ޖަޕާނު ސަރުކާރުން ރާއްޖެއަށް ދޭން ނިންމާފައިވާ ސްކޮލަޝިޕްތަކުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޖަޕާނު ސަރުކާރުން މަތީ ތައުލީމު ހާސިލްކުރަން ރާއްޖެއަށް ދޭން ނިންމާފައިވާ އެ ސްކޮލަޝިޕްތަކުގެ އެއްބަސްވުމުގައި ޖަޕާންގެ ފަރާތުން ސޮއިކުރެއްވީ ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ޓަކެއުޗީ މިޑޯރީއެެވެ. އަދި ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލް އެވެ.
ފޮރިން މިނިސްޓްރީން ބުނީ މި އެއްބަސް ވުމުގެ ދަށުން ރާއްޖެއަށް 117 މިލިއަން ޔެންގެ ސްކޯލާޝިޕް ހިލޭ ލިބޭނެ ކަމަށެވެ. އެގޮތުން ހަ ފަރާތަކަށް ޖަޕާންގެ އެންމެ ފެންވަރު ރަނގަޅު ޔުނިވާސިޓީ ތަކުން މާސްޓާސް ޑިގްރީ އާއި ހަމައަށް އެއްކޮށް ކިޔެވުމަށް ސްކޮލާޝިޕް ދޭނެ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.
މި ޕްރޮގްރާމް ފާއިތުވި ދެ އަހަރުވެސް ސަރުކާރުން ވަނީ ކުރިއަށް ގެންގޮސްްފައެެވެ. އަދި މިއަހަރު ވެސް އިތުރު ހަ ފަރާތަކަށް މި ފުރުސަތު ހުޅުވާލުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
ޖަޕާނަކީ ރާއްޖޭގެ ތަރައްގީ އެކި ދާއިރާތަކަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ގައުމެކެވެ.

ކިޔުންތެރިންގެ ހިޔާލު