ރައީސް އިބްރާހިމް މުޙައްމަދު ސާލިޙަކީ ދުރުވިސްނިވަޑައިގަންނަވާ ތައުލީމީ ދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް ގެންނެވި ބޭފުޅެއް ކަމަށާއި ރިޔާސީ އިންތިހާބުގައި ތާއީދު ކުރަށްވާނީ އެމަނިކުފާނަށް ކަމަށް އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ މީޑިއާއަކަށް ދެއްވި އިންޓަރވިއެއްގައި ރައީސް ސާލިހަށް ތާއީދުކުރައްވާކަން ހާމަކުރައްވަމުން އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސާލިޙަކީ ދުރުވިސްނިވަޑައިގަންނަވާ ތައުލީމީ ދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް ގެންނެވި ބޭފުޅެއް ކަމަށެވެ. އަދި އެމަނިކުފާނާއެކު 2023 ގައި ހުންނަވާނެ އެއް ސަބަބަކީ އެއީ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.



އައިސްތު އަލީ ވިދާޅުވީ ރައީސް މަސައްކަތްޕުޅު ކުރައްވާ ގޮތް ފެނިވަޑައިގަންނަވާ ކަމަށާއި، އެމަނިކުފާނަކީ ވަރަށް ވިޝަނަރީ ލީޑަރެއްކަމަށެވެ. އަދި ތައުލީމީ ދާއިރާއާއި ގުޅުންހުރި ކަމެއްގައި އެމަނިކުފާނުގެ އަރިހަށް ވަޑައިގެންފި ނަމަ އެކަން ކުރެވޭނެ ގޮތުގެ މަގު އަބަދުވެސް ރައީސް ހޯއްދަވައިދެއްވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެއްކަމަކީ މުދައްރިސުންގެ މުސާރަ. ސްކޫލަކަށް ވަނީމަ އެ ލިބޭ ލޯބި. ހާދަ އުފަލުންނޭ މީހުން ތިބީ. ރައީސް ތައުލީމީ ދާއިރާއަށް ގެންނެވި އެންމެ ބޮޑު ކާމިޔާބީ އަކީ މުދައްރިސުންގެ މުސާރަ ބޮޑުކުރުން. ރައީސަކީ ވައުދުވެފައި ވައުދުފުއްދަވާ ރައީސެއް." އައިޝަތު އަލީ ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓަރގެ އިތުރުން ސަރުކާރުގެ އެހެނިހެން ވެރިންނާއި ސިޔާސީ ބޭފުޅުންވެސް ދަނީ 2023ގެ ރިޔާސީ އިންތިހާބުގައި ރައީސަށް ތާއީދުކުރައްވާކަން ހާމަކުރައްވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު