ރައްކާތެރި މުޖްތަމައެއް ބިނާކުރުމަށްޓަކައި މުޖްތަމައުގައި ކުށްމަދުކޮށް، ޢާއްމު ރައްޔިތުން ހޭލުންތެރިކުރުވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ކުރިޔަށްގެންދާ ކޮމުޔުނިޓީ ސޭފްޓީ ޕާޓްނަރޝިޕް ޕްރޮގްރާމް އެމް.ޑަބްލިޔު.އެސް.ސީން ސްޕޮންސަރ ކޮށްދީފިއެވެ.
މިއަދު މޯލްޑިވްސް ޕޮލިސް ސަރވިސްގައި ބޭއްވި ހަފްލާގައި މިސްޕޮންސަރޝިޕްގައި އެމް.ޑަބްލިޔު.އެސް.ސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހެވެ. އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ރަޝީދެވެ. މި ރަސްމިޔާތުގައި މޯލްޑިވްސް ޕޮލިސް ސަރވިސް އާއި އެމް.ޑަބްލިޔު.އެސް.ސީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ފުލުހުންބުނީ މިއަހަރުގެ ކޮމިޔުނިޓީ ސޭފްޓީ ޕާޓްނަރޝިޕް ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ "އިސްނަގާނީ އަހަރެން" މިޝިއާރުގެ ދަށުން ކަމަށެވެ. މި ކޮމިޔުނިޓީ ސޭފްޓީ ޕްރޮގުރާމް ކުރިއަށް ގެންދެވޭނީ ހުރިހާ އުމުރުފުރަޔަކާ ގުޅޭގޮތުންނެވެ. މިގޮތުން ކޭމްޕްތަކާއި ހޭލުންތެރިކުރުމުގެ ޕްރޮގުރާމްތަކާއި ކުޅިވަރު ހަރަކާތްތައް ކުރިޔަށް ގެންދަން އަމާޒުކޮށްފައިވަނީ ސްކޫލް ކުދިންނާއި، ޒުވާނުންނާއި އަދި އިސްރަށްވެހިންނަށް ޙާއްސަކޮށްގެންނެވެ.
މި ޕްރޮގްރާމްގެ ދަށުން ހަރަކާތްތަކުގެ ބައިވެރިންނަށް އަމިއްލަ ނަފްސުގެ ސަލާމަތާއި ރައްކާތެރިކަމުގެ ހުނަރުތަކާއި ފުރަތަމަ އެހީ ފޯރުކޮށްދޭނެ ގޮތްތައްވެސް ދަސްކޮށްދޭނެއެވެ. އަދި އަލިފާނުގެ ހާދިސާތަކުގައި އަމަލުކުރާނެގޮތްތައް ދަސްކޮށްދިނުމަށްގެންދާ ތަމްރީންތަކާއި، ޑޮމެސްޓިކް ހައުސް ވަޔަރިންއާއި، އާންމު ދިރިއުޅުމާއި މުޖުތަމައުގައި އުޅޭއިރު އަމަލުކުރަންޖެހޭ ގޮތްތަކާއި، ދިރިއުޅުމުގެ ރިވެތި އަދަބުތަކާއި، ލީޑަރޝިޕްގެ ބައިތަކުގެ އިތުރުން، ރެޕަލިންގެ ހަރަކާތްތައްވެސް ކުރިއަށް ގެންދާނެއެވެ.
އެމް.ޑަބްލިއު.އެސް.ސީން ބުނީ އެކުންފުނީގެ އަމާޒަކީ ކުންފުނީގެ އިޖްތިމާޢީ ޒިންމާގެ ދަށުން، މުޖުތަމައުގެ ކުރިއެރުމާއި، ލާބައާއި މަންފާއަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު