ރާއްޖޭގައި ކޮވިޑް-19 ގެ ކޭސްތައް އަނެއްކާވެސް އިތުރުވާން ފަށާފައިވާތީ އެކަމަށް ސަމާލުވާން ހެލްތް ޕްރޮޓެކްޝަން އެޖެންސީން ( އެޗްޕީއޭ) އިން މިއަދު އިލްތިމާސްކޮށްފި އެވެ.
އެޗްޕީއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ވޭތުވެދިޔަ މަސްތަކުގައި ކޮވިޑް ކޭސްތައް ރާއްޖޭގައި މަދުވެފައި އޮތުމަށްފަހު އަނެއްކާވެސް ކޭސްތައް އިތުރުވަމުންދާ ކަމަށެވެ. އެގޮތުން މިދިޔަ ހަފްތާގައި 142 ކޭސް ފެނިފައިވާ ކަމަށާއި މިއީ އޭގެ ކުރީ ހަފްތާއާ އަޅާ ބަލާއިރު 69 ޕަސެންޓްގެ އިތުރުވުމެއް ކަމަށް އެޗްޕީއޭއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
އެޗްޕީއޭއިން ބުނީ ކޮވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވުމާއެކު ސާމްޕަލް ޕޮސިޓިވިޓީއާއި ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެން ފަރުވާދޭ މީހުންގެ އަދަދުވެސް އިތުރުވަމުންދާ ކަމަށެވެ. އަދި މިދިޔަ މަހު ކޮވިޑް ޖެހިގެން ރާއްޖޭގައި އެޑްމިޓް ކޮށްފައިވަނީ ޖުމްލަ 15 މީހުން ނަމަވެސް އިއްޔެގެ ނިޔަލަށް 11 މީހުންނަށް އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހިފައިވާ ކަމަށްވެސް އެޗްޕީއޭއިން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.
އެޗްޕީއޭ އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ ހަފްތާގައި ޕޮޒިޓިވްވި 142 މީހުންގެ ތެރެއިން 50 މީހުންނަކީ މާލެ ސަރަހައްދުން އެ ބަލި ޖެހުނު މީހުންނެވެ. 40 މީހުން ނިސްބަތްވަނީ އަތޮޅުތަކަށެވެ. 52 މީހަކު ނިސްބަތް ވަނީ ރިސޯޓްތަކާއި އިންޑަސްޓްރިއަލް މަސައްކަތް ހިނގާ ރަށްތަކަށެވެ.
ރާއްޖެއިން މިހާތަނަށް 179،979 މީހަކަށް ކޮވިޑް ޖެހިފައިވާއިރު އެ ބަލީގައި 299 މީހަކު ވަނީ ނިޔާވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު