އިންޑިއާގެ މުސްލިމުންނާއި ދެކޮޅަށް ހިންގާ ޖަރީމާތައް ބަލައި ނުގަނެވޭނެކަމަށް އދ.ގެ ހާއްސަ ރެޕަޓުއަރ އަދި ރާއްޖޭގެ ކުރީގެ ހާރިޖީ ވަޒީރު ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީދު މިހެން ވިދާޅުވެފައި މިވަނީ އިންޑިއާގެ ބީޖޭޕީގެ އިސްވެރިންތަކެއް ކީރިތި ރަސޫލާއަށް ފުރައްސާރަކުރުމާއި ދެކޮޅަށް އިންޑިއާގައި ބޭއްވި މުޒާހަރާތަކާއި ގުޅިގެން ބައެއް މުސްލިމުންގެ ގެތައް އެ ގައުމުގެ ސަލާމަތީ ބާރުތަކުން ތަޅާލުމާއި، އަދި މުސްލިމުންނަށް ފުލުުހުން އަނިޔާކުރުން އިތުރުވެފައިވާތީ އެކަމާ ގުލިގެންނެވެ.
އިންޑިއާގެ މުސްލިމުންތަކަކަށް އަނިޔާކުރާ ވީޑިއޯއެއް އާއްމު ކުރައްވަމުން ޑރ. ޝަހީދު ވިދާޅުވީ، އެ ވީޑިއޯއަކީ އިންޑިއާގެ މުސްލިމުންނާއި ދެކޮޅަށް ހިންގާ ޖަރީމާތައް ދައްކުވައިދޭ އެތައް ވީޑިއޯތަކެއްގެ ތެރެއިން ވީޑިއޯއެއްކަމަށެވެ.
ޑރ. ޝަހީދު ވިދާޅުވީ އިންޑިއާގެ މުސްލިމުންނާއި ދެކޮޅަށް ހިންގާ ޖަރީމާތައް ބަލައި ނުގަނެވޭނެކަމަށާއި، އެކަންކަން ކުށްވެރިކުރަންޖެހޭކަމަށެވެ.
އިންޑިއާގެ އެކި ސަރަހައްދުތަކުގައި އުޅޭ މުސްލިމުން މުޒާހަރާކުރަމުންދަނީ ވެރިކަންކުރާ ހަރުކަށި ބީޖޭޕީގެ އިސް ދެ ވެރިޔަކު ރަސޫލާއަށް ފުރައްސާރަކޮށް ދެއްކި ވާހަކަތަކާއި ގުޅިގެނެވެ. އިންޑިއާގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް ދަނީ މިފަދަ މުޒާހަރާތައް ބާއްވަމުންނެވެ.
އިންޑިއާގައި ކުރިއަށްދިޔަ މުޒާހަރާތަކާއި ގުޅިގެން ބައެއް ސްޓޭޓްތަކުގެ ސަލާމަތީ ހިދުމަތްތަކުން ވަނީ މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވި ގިނަ ބައެއްގެ ގެތައް މިހާރު ތަޅާލާފައެވެ. އަދި 300 އެއްހާ މީހުން ވަނީ ހައްޔަރުކޮށްފައެވެ.
މުސްލިމުންގެ ގެތައް ތަޅާލުމުގެ މަސައްކަތް އެންމެ ބާރަށް ކުރިއަށްދަނީ ހަރުކަށި ހިންދޫއެއްކަމަށްވާ އަދި ބޮޑުވަޒީރު މޯދީގެ އަރިސް ބޭފުޅެއްކަމަށްވާ ޔޯގީ އަދިތްޔާނަންތު ޗީފް މިނިސްޓަރުކަންކުރާ އުއްތަރަޕަރަދޭޝްގައެވެ. އޭނާގެ އޯޑަރަށް މުސްލިމުންގެ ގެތައް ތަޅަމުންދާއިރު، ތަޅާލި ގެތަކުގެ ތެރޭގައި ސިޔާސީ ބައެއް ލީޑަރުންނާއި މުސްލިމުންގެ ހައްގުގައި މަސައްކަތްކުރާ އެކްޓިވިސްޓުންގެ ގެތައް ހިމެނެއެވެ.

One of many videos on social media exposing police brutality in India, demolition of homes, shooting of peaceful protesters & random assaults on people on streets. Such conduct is never acceptable & must be condemned! @antonioguterres @WairimuANderitu @mbachelet @UN_SPExperts https://t.co/fieIqUk61V
— Ahmed Shaheed (@ahmedshaheed) June 11, 2022
އިންޑިއާގެ އެކި ސަރަހައްދުތަކުގައި އުޅޭ މުސްލިމުން މުޒާހަރާކުރަމުންދަނީ ވެރިކަންކުރާ ހަރުކަށި ބީޖޭޕީގެ އިސް ދެ ވެރިޔަކު ރަސޫލާއަށް ފުރައްސާރަކޮށް ދެއްކި ވާހަކަތަކާއި ގުޅިގެނެވެ. އިންޑިއާގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް ދަނީ މިފަދަ މުޒާހަރާތައް ބާއްވަމުންނެވެ.
އިންޑިއާގައި ކުރިއަށްދިޔަ މުޒާހަރާތަކާއި ގުޅިގެން ބައެއް ސްޓޭޓްތަކުގެ ސަލާމަތީ ހިދުމަތްތަކުން ވަނީ މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވި ގިނަ ބައެއްގެ ގެތައް މިހާރު ތަޅާލާފައެވެ. އަދި 300 އެއްހާ މީހުން ވަނީ ހައްޔަރުކޮށްފައެވެ.
މުސްލިމުންގެ ގެތައް ތަޅާލުމުގެ މަސައްކަތް އެންމެ ބާރަށް ކުރިއަށްދަނީ ހަރުކަށި ހިންދޫއެއްކަމަށްވާ އަދި ބޮޑުވަޒީރު މޯދީގެ އަރިސް ބޭފުޅެއްކަމަށްވާ ޔޯގީ އަދިތްޔާނަންތު ޗީފް މިނިސްޓަރުކަންކުރާ އުއްތަރަޕަރަދޭޝްގައެވެ. އޭނާގެ އޯޑަރަށް މުސްލިމުންގެ ގެތައް ތަޅަމުންދާއިރު، ތަޅާލި ގެތަކުގެ ތެރޭގައި ސިޔާސީ ބައެއް ލީޑަރުންނާއި މުސްލިމުންގެ ހައްގުގައި މަސައްކަތްކުރާ އެކްޓިވިސްޓުންގެ ގެތައް ހިމެނެއެވެ.
ކިޔުންތެރިންގެ ހިޔާލު