ. އެގޮތުން އެމީހަކު ބޭނުން ދާއިރާއަކަށް އޮޑިޓް އޮފީހުގެ ވެބްސައިޓް މެދުވެރިކޮަށް މަޢުލޫމާތު ހުށަހެޅޭނެއެވެ.

އޮޑިޓް އޮފީހުން ކުރިއަށްގެންދާ މި އޮޑިޓްތަކުގެ ބޭނުމަކީ ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތަކާއި ސާފު ފެނާއި ނަރުދަމާގެ އިތުރުން ކުނި މެނޭޖް ކުރުމުގެ ދާއިރާއާ ގުޅޭގޮތުން މަޝްރޫއުތައް ކުރިއަށްގެންދަނީ އިންސާފުވެރިކޮށްތޯ ބެލުމެވެ.



ކިޔުންތެރިންގެ ހިޔާލު