އަންނަ ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ތާއިދު ކުރައްވަން ނިންމެވިކަން ޖުމްހޫރީ ޕާޓީގެ ކައުންސިލްގެ މެންބަރު އަދި އެ ޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ހާމަކުރައްވައިފިއެވެ.
ރައީސް ސޯލިހަށް ރިޔާސީ ދެވަނަ ދަައުރެއް ހޯއްދަވައިދެއްވުމަށް އެމަނިކުފާނުގެ ސަރުކާރުގެ މިނިސްޓަރުން ވަނީ ނުކުމެވަޑައިގެންފައެވެ. ރައީސް އޮފީހުގެ މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި އަހުމަދު ސަމީރު ވިދާޅުވީ ރައީސް ސޯލިހަކީ ރައްޔިތުންނަށް އޯގާތެރި ލީޑަރެއް ކަަމަށެވެ. އަދި އެމަނިކުފާނަށް ދެވަނަ ދައުރަކަށް ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށް ސަމީރު ވިދާޅުވިއެވެ.
ރައީސް ސާލިޙަށް ތާއިދު ކުރައްވާކަން ސަމީރު ހާމަކުރައްވާފައިވާއިރު އެމަނިކުފާނަށް، އިތުރު ފަސް އަހަރުގެ ދައުރެއް ދޭންޖެހޭ ކަމަށް ސަމީރު މީގެ ކުރިންވެސް ވަނީ ވިދާޅުވެފައެވެ. ސަމީރު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ކާމިޔާބު ކަމާއެކު ކޯލިޝަން ސަރުކާރެއް ދަމަހައްޓަވާފައިވާ ކަމަށެވެ.
މީގެ ކުރިން އެއްވެސް ވެރިއަކަށް ކޯލިޝަން ސަރުކާރެއް ދެމެހެއްޓިފައިނުވާ ކަމަށާއި ކޯލިޝަނާއެކު ރައީސް ދައްކަވަނީ ރީތި މިސާލެއް ކަމަށް ސަމީރު ވިދާޅުވިއެވެ.
"ތާހިރުވެގެން ތިބެ ތާހިރު ދިރިއުޅުމެއްގެ ތެރޭގައި އަޅުގަނޑުމެން ތާހިރުކަންމަތީ މި ފަސް އަހަރު ނިންމައި އިރާދަކުރެއްވިޔާ އަޅުގަނޑުމެން އެބަޖެހޭ ކުރިއަށް އޮތް ފަސް އަހަރުވެސް ރައީސް ޞާލިޙަށް މި ސަބަބަށްޓަކައި ދޭން. އެއީ ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށްޓަކައި އަދި ރައްޔިތުންގެ ތަރައްގީއަށްޓަކައި." މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރެއްވި ސަމީރު ވިދާޅުވެފައިވެއެވެ.
އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަން ރަސްމީކޮށް ރައީސް ސޯލިހް އިއުލާންކުރައްވާފައިވާއިރު އެ އިންތިޚާބު ކޯލިޝަނެއްގެ ތެރެއިން ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެމަނިކުފާނު ދާދިފަހުން ވަނީ ވިދާޅުވެފައެވެ.
އަންނަ ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ތާއިދުކުރަށްވާކަން މިހާތަނަށް ހާމަކުރެއްވި ބޭފުޅުންގެ ތެރޭގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި ހެލްތް މިނިސްޓަރު އަހުމަދު ނަސީމާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ހިމެނިވަޑައިގަންނަވައެވެ.
ސަމީރަކީ އެމްޑީޕީ ފިޔަވައި އެހެން ޕާޓީއެއްގެ އިސް ބޭފުޅެއް ރައީސް ސޯލިހަށް ތާއީދު ކުރެއްވި ފުރަތަމަ ބޭފުޅާއެވެެ.

ރައްޔިތުންނަށް އޯގާތެރި ދެވަނަ ދަޢުރަކަށް އަޅުގަނޑުގެ ފުރިހަމަ ތާއީދު ރައީސް ޞާލިޙު އަށް @ibusolih pic.twitter.com/s8gvAt8l2s
— Ahmed Sameer (@meeraazu) June 14, 2022
ރައީސް ސާލިޙަށް ތާއިދު ކުރައްވާކަން ސަމީރު ހާމަކުރައްވާފައިވާއިރު އެމަނިކުފާނަށް، އިތުރު ފަސް އަހަރުގެ ދައުރެއް ދޭންޖެހޭ ކަމަށް ސަމީރު މީގެ ކުރިންވެސް ވަނީ ވިދާޅުވެފައެވެ. ސަމީރު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ކާމިޔާބު ކަމާއެކު ކޯލިޝަން ސަރުކާރެއް ދަމަހައްޓަވާފައިވާ ކަމަށެވެ.
މީގެ ކުރިން އެއްވެސް ވެރިއަކަށް ކޯލިޝަން ސަރުކާރެއް ދެމެހެއްޓިފައިނުވާ ކަމަށާއި ކޯލިޝަނާއެކު ރައީސް ދައްކަވަނީ ރީތި މިސާލެއް ކަމަށް ސަމީރު ވިދާޅުވިއެވެ.
"ތާހިރުވެގެން ތިބެ ތާހިރު ދިރިއުޅުމެއްގެ ތެރޭގައި އަޅުގަނޑުމެން ތާހިރުކަންމަތީ މި ފަސް އަހަރު ނިންމައި އިރާދަކުރެއްވިޔާ އަޅުގަނޑުމެން އެބަޖެހޭ ކުރިއަށް އޮތް ފަސް އަހަރުވެސް ރައީސް ޞާލިޙަށް މި ސަބަބަށްޓަކައި ދޭން. އެއީ ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށްޓަކައި އަދި ރައްޔިތުންގެ ތަރައްގީއަށްޓަކައި." މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރެއްވި ސަމީރު ވިދާޅުވެފައިވެއެވެ.
އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަން ރަސްމީކޮށް ރައީސް ސޯލިހް އިއުލާންކުރައްވާފައިވާއިރު އެ އިންތިޚާބު ކޯލިޝަނެއްގެ ތެރެއިން ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެމަނިކުފާނު ދާދިފަހުން ވަނީ ވިދާޅުވެފައެވެ.
އަންނަ ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ތާއިދުކުރަށްވާކަން މިހާތަނަށް ހާމަކުރެއްވި ބޭފުޅުންގެ ތެރޭގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި ހެލްތް މިނިސްޓަރު އަހުމަދު ނަސީމާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ހިމެނިވަޑައިގަންނަވައެވެ.
ސަމީރަކީ އެމްޑީޕީ ފިޔަވައި އެހެން ޕާޓީއެއްގެ އިސް ބޭފުޅެއް ރައީސް ސޯލިހަށް ތާއީދު ކުރެއްވި ފުރަތަމަ ބޭފުޅާއެވެެ.
ކިޔުންތެރިންގެ ހިޔާލު