ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަކީ ކަން ދެއްކުމަށް ކަންކަން ކުރައްވާ ބޭފުޅެއް ނޫންކަމަށް މި ސަރުކާރުގެ ހެލްތް މިނިސްޓަރު އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ޞާލިޙާއިއެކު ހުންނެވިކަން ހާމަ ކުރައްވަމުން ނަސީމް މިއަދު ވިދާޅުވީ، ސިޔާސީ ފަރާތްތަކުން ކަންކަން ކުރާނީ ސިޔާސީގޮތުން މައްޗަށް ދިޔުމަށް ވަރަށް ބޮޑަށް ކަންކަން ދައްކައިގެން ކަމަށާއި ނަމަވެސް، ރައީސް ޞާލިޙަކީ އެއްގޮތަކަށްވެސް ކަން ދެއްކުމަށް ކަންކަން ކުރައްވަން ބޭނުންފުޅުވާ ބޭފުޅެއް ނޫންކަމަށެވެ.
"ސިޔާސީ ބޭފުޅުން ކަންކަން ކުރައްވަނީ ހަގީގަތުގައި ޕޮލިޓިކަލީ މަތިކުރަން ވަރަށް ބޮޑަށް ކަންކަން ދައްކައިގެން. ރައީސް ޞާލިޙަކީ އެއްގޮތަކަށް ވެސް ކަން ދެއްކުމަށް ކަންކަން ކުރައްވަން ބޭނުންފުޅުވާ ބޭފުޅެއް ނޫން." ނަސީމް މިއަދު ވިދާޅުވިއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި މިނިސްޓަރު ނަސީމްގެ ތާއީދު ރައީސް ޞާލިޙަށް އޮތްކަން ހާމަ ކުރައްވާފައިވާއިރު، ވަޒީރުންގެ މަޖިލީހުގައި ހިމެނޭ އެނޫން އެކި ބޭފުޅުންވެސް މިއަދުވަނީ 2023 ގެ ރިޔާސީ އިންތިހާބުގައި ރައީސް ޞާލިހަށް ތާއީދު ކުރައްވާކަން ރަސްމީކޮށް ހާމަ ކުރައްވާފައެވެ. އޭގެ ތެރޭގައި، އެޑިޔުކޭޝަން މިނިސްޓަރު އައިޝަތު ޢަލީއާއި ޕްލޭނިންގ މިނިސްޓަރު މުޙައްމަދު އަސްލަމް އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ ވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު