އިިންޑިއާގެ މަޝްހޫރު މީޑިއާތަކުގެ މެންބަރުން ހިމެނޭ ޓީމެއް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ / ވިޒިޓް މޯލްޑިވްސް) ގެ ދައުވަތަކަށް ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެ އަތުވެއްޖެއެވެ.
މި ދަތުރު ކުރިއަށްދަނީ ޖޫން 13 އިން 19 ވަނަ ދުވަހާ ހަމައަށެވެ.
މި ޓީމުގައި ހިމެނޭ މީޑިއާތަކުގެ ތެރޭގައި ޓައިމްސް އޮފް އިންޑިއާ، ފައިނޭންޝަލް އެކްސްޕްރެސް، ބީޑަބްލިއު ބިޒްނަސް ވޯލްޑް، އެންޑީޓީވީ ފުޑް، އަދި ޓްރެވަލް ޑައިންގެ މެންބަރުން ހިމެނެއެވެ.
މި ދަތުރުގައި އެމީހުން ތިބެނީ ކުރަމަތި މޯލްޑިވްސް، ދަ ރެސިޑެންސް މޯލްޑިވްސް އާއި ނޮކު މޯލްޑިވްސްގައެވެ. މި ދަތުރުގެ ތީމް އަކީ ގޭސްޓްރޮނޮމީ އަށް ވުމާއެކު، ދަތުރުގެ ބައިވެރިން ތިބޭ ރިޒޯޓުތަކުގައި ރާއްޖޭގެ ހާއްސަ ކެއުންތައް ތަޖުރިބާ ކުރަމުން އެބަދެއެވެ. އަދި ރާއްޖޭގެ މެހެމާންދާރީ އާއި، ތަފާތު ހިދުމަތްތައްވެސް މިޓީމުގެ ޝެޑިއުލްގާ ހިމެނެއެވެ. މި ދަތުރުގެ ތެރެއިންނާއި ދަތުރަށްފަހު ދަތުރުގެ ބައިވެރިން ރާއްޖެއާ ބެހޭ ފޮޓޯ، ވީޑިއޯ އަދި ލިޔުންތައް އެފަރާތްތަކުގެ ސޯޝަލް މީޑިއާ އަދި ޕަބްލިކޭޝަންތަކުގައި ޝާއިޢުކުރާނެއެވެ. މި ދަތުރާ ގުޅިގެން ޝާއިޢުކުރާ ލިޔުންތައް އިންޑިއާ މާކެޓުގެ ގިނަ ބަޔަކަށް ފޯރާނެކަމަށް ބެލެވެއެވެ.
މި ޓީމް ކުރަމަތި ރިޒޯޓުގައި ތިބިއިރު، އެމްއެމްޕީއާރުސީގެ އޮފިޝަލުން ކުރަމަތިއަށް ޒިޔާރަތްކޮށް އިންޑިއާގެ ބާޒާރުގައި މަންޒިލް އިތުރަށް ޕްރޮމޯޓް ކުރުމަށް ކުރާ މަސައްކަތްތައް ފުޅާކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާކުރިއެވެ. މީގެ އިތުރުން، ރާއްޖޭގެ އެންމެފަހުގެ ޓްރެވަލް ގައިޑްލައިންތަކާއި، ރާއްޖެއިން ކުރެވެންހުރި ތަފާތު ތަޖުރިބާތަކުގެ މައުލޫމާތު ޒިޔާރަތްކުރި ޓީމުގެ މެމްބަރުންނާ ޑެސްޓިނޭޝަން ޕްރެޒެންޓޭޝަނަކުން ހިއްސާކުރިއެވެ.
މި ދަތުރުގެ ބޭނުމަކީ އިންޑިއާއިން ރާއްޖެއަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކުގެ މެދުގައި ރާއްޖެ އިތުރަށް ޕްރޮމޯޓް ކުރުމެވެ. އަދި ރާއްޖޭގެ ރައްތަށް ގުދުރަތީ ގޮތުން އުފެދިފައިވާ ގޮތާއި، ވަން އައިލެންޑް ވަން ރިޒޯޓް ކޮންސެޕްޓް ޕްރޮމޯޓުކޮށް، ރާއްޖޭގެ ޕްރޮޑަކްޓްތައް (ހޮޓާ، ރިސޯޓް، ލިވަބޯޑް، ގެސްޓްހައުސް) އަދި ތަޖުރިބާތައް ޕްރޮމޯޓުކުރުމެވެ. ހާއްސަކޮށް ރާއްޖެއިން ފަތުރުވެރިންނަށް ލިބޭ ރައްކާތެރިކަމުގެ މައްޗަށް އަލިއަޅުވާލުމާއި މަންޒިލްގެ އެކި ފަތުރުވެރިކަމުގެ ސެގްމަންޓްތައް ޕްރޮމޯޓުކުރުން ހިމެނެއެވެ. މި ދަތުރަކީ އިންޑިއާގެ މާކެޓަށް އެމްއެމްޕީއާރުސީން އެކުލަވާލާފައިވާ މާކެޓިން ސްޓްރެޓެޖީގެ ދަށުން، މަންޒިލްގެ އެންމެ ފަހުގެ މަޢުލޫމާތާއި، ގައިޑްލައިންތައް އިންޑިއާ މާކެޓުގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ފަތުރުވެރިންނަށް ހިއްސާކުރުމަށް ރާވާފައިވާ ދަތުރެކެވެ.
މި ދަތުރުގެ ސަބަބުން އިންޑިއާއިން ރާއްޖެއަށް އަންނަ މީހުންގެ އަދަދު އިތުރުވެ، ބުކިންތައް އިތުރުވާނެ ކަމަށް ލަފާކުރެވެއެވެ. މި އަހަރު މިހާތަނަށް އެމްއެމްޕީއާރުސީން ވަނީ ޓޫހަބް އާއި އެކު ޑެސްޓިނޭޝަން އީލާނިންގ ކެމްޕޭނެއް ބާއްވާ، އިންފްލޫއެންސަރ ފެމިލިއަލައިޒޭޝަން ދަތުރަކާއި، ސެލެބްރިޓީ ފެމިލިއަލައިޒޭޝަން ދަތުރުތައް ބާއްވާފައެވެ. އަދި ތޯމަސް ކުކް އަދި ޕިކްޔޯރޓްރެއިލް އާ އެކު ދެ ޑިޖިޓަލް ކެމްޕޭނެއް މިހާރު ކުރިއަށް އެބަދެއެވެ. މީގެ އިތުރުން، އެމްއެމްޕީއާރުސީއިން ވަނީ މި އަހަރު އިންޑިއާ މާކެޓަށް ފޯކަސްކޮށް އޯޓީއެމް އާއި ސައްޓޭގައި ބައިވެރިވެފައެވެ. މި އަހަރުގެ ކުރިއަށްއޮތް ތަނުގައިވެސް މި މާކެޓަށް އަމާޒުކޮށްގެން އިޝްތިހާރުކުރުމުގެ އިތުރު ބައެއް ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.
މި ޖޫން މަހުގެ 8 ވަނަ ދުވަހާއި ހަމައަށް ބަލާއިރު، އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ދަތުރުކުރާ ލީޑިން މާކެޓެވެ. މިގޮތުން މި މުއްދަތުގައި އިންޑިއާއިން ރާއްޖެއަށް 104،800 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 732،884 ޖުމްލަ އެރައިވަލްސްގެ %14.3 މާކެޓް ޝެއާއެވެ. އިންޑިއާ އަކީ 2021 ވަނަ އަހަރު 278،740 އަށްވުރެ ގިނަ ފަތުރުވެރިންނާއެކު ރާއްޖެއަށް އެންމެ ބޮޑު މާކެޓެވެ. އެއީ ޖުމްލަ އެރައިވަލްސްގެ %22.6 އެވެ. އިންޑިއާ އަކީ 2020 ވަނަ އަހަރުގެވެސް އެންމެ ބޮޑު އެއް މާކެޓެވެ. އެއީ 62,960 ފަތުރުވެރިންނާއި އެކު މާކެޓުގެ 11.3 އިންސައްތައާ އެކުއެވެ.
ދުނިޔޭގެ ފެންވަރުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ޒިންމާ އުފުލާ ކުންފުނީގެ ހައިސިއްޔަތުން އެމްއެމްޕީއާރުސީއިން ވޭތުވެދިޔަ އަހަރު ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، އިންޑަސްޓްރީގެ ޕާޓްނަރުންނާއެކު 22 މާކެޓެއްގައި 260 ހަރަކާތް ވަނީ ހިންގާފައެވެ. މީގެތެރޭގައި ފެއަރތަކާއި އެގްޒިބިޝަންތަކުގައި ބައިވެރިވުމުގެ އިތުރުން، އެކި ޤައުމުތަކުގައި ރޯޑްޝޯތައް ވެސް ވަނީ ބާއްވާފައެވެ. އަދި ވެބިނާތަކާއި، ފެމިލަރައިޒޭޝަން ދަތުރުތަކުގެ އިތުރުން މާކެޓިން ކެމްޕެއިންތައް ވަނީ ހިންގާފައެވެ.
ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައިވެސް ރާއްޖެއަކީ ފަތުރުވެރިންގެ އިތުބާރު ލިބިފައިވާ މަންޒިލެއްކަމަށް ހެކިވާ އެންމެ އަލިގަދަ ނިޝާނަކަށް ވެގެންދިޔައީ، 'ވޯލްޑް ޓްރެވަލް އެވޯރޑްސް' (ޑަބްލިއުޓީއޭ) 2021ގައި 'ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަން' ގެ ލަގަބު ޖެހިޖެހިގެން ދެވަނަ އަހަރަށް ރާއްޖެއަށް ކާމިޔާބު ކުރެވުނުކަމެވެ. މީގެ އިތުރުންވެސް ދިވެހިރާއްޖެއިން ވަނީ ޑަބްލިއުޓީއޭ 2021ގައި އެތައް ޙާއްސަ އެވޯޑްތަކެއް ޙާސިލްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު