ގެއެއްގެ ލިފްޓެއްގެ ތެރޭގައި އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަޙުޤީޤުކުރަން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ ހެންވޭރު ގެއެއްގައި އުޅެމުންދާ އަންހެނަކު ލިފްޓަށް އެރި ވަގުތު އެލިފްޓަށް އެރި ފިރިހެނަކު އަންހެންމީހާއަށް ޖިންސީގޯނާ ކޮށްފައިވާކަމަށް ބުނާ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލަ ހުށަހަޅާފައިވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ.
މި މައްސަލާގައި އިތުރަށް ބަލަން ޖެހޭ ކަންތައްތައް ބަލަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ސޯޝަލް މީޑިއާގައި މިހާރު ޢާއްމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި އެ ފިރިހެން މީހާ ހުރީ މޫނު ނިވާކޮށްގެންނެވެ. އަދި އެގެއިން ނިކުތުމަށްފަހު ދުވެފައި އެމީހާ ދާ މަންޒަރުވެސް ވިޑިއޯއިން ފެނެއެވެ.

ކިޔުންތެރިންގެ ހިޔާލު