ހައިސްޕީޑް ފެރީގެ ނިޒާމަކުން ރާއްޖޭގެ ރަށްތައް ގުޅާލުމަށް ސަރުކާރުން ކުރިޔަށް ގެންދާ "ރާއްޖެ ޓްރާންސްޕޯޓް ލިންކް" އަކީ ލާމަރުކަޒީ ތަރައްގީގެ މައިބަދަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ މައިގަނޑު އެއް ސިޔާސަތު ކަމަށްވާ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ ކުރުމުގެ ސިޔާސަތުގެ ދަށުން ރޭ އިފްތިތާހުކުރި މި ހިދުމަތް މިއަދުވަނީ އަމަލީ ގޮތުން ފަށާފައެވެ. މި ހިދުމަތް އަދި ފަށާފައިވަނީ ޒޯން 1 ގެ ރަށްތަކުގައެވެ. އެއީ، ރާއްޖޭގެ އެންމެ އުތުރުން ހއ.، ހދ. އަދި ށ. އަތޮޅުގެ ރަށްތަކެވެ.
މި ހިދުމަތް ފެށުމާއި ގުޅިގެން ރައީސް ޞާލިޙް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ ރަށްތައް ގުޅި، އިޖުތިމާއީ އަދި އިގުތިސާދީ އެކަހެރިކަން ފިލައި، އިގުތިސާދުތައް ތަނަވަސް ވެގެންދާނީ މި އަދު މި ފެށުނު ދަތުރުފަތުރުގެ ނިޒާމުގެ ތެރެއިން ކަމަށެވެ.
"މި ޖަޒީރާތަކުގެ އެއް ރަށް އަނެއް ރަށާ ގުޅި، އިޖްތިމާއީ އަދި އިގްތިސާދީ އެކަހެރިކަން ފިލައި، ހުރިހާ ރަށެއްގެ އިގުތިސާދު، ގައުމީ އިގުތިސާދާއި ލާމެހި ތަނަވަސްވާނީ މި ފެށި ރާއްޖެ ޓްރާންސްޕޯޓް ލިންކް ނިޒާމުން. މިއީ އަޅުގަނޑުމެން އެދޭ ލާމަރުކަޒީ ތަރައްގީގެ މައިބަދަ." ރައީސް ޞާލިޙް ވިދާޅުވިއެވެ.
ޒަމާނީ ދަތުރުފަތުރުގެ މި ނިޒާމު ހިންގުމަށް ސަރުކާރުން ހަވާލު ކޮށްފައިވަނީ އެމްޓީސީސީއާއެވެ.
އެމްޓީސީސީން ބުނީ އާރްޓީއެލް ހިދުމަތުގައި ބޭނުންކުރާ ފެރީ ތަކަކީ 50 މީހުންގެ ޖާގައިގެ ފެރީތަކެއް ކަމަށެވެ. އެގޮތުން މިހާރު ބޭނުންކުރާ ފެރީތަކަށް ވުރެ ހިތްގައިމު ފެރީތަކަކަށް އާރްޓީއެލްގެ ފެރީތައް ވެގެންދާނެ ކަމަށާއި މި ސްޕީޑް ފެރީތައް ހުންނާނީ ދަތުރުވެރިންނަށް ހިތްފަސޭހަ ކަމާއެކު ދަތުރުކުރެވޭގޮތަށް ފަރުމާކޮށް އެއަރކޯން ކުރެވިފައި ކަމަށާއި މި ސްޕީޑް ފެރީތަކުގެ ސީޓާއި ޕަސެންޖަރުންގެ ކެބިން ފަރުމާ ކުރެވިފައި ހުންނާނީ މިފަދަ ދަތުރުތައް ކުރުމަށް ފަސިންޖަރުންނަށް އެންމެ ލުއިފަސޭހަވާނެ ގޮތަށް އެމްޓީސީސީ އިން ބުންޏެވެ.

މި ޖަޒީރާތަކުގެ އެއް ރަށް އަނެއް ރަށާ ގުޅި، އިޖްތިމާޢީ އަދި އިޤްތިޞާދީ އެކަހެރިކަން ފިލައި، ހުރިހާ ރަށެއްގެ އިޤްތިޞާދު، ޤައުމީ އިޤްތިޞާދާ ލާމެހި ތަނަވަސްވާނީ މި ފެށި @RTLnetwork ނިޒާމުން. މިއީ އަޅުގަނޑުމެން އެދޭ ލާމަރުކަޒީ ތަރައްޤީގެ މައިބަދަ.
— Ibrahim Mohamed Solih (@ibusolih) June 12, 2022
#ConnectingRaajje
ޒަމާނީ ދަތުރުފަތުރުގެ މި ނިޒާމު ހިންގުމަށް ސަރުކާރުން ހަވާލު ކޮށްފައިވަނީ އެމްޓީސީސީއާއެވެ.
އެމްޓީސީސީން ބުނީ އާރްޓީއެލް ހިދުމަތުގައި ބޭނުންކުރާ ފެރީ ތަކަކީ 50 މީހުންގެ ޖާގައިގެ ފެރީތަކެއް ކަމަށެވެ. އެގޮތުން މިހާރު ބޭނުންކުރާ ފެރީތަކަށް ވުރެ ހިތްގައިމު ފެރީތަކަކަށް އާރްޓީއެލްގެ ފެރީތައް ވެގެންދާނެ ކަމަށާއި މި ސްޕީޑް ފެރީތައް ހުންނާނީ ދަތުރުވެރިންނަށް ހިތްފަސޭހަ ކަމާއެކު ދަތުރުކުރެވޭގޮތަށް ފަރުމާކޮށް އެއަރކޯން ކުރެވިފައި ކަމަށާއި މި ސްޕީޑް ފެރީތަކުގެ ސީޓާއި ޕަސެންޖަރުންގެ ކެބިން ފަރުމާ ކުރެވިފައި ހުންނާނީ މިފަދަ ދަތުރުތައް ކުރުމަށް ފަސިންޖަރުންނަށް އެންމެ ލުއިފަސޭހަވާނެ ގޮތަށް އެމްޓީސީސީ އިން ބުންޏެވެ.
ކިޔުންތެރިންގެ ހިޔާލު