ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ގާނޫނާއި ހިލާފަށް ވަޒީފާތަކުން ވަކި ކުރި 19 މީހަކަށް ބަދަލުގެ ގޮތުގައި 6 މިލިޔަން ރުފިޔާ ދީފައިވާކަމަށް ބަންޑާރަ ނާއިބު ވިދާޅުވެއްޖެއެވެ.
ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތު މިހެން ވިދާޅުވީ ދައުލަތުން ބަދަލު ދިނުމުގައި ޢަމަލު ކުރަމުންދާ އުސޫލުތައް ސާފު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމެޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުންނެވެ.
ކޮމިޓީއަށް މައުލޫމާތު ދެއްވަމުން ބަންޑާރަ ނައިބް ވިދާޅުވީ މިސަރުކާރުން ގެއްލުމުގެ ބަދަލުތަކުގެ މައްސަލަތަކުގައި އިންސާފުވެރިކަމާއިއެކު މައްސަލަތައް ނިންމުމަށް ރައީސުލްޖުމްހޫރިއްޔާ ޚާއްސަ އިސްކަމެއް ދެއްވާކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ އެފަދަ މައްސަލަ ބެއްލެވުމަށް ސެޓެލްމަންޓް ކޮމެޓީއެއް އުފައްދާފައިކަމަށާއި އެ ކޮމެޓީއަށް 37 މައްސަލައެއް ހުށަހެޅުނުކަމަށް ބަންޑާރަ ނާއިބު ވިދާޅުވިއެވެ.
ބަންޑާރަ ނައިބް ވިދާޅުވީ ބަދަލުގެ ގޮތުގައި އެންމެ ގިނަ އަދަދަކަށް ބެލި މައްސަލަތަކަކީ ވަޒީފާއާއި ގުޅުންހުރި މައްސަލަތައްކަމަށެވެ. އެގޮތުން ކުރީ ސަރުކާރުން އެކި ވަޒީފާތަކުން ވަކިކުރި 19 މީހަކަށް ބަދަލުގެ ގޮތުގައި ސަރުކާރުން 6.8 މިލިޔަން ރުފިޔާ ދީފައިވާކަމަށް ބަންޑާރަ ނާއިބު ވިދާޅުވިއެވެ.
ބަންޑާރަ ނައިބް ވިދާޅުވީ މިމައްސަލަތަކަށް ބަދަލުގެ ގޮތުގައި ފައިސާ ދޭން ނިންމާފައިވަނީ ކޯޓަށް ހުށަހެޅުނު މައްސަލަތަކާއި ގުޅިގެން ކޯޓުން ބޭރުން ކުރެވުނު މަޝްވަރާތަކަށް ފަހުގައިކަމަށެވެ.
ބަންޑާރަ ނައިބް ވިދާޅުވީ ސަރުކާރުން ބަދަލުގެ ގޮތުގައި ފައިސާ ދޭންޖެހެނީ ދައުލަތުގެ އެކި އިދާރާތަކުން ހެދޭ ގޯސްތަކުގެ ސަބަބުންކަމަށެވެ. އަދި މިފަދަ ގޯސްތައް ހަދާ މީހުންނާއިމެދު ފިޔަވަޅު އެޅޭނެ އިންތިޒާމު ހަމަޖައްސައި ޤާނޫނަށް ގެންނަން ޖެހޭ އިސްލާހުވެސް މިހާރު ގެނެސްފައިވާކަމަށްވެސް ރިފްއަތު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީއިން، އެންޓި-ކޮރަޕްޝަން ކޮމިޝަނުން ހުށަހަޅާފައިވާ ހުދުކަރުދާސް، "ދައުލަތުގެ މަޝްރޫޢުތަކުގައި ގެއްލުމުގެ ބަދަލުދިނުމުގެ ނިޒާމުގެ ނަޒާހަތްތެރިކަން" ދިރާސާކުރުން pic.twitter.com/Nn2dcSUASu
— People's Majlis (@mvpeoplesmajlis) June 14, 2022
ބަންޑާރަ ނައިބް ވިދާޅުވީ ބަދަލުގެ ގޮތުގައި އެންމެ ގިނަ އަދަދަކަށް ބެލި މައްސަލަތަކަކީ ވަޒީފާއާއި ގުޅުންހުރި މައްސަލަތައްކަމަށެވެ. އެގޮތުން ކުރީ ސަރުކާރުން އެކި ވަޒީފާތަކުން ވަކިކުރި 19 މީހަކަށް ބަދަލުގެ ގޮތުގައި ސަރުކާރުން 6.8 މިލިޔަން ރުފިޔާ ދީފައިވާކަމަށް ބަންޑާރަ ނާއިބު ވިދާޅުވިއެވެ.
ބަންޑާރަ ނައިބް ވިދާޅުވީ މިމައްސަލަތަކަށް ބަދަލުގެ ގޮތުގައި ފައިސާ ދޭން ނިންމާފައިވަނީ ކޯޓަށް ހުށަހެޅުނު މައްސަލަތަކާއި ގުޅިގެން ކޯޓުން ބޭރުން ކުރެވުނު މަޝްވަރާތަކަށް ފަހުގައިކަމަށެވެ.
ބަންޑާރަ ނައިބް ވިދާޅުވީ ސަރުކާރުން ބަދަލުގެ ގޮތުގައި ފައިސާ ދޭންޖެހެނީ ދައުލަތުގެ އެކި އިދާރާތަކުން ހެދޭ ގޯސްތަކުގެ ސަބަބުންކަމަށެވެ. އަދި މިފަދަ ގޯސްތައް ހަދާ މީހުންނާއިމެދު ފިޔަވަޅު އެޅޭނެ އިންތިޒާމު ހަމަޖައްސައި ޤާނޫނަށް ގެންނަން ޖެހޭ އިސްލާހުވެސް މިހާރު ގެނެސްފައިވާކަމަށްވެސް ރިފްއަތު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު