ކީރިތި ރަސޫލާއަށް ފުރައްސާރަކުރުމާއި ދެކޮޅަށް ޒުވާނުންތަކެއް އިސްނަގައިގެން މާލޭގައި ބޭއްވި އެއްވުމުން ނުފެނުނީ މާލޭގައި ނޫޅުއްވާތީ ކަމަށް އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ނާއިބް ރައީސް ޑރ. މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެެވެ.
އިންޑިއާގެ ވެރިކަންކުރާ ޕާޓީ، ބީޖޭޕީގެ ތަރުޖަމާން، ކީރިތި ރަސޫލާއަށާއި އިސްލާމް ދީނަށް ފުރައްސާރަކޮށް ވާހަކަ ދެއްކުމާ ގުޅިގެން އެކަމާ ދެކޮޅަށް "މަގޭ ނަބިއްޔާ" ގެ ނަމުގައި މާލޭގައި އިއްޔެ ވަނީ ސައިކަލު ބުރެެއް ބާއްވާފައެެވެ. މިހަރަކާތުގައި ބައިވެރިވި ފަރާތްތަކުގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިންނާއި ސިޔާސީ ބޭފުޅުންވެސް ހިމެނެއެވެ.
އެ ބައްދަލުވުމުގައި ދީނީ އިލްމްވެރިޔާ ޑރ. މުހައްމަދު އިޔާޒް ބައިވެރިވެވަޑައިނުގެންނެވުމުން ބައެއް ފަރާތްތަކުން ވަނީ އެކަން ފާހަގަކޮށް، އޭނާ އަށް ފާޑުކިޔާފައެވެ. އެކަމާ ގުޅިގެން "ރަސްއޮންލައިން" އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މަޝްހޫރު ތަފްސީރު އިލްމްވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވީ އެއްވުމުން ނުފެނުނީ މާލޭގައި ނޫޅުއްވާތީ ކަމަށެެވެ.
"މާލޭގައި ހުރިނަމަ ރަސޫލާ އަށް ފުރައްސާރަކުރުމާއި ދެކޮޅަށް ބޭއްވި އެއްވުމުގައި އަޅުގަނޑު ބައިވެރިވާނަން،" އިސްލާމްދީނުގެ ދިފާއުގައި އަބަދުވެސް އަޑުފުއްލަވަމުން ގެންދަވާ ޑރ. އިޔާޒް ވިދާޅުވިއެވެ.
ޑރ. އިޔާޒު ވިދާޅުވީ، ޕީޕީއެމުން ބާއްވާ އެފަދަ އެއްވެސް ހަރަކާތެއްގައި ބައިވެރިވެވަޑައި ނުގަންނަވާނެ ކަމަށެވެ.
ރަސޫލާ އަށް ފުރައްސާރަކުރި ކުރުން އެންމެ ފުރަތަމަ ކުށްވެރިކުރި ޕާޓީތަކުގެ ތެރޭގައި ޑރ.އިޔާޒް ނިސްބަތްވެވަޑައިގަންނަވާ އަދާލަތު ޕާޓީ ހިމެނެއެވެ. ކީރިތި ރަސޫލާއަށް އިހާނެތި ބަސްތައް ރައްދުކޮށްފައިވާތީ އެކަން ދިވެހި ސަރުކާރުންނާއި ރާއްޖޭގެ އެކި ސިޔާސީ ޕާޓީތަކުންނާއި އަމިއްލަ އެކި މުއައްސަސާތަކާއި ރަށްރަށު ކައުންސިލްތަކުން ވެސް ދަނީ ކުށްވެރި ކުރަމުންނެވެ. އަދި ދުނިޔޭގެ ބޮޑެތި ގައުމުތަކުގައިވެސް ދަނީ އެކަމާ ދެކޮޅަށް އަޑުއުފުލައި މުޒާހަރާތައް ބާއްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު