ރާއްޖޭގައި ތިބި ޑިޕްލޮމެޓުން ނުރައްކަލަށް ހުށައެޅިގެންދާފަދަ އަމަލުތަކަކީ ބަލައިގަނެވޭނެ އަމަލުތަކެއްނޫން ކަމަށާއި އެފަދަ އަމަލުތައް ސަރުކާރުން ތަހައްމަލު ނުކުރާނެ ކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.
ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަ ކުރުމަށް މިއަދު ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވި ހަރަކާތާއި ދެކޮޅަށް ބަޔަކު އަޑުއުފުލައި އެހަރަކާތް ހުއްޓުވައި ހަމަނުޖެހުން ހިންގި މައްސަލައާއި ގުޅިގެން އެކަން ހިނގައި ދިޔަ ގޮތް ބަޔާންކޮށް ސަރުކާރުން ވަނީ އިނގިރޭސި ބަހުން ބަޔާނެއް ނެރެފައެވެ. ޔޯގާ ހެދުމަށް އިންޑިއާގެ ސަފީރު މުނު މަހާވަރާއ ޑިޕްލޮމެޓުންގެ އިތުރުން ދިވެހި ސަރުކާރުގެ އިސްބޭފުޅުންނާއި އާންމުން ތިއްބައި ބަޔަކު ވަނީ ގަލޮޅު ދަނޑަށް ގަދަކަމުން ވަދެގަނެ ހަމަނުޖެހުން ހިންގައިފައެވެ.
އެކަން ކުށްވެރިކޮށް ދިވެހި ޚާރިޖިއްޔާ އިން އިނގިރޭސިބަހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ހަމަނުޖެހުމުގެ ސަބަބުން އާންމުންނާއި ރާއްޖޭގައި ތިބި ޑިޕްލޮމެޓުން ނުރައްކަލަށް ހުށައެޅިގެންދާފަދަ އަމަލުތަކަކީ ބަލައިގަނެވޭނެ އަމަލުތަކެއްނޫން ކަމަށާއި، އެފަދަ އަމަލުތަށް ސަރުކާރުން ތަހައްމަލު ނުކުރާނެ ކަމަށެވެ. ފޮރިން މިނިސްޓްރީ އިން ބުނީ މިއަދު ހިނގާދިޔަ އެ ހާދިސާ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ސަރުކާރުން ތަހުގީގުކުރަން ފަށާފައިވާ ކަމަށާއި އެކަމުގައި ކުށްވެރިވާ ފަރާތްތަކަށް ހައްގު އަދަބު ދޭނެ ކަމަށެވެ.
ޔޯގާ އަކީ އިންޑިއާގެ ސާގާފީ އަދާކާދަތަކުގެ ތެރޭގައި ހިމެނޭ ހަރަކާތެކެވެ. އދ. އިން ވަނީ 2014 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ޖޫން 21 ވަނަ ދުވަހަކީ ބައިނަލްއަގްވާމީ ޔޯގާ ދުވަހުގެ ގޮތުގައި ފާހަގަކުރަން ނިންމައިފަ އެވެ. ޔޯގާ ދުވަސް ފާހަގަކުރަން އޭރު އދ. އަށް ހުށަހެޅި ގަރާރު ކޯ-ސްޕޮންސާ ކުރަން ވޯޓު ދިން 177 ގައުމުގެ ތެރޭގައި ރާއްޖެ ވެސް ހިމެނޭ ކަމަށް ވެސް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.
ި
ގަލޮޅު ދަނޑުގައި މިއަދު އޮތް ޔޯގާގެ ހަރަކާތް ކުރިއަށް ދަނިކޮށް އެތަނަށް ބަޔަކު ވަދެގަނެ ހިންގި ހަމަނުޖެހުމުގެ މައްސަލަ ފުލުހުން ގެންދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގް ކުރަމުންނެެވެ. ފުލުހުން ވަނީ އެމައްސަލައާއި ގުޅިގެން ހަ މީހަކު ހައްޔަރުކޮށްފައެވެ.
ގަލޮޅު ދަނޑުގައި މިއަދު އޮތް ޔޯގާގެ ހަރަކާތް ކުރިއަށް ދަނިކޮށް އެތަނަށް ވަދެގަނެ ހިންގި ހަމަނުޖެހުމުގެ މައްސަލަ ބަލައި އަޅަން ޖެހޭ ފިޔަވަޅުތަަށް އެޅުމަށް ސަބް ކޮމިޓީއެއް ވަޒީރުންގެ މަޖިލީހުން މިހާރު ވަނީ އެކުލަވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު