ޕާސްޕޯޓް ހެއްދުމަށް މިދުވަސްވަރު އިމިގްރޭޝަނަށް ގިނަ އަދަދެއްގެ ބަޔަކު ހުށަހަޅަމުންދާތީ ހިދުމަތްދޭ ވަގުތު އިތުރުކުރުމަށް ނިންމާފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން ބުނީ ޕާސްޕޯޓް ހެއްދުމަށް ކުރިން ދުވާލަކު 200 އެއްހާ އެޕްލިކޭޝަން ހުށަހެޅި ނަމަވެސް މިހާރު އެވްރެޖްކޮށް 800 އެޕްލިކޭޝަން ހުށަހަޅާކަމަށެވެ.



އިމިގްރޭޝަނުން ބުނީ ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ގިނަ ގައުމުތަކުގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު، ދަތުރުކުރުމުގެ ލުއިތައް ލިބުމާ ގުޅިގެން ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންގެ އަދަދު އަންދާޒާކުރި ވަރަށް ވުރެވެސް އިތުރުވެފައިވާކަމަށެވެ.

އިމިގްރޭޝަނުން ވިދާޅުވީ ޕާސްޕޯޓް ހެދުމަށް ހުށަހަޅާ މީހުންގެ އަދަދު އިތުރުވެފައިވާތީ ރޭގަނޑު 9:30 ގެ ނިޔަލަށް އިމިގްރޭޝަނުން ހިދުމަތްދޭން ނިންމާފައިވާކަމަށެވެ. އަދި ހަވީރު 3:00 އާ ހަމައަށް ޕާސްޕޯޓް ދޫކުރުންވެސް ކުރިއަށްދާނެކަމަށް އިމިގްރޭޝަނުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު