ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް
ސްޓެލްކޯ އަކީ ކަސްޓަމަރުންގެ ބަސް އިސްކުރާ ކުންފުންޏަކަށް ވާންޖެހޭކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ސްޓެލްކޯގެ ރިހިޔޫބީލް ފާހަގަކުރުމަށް އެ ކުންފުނީގެ ހެޑް އޮފީހުގައި ބޭއްވި ހަަފްލާއެއްގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، ސްޓެލްކޯ އަކީ ކަސްޓަމަރުންނަށް އިސްކަންދީ ކަސްޓަމަރުންނަށްގެ ބަސް އިސްކުރާ ކުންފުންޏަކަށް ހެދުމަށް ހުރިހާ މުވައްޒަފުންވެސް އަޒުމް ކަނޑައަޅަން ޖެހޭ ކަމަށެވެ. އެގޮތުން، ސްޓެލްކޯއިން ނިންމާ ނިންމުންތަކުގައި އެންމެ ފުރަތަމަ މަސްލަހަތަކަށް ވާނީ ކަސްޓަމަރުން ކަމަށް، ޝަރީފް ވިދާޅުވިއެވެ.

ހަމައެއާއެކު މިއަދުން ފެށިގެން ސްޓެލްކޯގެ ނަން ބޭނުންކުރުމުގައި "އަޅުގަނޑުމެންގެ ކުންފުނި" ކިޔުމަށް ޝަރީފްވަނީ މުވައްޒަފުންގެ ކިބައިން އެދިލައްވާފައެވެ.

"އެގޮތަށް މަސައްކަތް ކޮށްގެން ނޫނިއްޔާ، އަޅުގަނޑުމެންގެ ކުންފުންޏަކީ ޢާއްމުންގެ މެދުގައި މަގްބޫލު ކުންފުންޏެއްގެ ގޮތުގައި ހެދޭނެ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މިއަދަކީ ސްޓެލްކޯ ޒުވާންވީ ދުވަސްކަމަށާއި ވޭތުވެދިޔަ 25 އަހަރު ސްޓެލްކޯ ކުރިއަރައިގެން ދިޔައީ ވޭތުވެދިޔަ ފަންސަވީހަކަށް އަހަރު އެކުންފުންޏަށް ޚިދުމަތް ކުރެއްވި މުވައްޒަފުންގެ ސަބަބުން ކަމަށެވެ. އެހެންކަމުން އެ ކުންފުނީގެ މުވައްޒަފުންނަށް ޝަރީފް ވަނީ ޝުކުރު އަދާކުރައްވާފައިވެއެވެ.

ސްޓެލްކޯގެ 25 ވަނަ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމުގެ ގޮތުން މިއަދު ބޭއްވި ޙަފްލާގައި ވަނީ އަހަރީ ދުވަހަށް ހާއްސަ ކޭކެއް ފަޅާފައެވެ. ކޭކް ފަޅުއްވައިދެއްވީ ކުންފުނީގެ ބޯޑުގެ ޗެއާރމަން ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އިބްރާހިމް މުހައްމަދު ދީދީ އާއި މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފްގެ އިތުރުން ކުންފުނީގެ ދެ ޑިޕިއުޓީ މެނޭޖިންގ ޑިރެކްޓަރު ކަމުގައިވާ، މުހައްމަދު ލަތީފާއި، ޑރ. އަލީ އަޒުވަރެވެ.

އަދި އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުންފުނީގެ ހެޑް އޮފީހާއި ހުރިހާ އިންޖީނުގެއެއް ކުލަބޮކިން ދިއްލާ ޒީނަތްތެރި ކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން