ރަސޫލާއަށް ފުރައްސާރަކުރުމާއި ދެކޮޅަށް މާލޭގައި އެތައް ސަތޭކަ ބަޔަކު ބައިވެރިވި ސައިކަލު ބުރަށް ޑރ. މުހައްމަދު އިޔާޒު ވަޑައިނުގަންނަވާކަމަށް ބުނެ ގިނަ ބައެއްގެ ފާޑު ކިޔަން ފާޑުކިއުން އަމާޒުވެއްޖެ އެވެ.
އިންޑިއާގެ ވެރިކަންކުރާ ޕާޓީ، ބީޖޭޕީގެ ތަރުޖަމާން، ކީރިތި ރަސޫލާއަށާއި އިސްލާމް ދީނަށް ފުރައްސާރަކޮށް ވާހަކަ ދެއްކުމާ ގުޅިގެން އެކަމާ ދެކޮޅަށް "މަގޭ ނަބިއްޔާ" ގެ ނަމުގައި ކުރިއަށް ގެންދިޔަ ސައިކަލު ބުރުގައި އެތައް ސަތޭކަ ބަޔަކު ބައިވެރިވިއެވެ. އޭގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިންނާއި ސިޔާސީ ބޭފުޅުންވެސް ހިމެނެއެވެ.
ނަމަވެސް ރަސޫލާގެ ދިފާއުގައި، ރަސޫލާއަށް ފުރައްސާރަކުރުމާއި ދެކޮޅަށް ބޭއްވި އެއްވުމުގައި ރާއްޖޭގައި އިސްލާމް ދީން ކުރިއެރުވުމުގެ ނަމުގައި އުފައްދާފައިވާ އަދާލަތު ޕާޓީގެ އިސް ބޭފުޅުން ބައިވެރިއެއް ނުވެއެވެ. ހާއްސަ ގޮތެއްގައި މިފަދަ ކަންކަމުގައި މީސް މީޑިއާގައި ވަރަށް ބޮޑަށް ވަކާލާތުކުރަށްވާ ޑރ. އިޔާޒު ބައިވެރިވެ ވަޑައިނުގެންނެވުމުން ގިނަ ބައެއްގެ ފާޑުކިއުން ވަނީ އޭނާއަށް އަމާޒުވެފައެވެ.
ސޯޝަލް މީޑީއާގައި އިސްލާމްދީނަށްޓަކައި ކޮންމެފަދަ ގުރުބާނީއެއްވެސް ވެވަޑައިގަންނަވާން ތައްޔާރަށް ހުންނަވާ މޭރުމަކުން އަބަދުވެސް ވާހަކަ ދައްކަވާ އިޔާޒު، ރަސޫލާއަށް ފުރައްސާރަކުރުމާއި ދެކޮޅަށް، ރަސޫލާގެ ދިފާއުގައި ބޭއްވި އެއްވުމުގައި ބައިވެރިވެވަޑައި ނުގެންނެވުމަކީ ގިނަ ބަޔަކަށް ހައިރާންކަން ލިބި އަދިވެސް ސުވާލުއުފައްދަމުންދާ ކަމެކެވެ. މިކަމުން އެތައް މެސެޖްތަކެއް ބަޔަކަށް ލިބޭނެކަން ބައެއް ފަރާތްތަކުން ފާހަކޮށްފައި ވެއެވެ.
ނަމަވެސް ރަސޫލާއަށް ފުރައްސާރަކުރުމާއި ދެކޮޅަށް ބޭއްވި އެއްވުމުގައި ޑރ.އިޔާޒު ބައިވެރިވެވަޑައިނުގެންނެވި ސަބަބެއް އޭނާ އަދި މިހާތަނަށް ހާމަކުރަށްވާފައެއް ނުވެއެވެ.
ރަސޫލާގެ ދިފާއުގައި، ރަސޫލާއަށް ފުރައްސާރަކުރުމާއި ދެކޮޅަށް ބޭއްވި އެއްވުމުގައި އިޔާޒު ބައިވެރިވެ ވަޑައިގެންފައި ނުވާއިރު، އޭނާ މިހާރު ބޮޑަށް ފާހަގަވަނީ ސޯޝަލް މީޑިއާގައި ކުރީގެ ރައީސް ޔާމީނާއި އެވެރިކަމުގައި ހިންގާފައިވާ ކަންކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އެމްޑީފީގެ ރުހުމާއި ސަމާލުކަން ހޯއްދަވަން އުޅުއްވާ ބޭފުޅެއްގެ ގޮތުގައެވެ.
ރަސޫލާގެ ދިފާއުގައި، ރަސޫލާއަށް ފުރައްސާރަކުރުމާއި ދެކޮޅަށް ބޭއްވި އެއްވުމުގައި އިޔާޒު ބައިވެރިވެ ވަޑައިނުގެންނެވިނަމަވެސް، ކީރިތި ރަސޫލާއަށް އިހާނެތި ބަސްތައް ރައްދުކޮށްފައިވާތީ އެކަން ދިވެހި ސަރުކާރުންނާއި ރާއްޖޭގެ އެކި ސިޔާސީ ޕާޓީތަކުންނާއި އަމިއްލަ އެކި މުއައްސަސާތަކާއި ރަށްރަށު ކައުންސިލްތަކުން ވެސް ދަނީ ކުށްވެރި ކުރަމުންނެވެ. އަދި ދުނިޔޭގެ ބޮޑެތި ގައުމުތަކުގައިވެސް ދަނީ އެކަމާ ދެކޮޅަށް އަޑުއުފުލައި މުޒާހަރާތައް ބާއްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު