އއ. މާޅޮހުގެ ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް ދާކަމަށް އެ ރަށުގައި ކަރަންޓުގެ ހިދުމަތް ދޭ ކުންފުނި ސްޓެލްކޯއިން ބުނެފިއެވެ.
މާޅޮހުގައި ކުރިޔަށްދާ މި މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ހާމަ ކުރަމުން މިއަދު އެ ކުންފުނިން ބުނެފައިވަނީ، އެ މަސައްކަތުގެ ތެރެއިން ޖުމްލަ 1322 މީޓަރުގެ ކޭބަލް ވަޅުލާނިމި، ކުރިން ހުރި ޑިސްޓްރިބިއުޝަން ފޮށިތަކުގެ ބަދަލުގައި އައު ފޮށި ބެހެއްޓުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުން ކަމަށެވެ.
ސްޓެލްކޯއިން އިތުރަށް ބުނީ، މި މަސައްކަތް މުޅިން ނިމުމާއެކު މާޅޮހަށް ދިމާވެފައިވާ، ވޯލްޓޭޖް ޑްރޮޕްގެ މައްސަލަ އެއްކޮށް ހައްލުވެ، އެކަމުގެ ފަސޭހަތައް އެރަށުގެ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައި ސްޓެލްކޯއިން ކަރަންޓްގެ ހިދުމަތް ފުޅާ ކުރަމުންދާއިރު، އެ ކުންފުނިން ދެމުންދާ ހިދުމަތްތައް އެންމެ ރަނގަޅު ފެންވަރެއްގައި ދިނުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންކަން ފާހަގަ ކުރެވެއެވެ.

އއ. މާޅޮހުގެ ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ތެރެއިން ޖުމްލަ 1322 މީޓަރުގެ ކޭބަލް ވަޅުލާނިމި، ކުރިން ހުރި ޑިސްޓްރިބިއުޝަން ފޮށިތަކުގެ ބަދަލުގައި އައު ފޮށި ބެހެއްޓުމުގެ މަސައްކަތް ދަނީ ކުރެވެމުން. pic.twitter.com/ur2ex28FBv
— STELCO (@STELCOMALDIVES) June 15, 2022
ސްޓެލްކޯއިން އިތުރަށް ބުނީ، މި މަސައްކަތް މުޅިން ނިމުމާއެކު މާޅޮހަށް ދިމާވެފައިވާ، ވޯލްޓޭޖް ޑްރޮޕްގެ މައްސަލަ އެއްކޮށް ހައްލުވެ، އެކަމުގެ ފަސޭހަތައް އެރަށުގެ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައި ސްޓެލްކޯއިން ކަރަންޓްގެ ހިދުމަތް ފުޅާ ކުރަމުންދާއިރު، އެ ކުންފުނިން ދެމުންދާ ހިދުމަތްތައް އެންމެ ރަނގަޅު ފެންވަރެއްގައި ދިނުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންކަން ފާހަގަ ކުރެވެއެވެ.
ކިޔުންތެރިންގެ ހިޔާލު