ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން ސިވިލް ކޯޓަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.
އެމަނިކުފާނު ސިވިލްކޯޓަށް ކުރެއްވި ޒިޔާރަތަކީ، މަދަނީ އިޖުރާއަތުގެ ގާނޫނަށް މިއަދު އަމަލުކުރަން ފެށުމާއެކު، އެ ގާނޫނު ތަންފީޒު ކުރުމާ ގުޅޭގޮތުން ސިވިލް ކޯޓުން ވަމުންދާ ތައްޔާރީތައް ބައްލަވައިލެއްވުމަށްޓަކައި ކުރެއްވި ޒިޔާރަތެކެވެ.
ސުޕްރީމް ކޯޓުން މިއަދު ބުނެފައިވަނީ، މި ޒިޔާރަތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދާއި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ބައިވެރިވެވަޑައިގެންނެވި ކަމަށެވެ. މި ބައްދަލުވުމުގައި ސިވިލް ކޯޓުގެ އިސް ފަނޑިޔާރުންވެސް ބައިވެރިވެވަޑައިގެންފައިވާއިރު، އެ ގާނޫނަށް އަމަލު ކުރުމަށް ވެފައިވާ ތައްޔާރީތައް ސިވިލް ކޯޓުގެ ފަރާތުން ވަނީ ހިއްސާ ކޮށްފައެވެ.
މަދަނީ އިޖުރާއަތުގެ ގާނޫނު ފާސްކުރީ މިދިޔަ އަހަރުގެ ނޮވެންބަރު 29 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 44 ވަނަ ޖަލްސާއިންނެވެ. އަދި މި ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވާފައިވަނީ މިދިޔަ އަހަރުގެ ޑިސެންބަރު 16 ގައެވެ.
އެ ގާނޫނަކީ ރާއްޖޭގެ ޝަރުއީ ކޯޓުތަކަށް ހުށަހެޅޭ މަދަނީ މައްސަލަތަކުގެ ޝަރީއަތުގެ ކުރީގެ އިޖުރާއަތުތަކާއި، އެފަދަ މައްސަލަތަކުގެ ޝަރީއަތުގެ މަރުޙަލާތައް ހިނގާނެ ގޮތާއި، އެފަދަ މައްސަލަތަކުގެ މައްޗަށް ހިނގާނެ ހެކީގެ އުސޫލުތަކާއި، އެފަދަ މައްސަލަތަކާމެދު ގޮތެއް ނިންމުމުގައާއި، ޝަރީއަތް ނިމި ހުކުމް ތަންފީޒު ކުރުމުގައި އަމަލުކުރާނެ އިޖުރާއަތުތަކާއި، އެނޫންވެސް ދިވެހިރާއްޖޭގެ ޝަރުއީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގެ މަދަނީ އިޖުރާއަތާބެހޭ އާންމު އުސޫލުތައް ބަޔާންކޮށްފައިވާ ގާނޫނެކެވެ.

މަދަނީ އިޖުރާއަތުގެ ޤާނޫނުއަށް މިއަދު ޢަމަލުކުރަން ފެށުމާއެކު، އެ ޤާނޫނު ތަންފީޒުކުރުމާގުޅޭގޮތުން ސިވިލް ކޯޓުން ވަމުންދާ ތައްޔާރީތައް ބައްލަވައިލެއްވުމަށްޓަކައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން ސިވިލް ކޯޓަށް މިއަދު ޒިޔާރަތްކުރައްވިފިއެވެ pic.twitter.com/cuHpuNc6Wl
— Supreme Court of the Maldives (@SCMaldives) June 16, 2022
މަދަނީ އިޖުރާއަތުގެ ގާނޫނު ފާސްކުރީ މިދިޔަ އަހަރުގެ ނޮވެންބަރު 29 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 44 ވަނަ ޖަލްސާއިންނެވެ. އަދި މި ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވާފައިވަނީ މިދިޔަ އަހަރުގެ ޑިސެންބަރު 16 ގައެވެ.
އެ ގާނޫނަކީ ރާއްޖޭގެ ޝަރުއީ ކޯޓުތަކަށް ހުށަހެޅޭ މަދަނީ މައްސަލަތަކުގެ ޝަރީއަތުގެ ކުރީގެ އިޖުރާއަތުތަކާއި، އެފަދަ މައްސަލަތަކުގެ ޝަރީއަތުގެ މަރުޙަލާތައް ހިނގާނެ ގޮތާއި، އެފަދަ މައްސަލަތަކުގެ މައްޗަށް ހިނގާނެ ހެކީގެ އުސޫލުތަކާއި، އެފަދަ މައްސަލަތަކާމެދު ގޮތެއް ނިންމުމުގައާއި، ޝަރީއަތް ނިމި ހުކުމް ތަންފީޒު ކުރުމުގައި އަމަލުކުރާނެ އިޖުރާއަތުތަކާއި، އެނޫންވެސް ދިވެހިރާއްޖޭގެ ޝަރުއީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގެ މަދަނީ އިޖުރާއަތާބެހޭ އާންމު އުސޫލުތައް ބަޔާންކޮށްފައިވާ ގާނޫނެކެވެ.
ކިޔުންތެރިންގެ ހިޔާލު