ވައިގެމަގުން ރާއްޖެއަށް ދިހަ މިލިއަން ރުފިޔާގެ ކޮކެއިން އެތެރެކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
ކަސްޓަމުން އަތުލައިގެންފައިވާ ދިހަ މިލިއަން ރުފިޔާގެ މަސްތުވާތަކެތި އެތެރެކުރަން މަސައްކަތް ކޮށްފައިވަނީ، ބްރެޒިލުން ރާއްޖެއައި އެމެރިކާގެ ރައްޔިތެކެވެ. އުމުރުން 55 އަހަރުގެ ލިއިލާ ލެއިން ކްލާކް ނަމަކަށް ކިޔާ އެ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ އިތުރު 15 ދުވަސް ޖަހައިދީފައެވެ.
ކަސްޓަމުން ބުނީ، އެ ތަކެތި އަތުލައިގެންފައިވަނީ މެއި މަހުގެ 11 ވަނަ ދުވަހު ރާއްޖެއައި އެމެރިކާގެ ރައްޔިތަކާމެދު ޝައްކު ކުރެވިގެން ކަމަށާއި، އޭނާގެ ލަގެޖު ބަލާ ފާސްކުރުމުގެ ތެރޭގައި، ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި ކަމަށެވެ. އެގޮތުން އަތުލައިގެން ތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމުން ތަހުގީގު ކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިނަށް ޕޮޒިޓިވް ވެފައިވާކަމަށް ކަސްޓަމުން ބުނެއެވެ.
މި މައްސަލާގައި އަތުލައިގެން މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމުލަ 2.064 ކިލޯ ހުއްޓެވެ. އަދި މަގުމަތީ އަގުން ނަމަ އެތަކެތީގެ އަގު ދިހަ މިލިއަނަށް އަރާނެ ކަމަށް ކަސްޓަމުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު