ގާނޫނީ ވަކީލުންނާ ގުޅޭ ކަންކަން ބަލަހައްޓާ ކައުންސިލް، ބާ ކައުންސިލް އޮފް މޯލްޑިވްސްގެ ރައީސް ކަމަށް ލޯޔަރު އިސްމާއިލް ވިޝާމް އަދި ނައިބު ރައީސަކަށް ލޯޔަރު މިޒްނާ އަޙްމަދު މިއަދު އިންތިހާބު ކޮށްފިއެވެ.
ބާ ކައުންސިލްގެ ހިންގާ ކޮމިޓީއަށް މެންބަރުން ހޮވުމަށް އޮންލައިންކޮށް ވެސް ބައިވެރިވެވޭ ގޮތަށް އެ ކައުންސިލްގެ އޮފީހުގައި މިއަދު ކުރިއަށް ގެންދިޔަ ހާއްސަގޮތުން ބޭއްވި އާންމު ޖަލްސާގައި އެ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރެއްވީ 'ފައިސަލް އެންޑް ކޯ އެލްއެލްޕީ'ގެ މެނޭޖިން ޕާޓްނާ މުޙައްމަދު ފައިސަލާއި 'ވިޝާމް، ޒާހިރު އެންޑް ކޯ'ގެ ޕާޓްނާ އިސްމާއިލް ވިޝާމެވެ. އެ މަގާމު ވިސާމް ކާމިޔާބު ކުރެއްވީ 270 ވޯޓް ހޯއްދަވައިގެންނެވެ. ދެން އެ މަގާމަށް ވާދަކުރެއްވި ފައިސަލަށް ލިބިވަޑައިގަތީ 182 ވޯޓެވެ.
ނައިބު ރައީސް ކަމަށް ވާދަކުރެއްވީ 'އެސް އެންޑް އޭ ލޯޔާޒް އެލްއެލްޕީ'ގެ ސީނިއާ ޕާޓްނާ މިޒްނާ އަޙްމަދު އެކަންޏެވެ. އެހެންކަމުން އެ ވޯޓު ނަގާފައިވަނީ ފެންނަ ނުފެންނަ ވޯޓެއްގެ ގޮތުގައެވެ. އެ ވޯޓުން އޭނާ އެ މަގާމަށް ހޮވުނީ 281 ވޯޓުންނެވެ. އޭނާއާއި ދެކޮޅަށް 156 ވޯޓު ދީފައިވެއެވެ.
މި މަގާމުތަކަށް މީހުން އިންތިހާބު ކުރުމުގެ ވޯޓު މިއަދުގެ މެންދުރުފަހު 3 ޖަހަންދެން ކުރިޔަށް ދިޔައެވެ.
ބާ ކައުންސިލްގެ ހިންގާ ކޮމިޓީއަށް ހަ މެންބަރުން އިންތިހާބު ކުރަން ޖެހޭއިރު އެ މަގާމުތަކަށް ކުރިމަތިލެއްވީ ފަސް ވަކީލެކެވެ. ކުރިމަތިލެއްވި ފަސް ވަކީލުންގެ ތެރެއިން އިންތިހާބުވާ މިންވަރަށް ވޯޓް ލިބިގެން ހިންގާ ކޮމިޓީއަށް އިންތިހާބުވީ ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް އަޙްމަދު މުއިއްޒު، އިބްރާހީމް ޝަމީލް އަދި ސާދިހު ނަސީރެވެ. ބާކީ 3 މަގާމަށް މީހުން ހޮވަންޖެހޭއިރު އަލުން އެ މަގާމުތަކަށް ވާދަ ކުރުމުގެ ފުރުސަތު ހުޅުވާލާނެ ތާރީހެއް އަދި ހާމަ ކޮށްފައެއް ނުވެއެވެ.
ގާނޫނެއްގެ ދަށުން 2019 ވަނަ އަހަރު އުފެއްދި ބާ ކައުންސިލްގެ މިހާރުގެ ހިންގާ ކޮމިޓީގެ ދައުރު ހަމަވަނީ އަންނަ ޖުލައި 13 ވަނަ ދުވަހަށެވެ.

ކިޔުންތެރިންގެ ހިޔާލު