ޕީޕީއެމްގެ ވެރިކަމުގައި ހިގައިދިޔަ ވައްކަމުގެ ޖަރީމާ ބޮޑު ކަމަށާއި އެކަން އާދައިގެ ކަމަކަށް ނުހެދޭނެ ކަމަށް އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ނާއިބް ރައީސް ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެެވެ.
ޑރ. އިޔާޒް މިހެން ވިދާޅުވީ، ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ކުރީގެ ރައީސް ޔާމީނަށް ކުރާ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދައުވާގައި، ފައިސާ ދައުރުކޮށް ފަށަލަކޮށްފައިވާ ގޮތުގެ ތަފްސީލްތައް ދައުލަތުން ކްރިމިނަލް ކޯޓުގައި ހާމަކުރުމާއި ގުޅިގެންނެެވެ. އެކަމަށް އިޝާރަތް ކުރައްވައި މަޝްހޫރު ދީނީ އިލްމްވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވީ "އެންމެންވެސް ވައްކަން ކުރޭ،" މިހެން ބުނެ ނިންމާލެވޭ ވަަރަށް ވުރެ ޕީޕިއެމްގެ ވެރިކަމުގައި ހިގާދިޔަ ވައްކަމުގެ ޖަރީމާ ބޮޑު ކަމަށާއި އެއީ އާދައިގެ ކަމަކަށް ނުހެދޭނެ ކަމަށެވެ.
"ނިޒާމީ ގޮތުން ދައުލަތަކީ ވައްކަން ކުރުމަށް ގެންގުޅޭ އާލާތަކަށް ވަލިއްޔުލްއަމުރު (ރައީސުލްޖުމުހޫރިއްޔާ،) އިސްވެ ހުރެ ހެދި މަންޒަރު މިއޮތީ ފެންނަން." ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ފައިސާ ދައުރުކޮށް ފަށަލަކޮށްފައިވާ ގޮތުގެ ތަފްސީލްތަކަށް އިޝާރަތް ކުރައްވަމުން ޑރ. އިޔާޒް ވިދާޅުވިއެވެ.
ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާގައި އެންމެ ފަހުން އޮތް ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ބުނެފައިވަނީ ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަކީ އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތުގެ ގޮތުގައި ލިބިވަޑައިގަތް ފައިސާއެއް ކަން ސާބިތުވާނެ ހެކި އެބަހުރި ކަމަށެވެ.
ރައީސް ޔާމިންގެ ވެރިކަމުގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ބޮޑު ޚިޔާނާތެއް ވަނީ ހިންގާފައެވެ. އެމްއެމްޕީއާރުސީން ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާއިން ހިންގި އެ ޚިޔާނާތުގެ ތެރެއިން ދައުލަތަށް ވަނީ 3 ބިލިއަން ރުފިޔާގެ ގެއްލުންވެފައެެެވެ.

"enmen ves vakkan kurey" mihen bune ninmaalevey varah vure ppm ge verikamuga hingaa dhiya vakkamuge jareemaa bodu, eii aadhaige kamakah nuhedheyne. Nizaamee gothun dhaulathakee vakkan kurumah gengulhey aalaathakah valeeul amr isve hure hedhi manzaru miothee fennan. https://t.co/CCPV6dbM2T
— Dr.Mohamed Iyaz (@dr_iyaz) June 11, 2022
"ނިޒާމީ ގޮތުން ދައުލަތަކީ ވައްކަން ކުރުމަށް ގެންގުޅޭ އާލާތަކަށް ވަލިއްޔުލްއަމުރު (ރައީސުލްޖުމުހޫރިއްޔާ،) އިސްވެ ހުރެ ހެދި މަންޒަރު މިއޮތީ ފެންނަން." ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ފައިސާ ދައުރުކޮށް ފަށަލަކޮށްފައިވާ ގޮތުގެ ތަފްސީލްތަކަށް އިޝާރަތް ކުރައްވަމުން ޑރ. އިޔާޒް ވިދާޅުވިއެވެ.
ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާގައި އެންމެ ފަހުން އޮތް ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ބުނެފައިވަނީ ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަކީ އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތުގެ ގޮތުގައި ލިބިވަޑައިގަތް ފައިސާއެއް ކަން ސާބިތުވާނެ ހެކި އެބަހުރި ކަމަށެވެ.
ރައީސް ޔާމިންގެ ވެރިކަމުގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ބޮޑު ޚިޔާނާތެއް ވަނީ ހިންގާފައެވެ. އެމްއެމްޕީއާރުސީން ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާއިން ހިންގި އެ ޚިޔާނާތުގެ ތެރެއިން ދައުލަތަށް ވަނީ 3 ބިލިއަން ރުފިޔާގެ ގެއްލުންވެފައެެެވެ.
ކިޔުންތެރިންގެ ހިޔާލު