ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތާ ހަވާލުވެ ހުންނެވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަޙްމަދު ޝަކީލާއި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް ހިސާން ޙުސައިން ބައްދަލުކުރި ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތައް އެ ކޮމިޝަނުން ދޮގުކޮށްފިއެވެ.
ދަންވަރު ވަގުތެއްގައި ގާޒީ ޝަކީލް ޖޭއެސްސީއަށް ގެންގޮސް، ހިސާންގެ އިތުރުން ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު ވެސް އޭނާއާ ބައްދަލު ކުރެއްވިކަމަށް ބައެއް މީޑިއާތަކުން ވަނީ ހަބަރު ފަތުރާފައެވެ.
މިކަން ދޮގުކޮށް ޖޭއެސްސީން ކުރި ޓްވީޓެއްގައި މިރޭ ބުނީ، ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށްދާ ކުރީގެ ރައީސް ޔާމީންގެ މައްސަލަ ބައްލަވާ ގާޒީ އާއި ހިސާނާއި ރިފްއަތު ބައްދަލު ކުރި ކަމަށް ބުނެ ފަތުރަނީ ހަގީގަތާއި ހިލާފު ވާހަކައެއް ކަމަށެވެ. އަދި އެކަން އެގޮތަށް ރިޕޯޓުކުރި މީޑިއާގެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާނެ ކަމަށް ވެސް ކޮމިޝަނުންވަނީ ބުނެފައެވެ.
ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށްދަނީ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ މައްސަލައިގެ ދައުވާއެވެ. މީގެ ކުރިން ވެސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާއެއް އުފުލައި ފަސް އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވާފައެވެ. ނަމަވެސް އެ ނިންމުމަށް ހައި ކޯޓުން ވެސް ތާއީދުކޮށްފައިވަނިކޮށް ސުޕްރީމް ކޯޓުން ވަނީ އެ ހުކުމް ބާތިލު ކޮށްފައެވެ.

Adhi mi commission ge agu vattaalumah ithubaaru nuhifey dhogu habaru fathuraathee mikan kuvverikoh, mikan kamaa behey idhaaraa thakah hushahalhaane kamugai ves dhannavan. @mmc_mv @broadcomMV (2/2) https://t.co/rVAsKJsFJQ
— Judicial Service Commission (@MaldivesJSC) June 11, 2022
ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށްދަނީ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ މައްސަލައިގެ ދައުވާއެވެ. މީގެ ކުރިން ވެސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާއެއް އުފުލައި ފަސް އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވާފައެވެ. ނަމަވެސް އެ ނިންމުމަށް ހައި ކޯޓުން ވެސް ތާއީދުކޮށްފައިވަނިކޮށް ސުޕްރީމް ކޯޓުން ވަނީ އެ ހުކުމް ބާތިލު ކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު