އެއްބަސްވުމުގައި ސޮއި ކުރުމުގެ ތެރެއިން --
އެއްބަސްވުމުގައި ސޮއި ކުރުމުގެ ތެރެއިން --
ކ. މާފުށީގައި އުފެދޭ ކުނި މެނޭޖު ކުރުމުގެ މަސައްކަތާ، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ހަވާލު ވެއްޖެއެވެ.

މި މަސައްކަތާއި ހަވާލު ވުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު އޮތީ މިއަދު ސްޓެލްކޯ ހެޑްއޮފީހުގައެވެ. ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު ޝަރީފް ވެސް ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި މާފުށީ ކައުންސިލްގެ ވެރިންނާއި ސްޓެލްކޯގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއި ކުރެއްވީ ޖެނެރަލް މެނޭޖަރު އަޙްމަދު ޝަފީއުއެވެ. އަދި އެރަށު ކައުންސިލުގެ ފަރާތުން ސޮއި ކުރެއްވީ ރައީސް ޙުސައިން ޞަލާޙެވެ.

މި މަޝްރޫއުގެ ދަށުން މާފުށީގައި އެންމެ ޒަމާނީ ކުނިކޮށްޓެއް ގާއިމުކޮށް، އެތަނުގައި ކުނި ވަކިކޮށް، ރީސައިކަލް ނުކުރެވޭ ކުނި ބޭރު ކުރުމުގެ އިންތިޒާމު ހަމަޖެހޭނެއެވެ. ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ޝަރީފް ވިދާޅުވީ އެ ސަރަހައްދުގެ އިތުރު ރަށްތަކުގެ ކުނި މެނޭޖްކުރުމުގެ މަޝްރޫއުތައް ވެސް ކުރިއަށް ގެންދިއުމުގެ ވިސްނުން އެބަހުރި ކަމަށެވެ.



އެ ކުންފުނިން ބުނީ، މިއަދު ވެވުނު އެއްބަސްވުމާއިއެކު ސްޓެލްކޯ ވެގެން ގޮސްފައިވަނީ، އެއް ފުރާޅެއްގެ ދަށުން ޔުޓިލިޓީ ހުރިހާ ހިދުމަތެއް ދޭންފެށި ފުރަތަމަ ކުންފުންޏަށް ކަމަށެވެ.

ސްޓެލްކޯއަކީ ހަމައެކަނި މާލެއަށް ކަރަންޓް ދިނުމަށް އެކަނި އަމާޒުކޮށްގެން ހިންގާ ކުންފުންޏެއްގެ ގޮތުގައި އޮތްއޮތުން ބަދަލުކޮށް ކުންފުނި ފުޅާ ކުރުމަށް ކުންފުނީގެ މިހާރުގެ މެނޭޖުމަންޓުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން