ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މަގާމުން ވަކިކުރުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން މިއަދު ނިންމި ނިންމުމާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތް ފައްޓަވައިފި އެވެ.
ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު ހުސައިން ޝަމީމް އެމަޤާމުން ވަކިކުރުމަށް އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުން މިއަދު ވަނީ ފާސްކޮށްފައެވެ. އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުގެ ބައްދަލުވުމުގައި ޕީޖީ ޝަމީމް މަގާމުން ވަކިކުރުމުގެ މައްސަލަ ޕާލިމަންޓްރީ ގްރޫޕަށް ހުށަހެޅީ، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަމީމެވެ.
ޕީޖީ ޝަމީމް މަޤާމުން ވަކިކުރަން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 21 މެންބަރުންގެ ތެރެއިން 17 މެންބަރުންގެ ވޯޓުންނެވެ. ރައީސް ނަޝީދު ނުސީދާކޮށް ވިދާޅުވީ މި މައްސަލާގައި އެމްޑީޕީން ނެރޭ ތްރީލައިން ވިޕް ބްރޭކް ކުރައްވާނެ ކަމަށެވެ. އަދި އެ ކަމަށް ތާއީދު ކުރައްވާ މެންބަރުން ކޮބައިތޯ ވަޓްސް އަޕް ގުރޫޕްގައި ރައީސް ނަޝީދު އެއްސެވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން ކަންކަން ނިންމަމުންދާ ގޮތަށް ބަލައި ކޮންމެ ފަަހަރަކު ވިޕް ލައިނާ އެއްގޮތަށް ވޯޓްލާން ބޭނުން ނުވާ މެންބަރުން ނަން ނޯޓް ކޮށްދެއްވުން އެދިވަޑައިގަންނަވާ ކަަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ ތްރީލައިން ވިޕާއި ދެކޮޅަށް ވޯޓް ދޭ ސަބަބު ޕާޓީގެ އާންމު މެމްބަރުންނަށް ސާފުވާނެ ކަމަށެވެ.
ރައީސް ނަޝީދުގެ އެ މެސެޖާއި ގުޅިގެން އެމަނިކުފާނު ހިމެނިވަޑައިގަންނަވާހެން 17 މެންބަރަކު ވަނީ ނަން ނޯޓް ކުރައްވާފައެވެ. މި 16 މެންބަރުންނަކީވެސް ރައީސް ނަޝީދަށް ވަފާތެރި މަޖިލިސް މެންބަރުންކަން ފާހަަގަކޮށްލެވެއެވެ. މީގެ ކުރީންވެސް އެ މެމްބަރުން މަސައްކަތް ކުރައްވާފައިވަނީ ރައީސް ނަޝީދުގެ ދިފާއުގައި އަދި އެމަނިކުފާނުގެ އިރުޝާދާ އެއްގޮތަށެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް އަލްއުސްތާޛު ޙުސައިން ޝަމީމު އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 7 ޑިސެމްބަރު 2019 ގައި 74 މެމްބަރުގެ ތާޢީދާ އެކުގައެވެ.

ކިޔުންތެރިންގެ ހިޔާލު