އިންޑިއާއިން ދޭ އެހީގެ ދަށުން ފެލިވަރު ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގައި ހިމެނޭ 4000 ޓަނުގެ މަސް ފިނިކުރާ ފެސިލިޓީ ޤާއިމުކުރުމުގެ އެއްބަސްވުމުގައި ޖުލައިމަހު ސޮއިކުރުމަށް ތައްޔާރުވެއްޖެއެވެ.
ފެލިވަރު ތަރައްޤީކުރުމަށް މި ސަރުކާރުން 45 މިލިއަން ޑޮލަރުގެ މަޝްރޫޢެއް އިންޑިއާގެ އެހީއާއެކު އިޢުލާންކުރީ 2020ވަނަ އަހަރުގެ ފަހުކޮޅުއެވެ.
މިމަޝްރޫއުގެ ދަށުން މިދިޔަ އަހަރު ވަނީ މަސްކިރުމަށް ޚާއްސަ ބަނދަރެއް ތަރައްޤީކުރުމާއި، އަދި މަސް ފިނިކުރާ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ފަށާފައެވެ.
މިފްކޯއިން ބުނީ ބިން ހިއްކުމާއި ބަނދަރާއި ގުޅޭ ހުރިހާ މަސައްކަތްތައް އަންނަ ޖެނުއަރީމަހު ނިންމާލެވޭނެކަމަށެވެ. އަދި ފެލިވަރުގައި ތަރައްޤީކުރާ 4000 ޓަނުގެ މަސް ފިނިކުރާ ނިޒާމުގެ މަސައްކަތުގެ އެއްބަސްވުމުގައި އަންނަ ޖުލައި މަހު ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް މިފްކޯއިން ބުނެއެވެ. އަދި ސޮއިކުރާތާ މަހެއްހާ ދުވަހުގެ މުއްދަތުގައި، މަސައްކަތަށް ބޭނުންވާ ސާމާނު މޮބިލައިޒްކުރަން ފަށާނެކަމަށާއި މި މަސައްކަތް ހަވާލުކުރަނީ އިންޑިއާގެ ކުންފުންޏަކާއިކަމަށްވެސް މިފްކޯއިން ބުނެފައިއެވެ.
މިފްކޯ ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ދަޅުގައި މަސް ބަންދުކުރާ މިންވަރު އިތުރުކޮށް އާމްދަނީ އިތުރުކުރުމަށް 100 ޓަނުގެ މަސް ޕްރޮސެސްކުރާ ފެސިލިޓީއެއް ޤާއިމުކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ފެލިވަރު ތަރައްޤީކުރުމުގެ މަޝްރޫޢަށް ލޯނުދެނީ އިންޑިއާގެ އެގްޒިމް ބޭންކުންނެވެ.

ކިޔުންތެރިންގެ ހިޔާލު