ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޖުމްލަ 70،000 މީހުންގެ އާބާދީއެއް ގާއިމްވާނެ ކަމަށް ލަފާ ކުރެއްވޭ ކަމަށާއި، އެ ވަރުގެ އާބާދީއަކަށް ބޭނުންވާ ހުރިހާ ހިދުމަތަކާ އެކު އެތަން ތަރައްގީ ކުރެވިގެން ދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިރޭ ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ރައްޔިތުންނަށް ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ ބަސް ދަތުރުގެ ހިދުމަތް އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ފޭސް ދޭއްގައި އަޅާފައިވާ ހިޔާ ފްލެޓްތައް ލިބުނު އެންމެން އެ ސަރަހައްދަށް ބަދަލުވުމުން އެ ތަނުގައި ގާތްގަނޑަކަށް 40،000 މީހުން އާބާދުވާނެ ކަމަށެވެ. އަދި މި ސަރުކާރުން ފޭސް ދޭއްގައި އަޅާ 6،000 ފްލެޓްއާއި 1،000 ގޯތި ދޫކުރުމުން 70،000 އާ ގާތްކުރާ އާބާދީއެއް އެތަނުގައި އޮންނާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެއާއި ގުޅިގެން އެ ސަރަހައްދުގައި އާބާދުވާ އެންމެންނަށް ބޭނުންވާ ހިދުމަތްތައް ފަސޭހައިން ލިބޭ ގޮތަށް ފޭސް ދޭއް ތަރައްގީ ކުރަންޖެހޭ ކަމަށާއި އަދި އެ ތަރައްގީ ގެނެސް ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، އެކަން ހާސިލު ކުރުމަށް ދަތުރުފަތުރުގެ ނިޒާމު މިހާރަށްވުރެ ވެސް ހަރުދަނާ ކުރަން ޖެހޭ ކަމަށާއި ސިއްހީ ހިދުމަތް މިއަށް ވުރެ ވެސް ފަސޭހައިން ލިބޭނެ ގޮތް ވާން ޖެހޭނެ ކަމަށެވެ. އަދި އެ ސަރަހައްދުގައި ސްކޫލްތައް ގިނަ ކުރަން ޖެހޭ ކަމަށް ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.
ރައީސް ސާލިޙު ވިދާޅުވީ ހުޅުމާލޭ ފޭސް 2 ގައި 8 ސްކޫލަކާއި، އިތުރު 2 ޕްރީސްކޫލް އެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އޭގެތެރެއިން މިހާރު 1 ސްކޫލާއި، 2 ޕްރީސްކޫލްގެ މަސައްކަތް ނިމި، މިހާރު ހުޅުވާފައިވާ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.
"މިހާރު ކުރިއަށްދާ ޞަލާޙުއްދީން ސްކޫލްގެ މަސައްކަތް އިރާދަކުރެއްވިއްޔާ، 2023 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ހުޅުވި، ކުދިންނަށް ސްކޫލަށް ދެވޭވަރު އިރާދަކުރެއްވިއްޔާ ކުރެވޭނެ. އަދި އިތުރަށް ކުރިއަށްދާ ޕްރީސްކޫލްގެ 2 ސްކޫލް، 2023 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭ ނިންމައި ޚިދުމަތް ދެވޭވަރުވާނެ." ރައީސް ސާލިޙު ވިދާޅުވިއެވެ.
މީގެ އިތުރުންވެސް، ރައީސް ވިދާޅުވީ ސްވިމިން ޓްރެކަކާއި، ހަޓްތަކަކާއި، ޕަބްލިކް ޓޮއިލެޓާއި، އާއިލާއާ އެކީގައި ގޮސް ބީޗުގައި ހަމަޖެހިލައިގެން ތިބެ ޗުއްޓީ ހޭދަކޮށްލެވޭ ގޮތަށް ތަރައްގީ ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ޞިއްޙީ ޚިދުމަތް، ހުޅުމާލޭ ފޭސް 2ގެ ހިޔާ ފްލެޓްތަކުން ދިނުމަށްޓަކައި 3 ކްލިނިކަކާއި، 3 ފާމަސީގެ ޚިދުމަތް ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އަދި އޭގެއިތުރުން، ހުޅުމާލޭ ފޭސް 2 ގައި އިތުރު ހޮސްޕިޓަލާއި، އިތުރު ޞިއްޙީ ޚިދުމަތްތައް ލިބޭނެ ވަސީލަތްތައް ޤާއިމުކުރުމަށް، މިހާރުވެސް އެޗް.ޑީ.ސީ.ގެ ފަރާތުން ބީލަމަށްލައި، އެކަމުގެ ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.
މިރޭގެ ވާހަކަފުޅުގައި ރައީސްވަނީ ހިޔާ ފުލެޓްތަކުގެ ވެރިންގެ ޝަކުވާއާއި ގުޅޭގޮތުންވެސް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ދެވަނަ ފިޔަވަހީގެ ރައްޔިތުން ހުށައަޅަމުން އަންނަ ޝަކުވާތަކުގެ ތެރޭގައި ފްލެޓްތަކުގެ ކުލި ބޮޑުވުމާއި އެހެނިހެން ކަންކަމުގެ ޝަކުވާތައް ހިމެނޭކަމަށެވެ. އަދި އެ ޝަކުވާތައް ރައީސް އޮފީހަށް ލިބެމުން ދާކަމަށާއި، ރައްޔިތުން ހުށައަޅާ ޝަކުވާތައް ވަރަށް ކައިރިން ބައްލަވަމުން ގެންދަވާކަމަށާއި މިހާރުން މިހާރަށް ހައްލު ގެނެވެން ހުރި ކަންތަކަށް ހައްލު ގެނައުމުގެ މަސައްކަތްތައް ކުރައްވަމުން ގެންދަވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު