އިންޑިއާއިން ރާއްޖެއަށް 520 ޓަނުގެ ހަކުރު ވިއްކަން ނިންމައިފި އެވެ.

އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަކުރު ވިއްކަން ނިންމާފައިވަނީ ދެ ގައުމުގެ ދެމެދުގައި ހަދާފައިވާ ވިޔަފާރީގެ އެއްބަސްވުމެއްގެ ދަށުންނެވެ.

އިންޑިއާގެ މިނިސްޓްރީ އޮފް ކޮންޒިއުމާ އެފެއާޒުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 520 ޓަނުގެ ހަކުރު 90 ދުވަހުގެ ތެރޭގައި އެސްޓީއޯއަށް ދޫކުރަން ނިންމާފައިވާ ކަމަށެވެ.

އިންޑިއާއިން ރާއްޖެއަށް 520 ޓަނުގެ ހަކުރު ވިއްކަން ނިންމާފައިމިވަނީ ބައިނަލްއަގުވާމީ ބާޒާރުތަކަށް ހަކުރު އެކްސްޕޯޓްކުރާ މިންވަރު ލިމިޓްކުރަން އެގައުމުން ނިންމާފައިވަނިކޮށެވެ. މިއީ އެ ގައުމުގެ އެތެރޭގައި ހަކުރުގެ ދަތިކަން ކުރިމަތިވެދާނެތީ އެޅި ފިޔަވަޅެކެވެ.

އިންޑިޔާއަކީ މުޅި ދުނިޔެއިން ދެވަނައަށް އެންމެ ގިނައިން ހަކުރު އެކްސްޕޯޓްކުރާ ގައުމެވެ.



ކިޔުންތެރިންގެ ހިޔާލު