ވެރިކަމުގެ ދަހިވެތި ކަމުގައި ގައުމު އިނދަ ޖައްސާލަން ނޫޅުމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ގޮވާލައްވައިފިއެވެ.
އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް މިހެން ވިދާޅުވީ އެމްޑީޕީގެ ވެރިކަން ކުރިން ވައްޓާލީ ލޯނު ނެގުމުގެ ބާރު މަޖިލީހަށް ދިނުމުން ކަމަށާއި މި ވެރިކަމުގައި އެގޮތަށް އެކަން ވިޔަ ނުދޭނެ ކަމަށް ވިދާޅުވެ ހޯރަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް ދެއްކެވި ވާހަކަތަކަށް ތާއީދު ކުރަށްވަމުންނެވެ.
އެކަމާ ގުޅިގެން ރޮޒައިނާ ވިދާޅުވީ މި ސަރުކާރުން ދައުލަތުގެ މާލިއްޔަތުގެ ކަންތައްތައް ގެންދަނީ ރަނގަޅަށް ކަމަށެވެ. އެންމެ ދަތިވިއިރު ވެސް ގައުމުގެ އެއްވެސް ހަރުމުދަލެއް ވިއްކާލާފައި ނުވާ ކަމަށާއި ދަރަނިތައް މިހާރު ވެސް ދައްކަމުންދާ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
"ބަޔަކު ވަރަށް ބޭނުންވޭ ލަންކާއަށް ވީހެން މިތަނަށް ވާން. ވެރިކަމުގެ ދަހިވެތިކަމުގައި ގައުމު އިނދަޖައްސާލަން ނޫޅޭ." އެމްޑީޕީގެ އަންހެނުން ގޮފީގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ރޮޒެއިނާ ވިދާޅުވި އެވެ.
ދައުލަތުގެ މާލިއްޔަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުން ހޯރަފުށީ ދާއިރާގެ މެންބަރު ސަލީމް (ސައްލެ) ވިދާޅުވީ ޗެކް އެންޑް ބެލެންސްގެ ނަމުގައި ސަރުކާރަށް ދުއްތުރާ ކޮށް އުނދަގޫ ކޮށްގެން ނުވާނެ ކަމަށެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ވެރިކަމުގައި ދައުލަތުގެ މުދަލާއި ފައިސާ ބެލެހެއްޓުމުގެ ނިޒާމު ހަރުދަނާ ވެގެން ދިޔަކަން އެއީ ފެންނަން އޮތް ހަގީގަތެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ސަރުކާރުން މާލީ ދާއިރާ ހަރުދަނާކުރަން އެ އެޅި ފިޔަވަޅުތަކާ ގާތަށް ވެސް މީގެ ކުރިން ކަންތައްތައް ކުރެވިފަ ނުވާކަމަށް ސައްލެ ވިދާޅުވިއެވެ.

👏👏👏@SalleHoarafushi
— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 🎈 (@Roxeyna) June 14, 2022
Mi sarukaarun dhaulathuge maaliyyathuge kanthahthah gendhanee rangalhah. Enme dhathi iruves qaumuge evves harumudhaleh nuvikkaa!
Dharani eba dhakkaa! Bayaku v beynunvey Lanka ah veehen mithanah vaan. Verikamuge dhahivethi kamuga qaumu indha jassan noolhey! pic.twitter.com/XTruzsDHR2
"ބަޔަކު ވަރަށް ބޭނުންވޭ ލަންކާއަށް ވީހެން މިތަނަށް ވާން. ވެރިކަމުގެ ދަހިވެތިކަމުގައި ގައުމު އިނދަޖައްސާލަން ނޫޅޭ." އެމްޑީޕީގެ އަންހެނުން ގޮފީގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ރޮޒެއިނާ ވިދާޅުވި އެވެ.
ދައުލަތުގެ މާލިއްޔަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުން ހޯރަފުށީ ދާއިރާގެ މެންބަރު ސަލީމް (ސައްލެ) ވިދާޅުވީ ޗެކް އެންޑް ބެލެންސްގެ ނަމުގައި ސަރުކާރަށް ދުއްތުރާ ކޮށް އުނދަގޫ ކޮށްގެން ނުވާނެ ކަމަށެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ވެރިކަމުގައި ދައުލަތުގެ މުދަލާއި ފައިސާ ބެލެހެއްޓުމުގެ ނިޒާމު ހަރުދަނާ ވެގެން ދިޔަކަން އެއީ ފެންނަން އޮތް ހަގީގަތެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ސަރުކާރުން މާލީ ދާއިރާ ހަރުދަނާކުރަން އެ އެޅި ފިޔަވަޅުތަކާ ގާތަށް ވެސް މީގެ ކުރިން ކަންތައްތައް ކުރެވިފަ ނުވާކަމަށް ސައްލެ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު