އިންޑިއާގެ ނޭޝަނަލް ސެންޓަރ ފޮރ ގުޑް ގަވަރނަންސް އިން އިންތިޒާމުކުރާ އެއް ހަފްތާގެ ސުޓަޑީ ވިޒިޓެއް ގައި ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) ގެ ވަފުދެއް މިއަދު އިންޑިއާއަށް ފުރައިފިއެވެ.
އެ ކޮމިޝަނުން މިއަދު ބުނީ، މި ވަފުދުގައި ކޮމިޝަނުގެ ރައީސް، ނައިބު ރައީސް އަދި މެންބަރުންނާއި ސެކްރެޓަރީ ޖެނެރަލްގެ އިތުރުން ޑިވިޝަންތަކުގެ ހެޑުން ހިމެނޭހެން 11 މެންބަރުން ބައިވެރިވެވަޑައިގަންނަވާކަމަށެވެ.
މި މަހުގެ 13 އިން 17 ގެ ނިޔަލަށް އިންޑިއާގެ ދިއްލީއަށް ކުރާ މި ދަތުރުގައި އެކިއެކި މުއައްސަސާތަކަށް ޒިޔާރަތްކޮށް އެތަންތަނުގެ ވެރިންނާއި ބައްދަލުކޮށް މައުލޫމާތާއި ތަޖުރިބާ ހިއްސާކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އެގޮތުން ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވާ ސަރުކާރުގެ މުއައްސަސާތަކުގެ ތެރޭގައި ޑިޕާޓްމަންޓް އޮފް އެޑްމިނިސްޓްރޭޓިވް ރީފޯމްސް އެންޑް ޕަބްލިކް ގްރީވެންސެސް، ކެޕޭސިޓީ ބިލްޑިންގ ކޮމިޝަން، ޔޫނިއަން ޕަބްލިކް ސަރވިސް ކޮމިޝަން، ސެންޓްރަލް އިންފޮރމޭޝަން ކޮމިޝަން، ސެންޓްރަލް ވިޖިލަންސް ކޮމިޝަން އަދި މޮރާރްޖީ ޑިސައި ނޭޝަނަލް އިންސްޓިޓިއުޓް އޮފް ޔޯގަރ ހިމެނޭކަމަށް ކޮމިޝަނުން މައުލޫމާތު ދެއެވެ.
މީގެ އިތުރުން ވަފުދުގެ މެންބަރުން ތާޖު މަހަލް އަދި ތާރީހީ އިތުރު ތަންތަނަށް ޒިޔާރަތްކުރުމަށް ވަނީ ރޭވިފައެވެ. އަދި މި ދަތުރުގައި އިންޑިއާގެ ފޮރިން ސެކްރެޓަރީ މިސްޓަރ ވިނޭ މޯހަން ކޭވަޓްރަގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއްވެސް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ކޮމިޝަނުން ބުނީ، މިއީ ދިވެހި ސިވިލް ސަރވިސްގެ ހިދުމަތްތައް ތަރައްގީކޮށް ހަރުދަނާ ކުރުމަށް އެ ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކޮމިޝަނަށް ލިބުނު ފުރުސަތެއް ކަމަށެވެ. އެގޮތުން މި ޕްރޮގްރާމްގެ ތެރެއިން އެކިއެކި މުއައްސަސާތަކާ ދެމެދު ގުޅުން ބަދަހިކޮށް، ބެސްޓް ޕްރެކްޓިސަސްތަކުގެ މައުލޫމާތު ހިއްސާކުރެވިގެން ދާނެކަމަށް އެ ކޮމިޝަނުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު