ވަކި ބަޔަކު ވެރިކަމުގައި ތިބޭއިރު ޞަލަފުގެ ބޭފުޅުންނަށް ބައެއް މަންޒަރުތައް ނުފެންނަ ކަމަށް ދޭހަވާ މޭރުމަކުން ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ސަލަފު ޖަމިއްޔާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
"އިންޓަނޭޝަނަލް ޔޯގާ ދުވަސް" ފާހަގަކުރުމަށް ޔޯގާގެ ބޮޑު އިވެންޓެއް ޔޫތު މިނިސްޓްރީއާއި އިންޑިއާ ހައި ކޮމިޝަނާއި އިންޑިއަން ކަލްޗަރަލް ސެންޓަރު ގުޅިގެން ބޭއްވުމަށް މިއަދު މަސައްކަތް ކުރަމުން ދަނިކޮށް އެ ޙަރަކާތް ހިންގަމުންދިޔަ ގަލޮޅު ދަނޑަށް ޢާއްމުންގެ ބަޔަކުވަދެ ވަނީ އެ ޙަރަކާތް ހުއްޓުވާފައެވެ. އެކަމާ ގުޅިގެން މަޙްލޫފް ވިދާޅުވީ ޙަރަކާތް ހުއްޓުވަން ވަތް މީހުން މީސްމީހުންގައިގައި ކޮޅުފައިން ޖަހާ ދިދަތައް ބިންދާ ސައުންޑަށް ގެއްލުންދީ ފެންފުޅިންވެސް މީހުންނަށް ޙަމަލާ ދިން ކަމަށެވެ.
މަޙްލޫފް ވިދާޅުވީ ވަކި ބަޔަކު ވެރިކަމުގައި ތިބޭއިރު ޞަލަފުގެ ބޭފުޅުންނަށް ބައެއް މަންޒަރުތައް ނުފެންނަ ކަމަށާއި މީގެކުރީގެ ސަރުކާރުތަކުންވެސް ޔޯގާ ޑޭ ފާހަގަކޮށްފައިވާކަމަށެވެ. އަދި ދީނީ މީހުން ދީނީ ކަންކަމުގައި އުޅުއްވާފައި ސިޔާސީ މީހުންނަށް ސިޔާސީ ކަންކަން ދޫކޮށްލީމާ ރަނގަޅުވާނެ ކަމަށް މަޙްލޫފް ވިދާޅުވިއެވެ.
ސަލަފަކީވެސް ޖަމިއްޔާއެކޭ ކިޔައިގެން ވެރިކަމަށް އަންނަން އުފައްދައިގެން އުޅޭ ސިޔާސީ ޖަމާޢަތެއް ކަމަށާއި އެމީހުންދަނީ ޒުވާން ކުދިންތަކެއްގެ ދުވަސް ދުއްވާލަމުންކަމަށް މަޙްލޫފް ތުހުމަތު ކުރެއްވިއެވެ. އަދި ގަދަބާރުން ހުރިހާކަމެއް ނުކުރެވޭނެކަމަށްވެސް މަޙްލޫފް ވިދާޅުވިއެވެ.
"މިމީހުންނަކީ ވަރަށް އަޑި ނުބައިކޮށް އަޅުގަނޑުމެންގެ ޤައުމުގަ ފިތުނަފަސާދަ އުފައްދާ ބައެއް.. ސަލަފަށް ހަމައެކަނި މި ފެންނަނީ ވަކި ސަރުކާރެއް ނުވަތަ ވަކި ބޭފުޅަކު ވެރިކަމުގައި ހުންނަ ގަޑީގައި ދެއްތޯ މިކަންކަން. މިއޮށް ހުރިހާ ދުވަހު ސަލަފަކަށް ނުފެނޭ. ސަލަފްގެ ލޯ އަނދިރި. ސަލަފްގެ ކަންފަތް ބީރުވެސް ވެފަނޫންތޯ މިހުރީ." ސަލަފަށް ބޮޑެތި ތުހުމަތުތަކެއް ކުރަށްވައި މަޙްލޫފް މިއަދު ވިދާޅުވިއެވެ.
މަޙްލޫފް ވިދާޅުވީ މިއީ ބައިނަލްއަޤުވާމީ ގޮތުންވެސް ރާއްޖެއަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމެއް ކަމަށާއި އެ ޙަރަކާތް ބެއްލެވުމަށް ބޭރުގެ ޤައުމުތަކުގެ ސަފީރުންނާއި އދ. އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ކޯޑިނޭޓަރުވެސް އިންނެވި ކަމަށެވެ. ސަޢުދީގައިވެސް މިހާރު ކަރިކިއުލަމްގައި މަޖުބޫރު މާއްދާއަކަށް ޔޯގާ ހަދައިފިކަމަށާއި ނަމަވެސް ދިވެހިން ކިޔެވިތަނަށްވުރެ ދިވެހިން އުޅެނީ މާގަދަކޮށް ކަމަށް މަޙްލޫފް ވިދާޅުވިއެވެ.
"މި މީހުން އަމިއްލައަށް މި ޤަބޫލުކުރަނީ މިއީ ދީނީ ކަމެކޭ. އެކަމަކު އެކަންވެސް މި ޤަބޫލުކުރެވުނީ 2022 ވަނަ އަހަރު. 2014 އިން ފެށިގެން ކޮންމެ އަހަރަކު އިންޓަނޭޝަނަލް ޔޯގާ ޑޭ ފާހަގަކުރަމުންދޭ. ޔޫތު ސެންޓަރުގައި ޔޯގާ ސެންޓަރު ހިންގާތާ ވެދާނެ 15 ވަރަކަށް އަހަރު. އެހެންވީމާ މިދެންނެވީ މިއީ ސިޔާސީ ކަމެކޭ." މަޙްލޫފް ވިދާޅުވިއެވެ.
މަޙްލޫފް ވިދާޅުވީ މިއަދުގެ ޙަރަކާތުގައި ސަތޭކަ ފަންސާހެއްހާ މީހުން ބައިވެރިވި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު