މިއަދުގެ ސައިކަލުބުރުގެ ތެރެއިން --
މިއަދުގެ ސައިކަލުބުރުގެ ތެރެއިން --
އިންޑިއާގެ ވެރިކަންކުރާ ޕާޓީ، ބީޖޭޕީގެ ތަރުޖަމާން، ކީރިތި ރަސޫލާއަށާއި އިސްލާމް ދީނަށް ފުރައްސާރަކޮށް ވާހަކަ ދެއްކުމާ ގުޅިގެން އެކަމާ ދެކޮޅަށް މިއަދު ހަވީރު "މަގޭ ނަބިއްޔާ" ގެ ނަމުގައި ކުރިއަށް ގެންދިޔަ ސައިކަލު ބުރުގައި އެތައް ސަތޭކަ ބަޔަކު ބައިވެރިވެއްޖެއެވެ.

މިއަދު ހަވީރު 4 ޖެހިއިރު ރަސްފަންނު ސަރަހައްދުންފެށި މި ސައިކަލު ބުރުގައި ދެ ޖިންސްގެ ގިނަ ބަޔަކު ބައިވެރިވިއިރު މީގެ ތެރެއިން އެއްބަޔަކު ތިބީ ޝުއޫރުތައް ލިޔެފައިވާ ޕޯސްޓަރުތައް ހިފައިގެންނެވެ. އެތައް ސަތޭކަ ބަޔަކު ބައިވެރިވި މި ސައިކަލު ބުރުގައި މާލޭގެ ބޮޑެތި މަގުތައް ވަނީ ފުރާލާފައެވެ.

މި ހަރާކާތް ނިންމާލުމުގެ ގޮތުން ރަސްފަންނު ސަރަހައްދުގައި ވަނީ ސައިކަލުބުރު އިންތިޒާމު ކުރި ފަރާތްތަކާއި އަދި ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިންވެސް ވާހަކަ ދައްކަވާފައެވެ. އެގޮތުން، މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ފާހަގަ ކޮށްލެވެއެވެ.

މި ސައިކަލުބުރު ނިންމާލާފައިވަނީ ހާއްސަ ދުއާއަކުންނެވެ. މި ހަރަކާތް ނިންމާލުމަށްފަހު އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކުރި އެގައުމުގެ ވެރިކަން ކުރާ ޕާޓީ ބީޖޭޕީގެ ދެމެންބަރުންގެ ފޮޓޯއެއް ވަނީ އަންދާލާފައެވެ.

ކީރިތި ރަސޫލާއަށް އިހާނެތި ބަސްތައް ރައްދުކޮށްފައިވާތީ އެކަން ދިވެހި ސަރުކާރުންނާއި ރާއްޖޭގެ އެކި ސިޔާސީ ޕާޓީތަކުންނާއި އަމިއްލަ އެކި މުއައްސަސާތަކާއި ރަށްރަށު ކައުންސިލްތަކުން ވެސް ދަނީ ކުށްވެރި ކުރަމުންނެވެ. އަދި ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި ވެސް ދަނީ މުޒާހަރާތައް ބާއްވަމުންނެވެ.

ރަސޫލާއަށް ފުރައްސާރަކޮށްފައި ވަނީ އިންޑިއާގެ ބީޖޭޕީގެ ގައުމީ ސްޕޯކްސްޕާސަން ނުޕޫރު ޝަރުމާ އާއި ވެރިރަށް ނިއު ދިއްލީގެ ބީޖޭޕީގެ މީޑިއާ އިންޗާޖް ނަވީން ކުމާރު ޖިންދާލްއެވެ. މި ދެ މީހުންގެ ތެރެއިން ތަރުޖަމާނު ސަސްޕެންޑް ކުރިއިރު، ނަވީން ވަނީ ޕާޓީން ބޭރުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު