ހުސްވި އަހަރު ވުޖޫދައް އައި ވިލާޓްރޭޑިންގ ކުންފުނީގެ ދަށުން ހިންގާ ވިލާ މާޓްގެ ފިހާރަތަކަކީ އިތުބާރު ހުރި ކޮލިޓީ މުދާ އެއްތާކުން އެންމެ އަގުހެޔޮކޮށް އާންމުންނަށް ފޯރުކޮށްދިނުމުގެ މަގްސަދުގައި ގާއިމު ކުރި ސުޕަރ މާޓް ތަކެކެވެ. ތަކެތީގެ އަސްލު އޮޅުވާލުމެއް ނެތި ސީދާ އޮރިޖިނަލް އަދި މަޝްހޫރު ބްރޭންޑް ތަކުގެ ފެންވަރު ރަނގަޅު ދުނިޔޭގައި އިތުބާރު ހޯދާފައިވާ ކާބޯތަކެއްޗާއި އާންމު ދިރިއުޅުމަށް ބޭނުންވާ އެތައް ސާމާނެއް ވިލާ މާޓްގެ ފިހާރަތައް މެދުވެރިކޮށް އާންމުންނަށް ފޯރުކޮށްދިނުމަކީ ވިލާޓްރޭޑިންގ ކުންފުނީގެ އަމާޒެވެ.

އެގޮތުން އަސްލު އޮޅުވާލައިގެން ފެންވަރުދަށް ފޭކް މުދާ ރައްޔިތުންނަށް ވިއްކަމުންދާ ދިއުމަށް ނިމުމެއް ގެނަސް، ނޫނީ ސީދާ އޮރިޖިނަލް، ކޮލިޓީ އަދި އުފެއްދެމުގެ ފެންވަރާއި މެދު އެއްވެސް ޝައްކެއް ނުއުފެދޭނެ ބްރޭންޑް ތަކުގެ މުދާ ދިވެހި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ވިލާ މާޓުގެ ފިހާރަތައް ފުރާލައިފައިވަނީ ބައިނަލްއަގުވާމީ ނަން މަޝްހޫރު އަދި ސިއްހަތަށް ފައިދާހުރި ޔަގީން ބްރޭންޑް ތަކުންނެވެ.

ވިލާ މާޓުން ލިބޭނެ ހާއްސަ، އެކްސްކްލޫސިވް ބްރޭންޑްތައް:

ވިލާ މާޓުން ލިބޭނެ ހާއްސަ އެކްސްކްލޫސިވް ބްރޭންޑްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ބްރޭންޑަކީ އަލްމަރައި ބްރޭންޑެވެ. ކިރުގެ އެކި ބާވަތްތަކަށް ހާއްސަ އަލްމަރައި ބްރޭންޑުގެ ޕްރޮޑަކްޓްތަކަކީ ގިނަ ދިވެހިންނަށް މިހާރުވެސް ކަމުދާ އަދި ރަހަމީރު ޕްރޮޑަކްޓްތަކެއްގެ ގޮތުގައި ފާހަގަ ކުރާ ޕްރޮޑަކްޓް ތަކެކެވެ. ސިއްހަތަށް ފައިދާ ހުރި އަދި ބޯލަން މީރު ކިރާއި، ޖޫސް އަދި ޗީޒްގެ އެކި ބާވަތްތަކަށް ހާއްސަ އަލްމަރައި ބްރޭންޑުގެ ޕްރޮޑަކްޓްތަކަކީ މެދުއިރުމަތީގެ ގައުމުތަކުގައި އުފައްދާ ނަންބަރ 1 ޕްރޮޑަކްޓްތަކުގެ ގޮތުގައި ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ އުފެއްދުން ތަކެކެވެ.

އެގޮތުން އަލްމަރައި ބްރޭންޑްގެ އެކި ފްލޭވަރސް ގެ ކިރު ޕެކެޓާއި، ޖޫސް ޕެކެޓް މިލްކް ޕައުޑަރ، އަދި ކްރީމް ޗީޒާއި، ލޯ ފެޓް އަދި ފުލް ފެޓް ކިރުގެ އިތުރުން، އިވަރޕޮރޭޓެޑް ކިރު ވެސް ވިލާ މާޓުން ލިބެން އެބަހުއްޓެވެ.



މީގެ އިތުރުން ފޮނި ކާތަކެއްޗަށް ހާއްސަ ތުރުކީ ވިލާތުގެ އެޓީ ބްރޭންޑުގެ ޕްރޮޑަކްތަކަކީ ވެސް ވިލާ މާޓުން ލިބޭނެ ހާއްސަ އެކްސްކްލޫސިވް ބްރޭންޑެކެވެ. ކުޑަކުދިންގެ އިތުރުން އެކި އުމުރުފުރާގެ މީހުންނަށްވެސް ކަމުދާ އެޓީ ބްރޭންޑުގެ މީރު ހައި ކޮލިޓީ ލުއި ކާނާގެ އެތައް ބާވަތެއް ވިލާ މާޓުގެ ފިހާރަތަކުން ލިބެން އެބަހުއްޓެވެ. އެގޮތުން ކުޑަކުދިންގެ ސްކޫލް އިންޓަވަލް ގަޑިއަށް ފައިދާހުރި، ފެންވަރުގެ ގޮތުން ޔަގީންކަން ލިބިފައިވާ އެޓީ ބްރޭންޑުގެ، ބިސްކޯދާއި، ވޭފާ، ކޭކު، އަދި ޗޮކޮލެޓު ފަދަ ތަކެތި ވިލާ މާޓުން ހުސްނުކޮށް ލިބެން ހުންނާނެއެވެ.



ސިއްހަތަށް ފައިދާހުރި ލުއި ކާނާއެއް ބޭނުންނަމަވެސް، ވިލާ މާޓު ހިޔާރުކުރަންވީއެވެ. ވިލާ މާޓުގެ ހާއްސަ އެކްސްކްލޫސިވް ބްރޭންޑްތަކުގެ ތެރެއިން ރޮސްޓާ ބްރޭންޑަކީ ސިއްހަތަށް ފައިދާހުރި ގިނަބާވަތްތަކެއްގެ ލުއިކާނާއަށް ހާއްސަ ބްރޭންޑެކެވެ. ޕްރިމިއަމް ސުޕަރފުޑް ބްރޭންޑެއްގެ ގޮތުގައި ބައިނަލްއަގުވާމީ ގޮތުންވެސް ބަލައިގަނެފައިވާ މި ބްރޭންޑުގެ ޕްރޮޑަކްޓްތަކަކީ ހައި ފައިބަރ އެކުލެވޭ ރަހަމީރު ހަށިގަނޑަށް ފައިދާ ހުރި ޕްރޮޑަކްޓްތަކެކެވެ. އެގޮތުން ވިލާ މާޓުން މިބްރޭންޑުގެ ހައި ކޮލިޓީ ޑްރައި ފްރުޓްސް އަދި ގްލޫޓެން ފްރީ ބާވަތްތަކާއި، އެކި ކަހަލަ ނަޓްސް، ބެރީސް އަދި ގްރެއިންސް ހިމެނޭ އެކި ޕްރޮޑަކްޓްތައް ހުސް ނުކޮށް ލިބެން ހުންނަކަން ފާހަގަކޮށްލެވެއެވެ.



ސިއްހަތަށް ފައިދާހުރި ކާނަގެ ބާވަތްތައް ތައްޔާރުކޮށް މާކެޓްކުރާ، ހާއްސަ ބޮބްސް ރެޑް މިލް ބްރޭންޑަކީވެސް ވިލާ މާޓުގެ ހާއްސަ އެކްސްކްލޫސިވް ބްރޭންޑްތަކުގެ ތެރޭގައި ހިމެނޭ ބްރޭންޑެކެވެ. އޯގޭނިކް އަދި ގްލޫޓެން ފްރީ ޕްރޮޑަކްޓްތަކަށް ހާއްސަ މި ބްރޭންޑަކީ ސިއްހަތަށް ފައިދާހުރި ކާނާގެ ބާވަތްތައް ހިޔާރުކުރައްވާނަމަ އެންމެ ކަމުދާނެ އެއްބްރޭންޑްކަމަށް ބައިނަލްއަގުވާމީ ކަމާ ބެހޭ މާހިރުން ފާހަގަކުރެއެވެ.

އެގޮތުން މިބްރޭންޑުގެ ސީރިއަލް އަދި އޯޓްމީލްގެ އިތުރުން، އިންސްޓަންޓް ރޯލްޑް އޯޓްސް، އެކި ފްލޭވަރގެ އޯޓްސް ބިސްކޯދު، އެކި ފްލޭވަރސް ގެ ގެރެނޯލާ، ޕޭންކޭކް އަދި ކޭކް މިކްސްގެ އިތުރުން އޯގޭނިކް އަދި ގްލޫޓެން ފްރީ އެކި ޕްރޮޑަކްޓްތައް ވިލާ މާޓުން ލިބެން ހުންނާނެއެވެ.



ކޮލަޓީ ރަނގަޅު މީރު ބުއިންތަކަށް ހާއްސަ ފެނަރ ބްރޭންޑުގެ ބާވަތްތަކަކީވެސް ވިލާ މާޓުން ލިބެން ހުންނާނެ ހާއްސަ ބްރޭންޑެކެވެ. ވިލާ މާޓުގެ ހާއްސަ އެކްސްކްލޫސިވް ބްރޭންޑެއްކަމަށްވާ ފެނަރ ބްރޭންޑަކީ އޮސްޓްރޭލިއާގައި އެންމެ ކޮލެޓީ މޮޅު ޖޫސް އުފައްދާ ބްރޭންޑެވެ. އަދި ޔޫރަޕްގެ އެކި ކަންކޮޅުތަކަށް ސިއްހަތަށް ފައިދާހުރި ބުއިންތަކަށް ހާއްސަ އެންމެ ބޮޑު ރޭންޖެއް ފޯރުކޮށްދެމުންދާ ބްރޭންޑަކީވެސް ފެނަރއެވެ. ދުނިޔޭގެ އެތައްބަޔަކަށް ކަމުދާ މި ބްރޭންޑްގެ އެތައް ރަހަތަކެއްގެ ޖޫހާއި ނެކްޓާސް، އަދި އެކި ރަހަތަކުގެ އައިސްޑް ޓީ އާއި ސައިގެ އެކި ބާވްތައް އެއްތަނަކުން ހޯދުމަށް ވިލާ މާޓް ވަރެއް ނެތެވެ.



ޗޮކޮލެޓަށް ހާއްސަ ޑަޗް ބްރޭންޑެއްކަމަށްވާ ޓޯނީސް ޗޮކޯލޯންލީ އަކީވެސް ވިލާ މާޓުގެ ހާއްސަ އެކްސްކްލޫސިވް ބްރޭންޑެކެވެ. 2005 ވަނަ އަހަރު ބާޒާރަށް ނެރުނު ތަފާތު ރަހަތައް ހިމެނޭ ޓޯނީސް ޗޮކޯލޯންލީ ބްރޭންޑުގެ މިލްކް ޗޮކޮލޭޓް، ޑާކް ޗޮކޮލޭޓް، ހެޒަލްނަޓް އަދި ހަނީ ފްލޭވަރގެ ހައި ކޮލިޓީގެ ޗޮކްލެޓްގެ ބާވަތްތައް ވެސް ވިލާ މާޓުން ލިބެން ހުންނާނެއެވެ.



ވިލާމާޓްގެ އެކްސްކްލޫސިވް ބްރޭންޑްތަކުގެ ޕްރޮޑަކްތަކާއި، އެ ކުންފުނިން ރާއްޖެ އެތެރެކުރާ އުފެއްދުންތައް ހޯލް ސޭލް އައި ރީޓެއިލްކޮށް ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދެމުން އަންނަ ވިލާ މާޓުގެ 4 ސުޕަރމަރކެޓެއް، މާލެ އާއި ހުޅުމާލޭގައި މިހާރު ވަނީ ގާއިމުކޮށްފައެވެ. މިވަގުތު ވިލާ މާޓުގެ އައުޓްލެޓްތައް ގާއިމުކޮށްފައިވަނީ މާލޭގެ ފަރީދީ މަގު، މަޖީދީ މަގު އަދި ރެހެންދީ ހިނގުމުގައެވެ. މީގެ އިތުރުން، ދިވެހިން އާބާދުވަމުން އަންނަ ހުޅުމާލެ ފޭސް ދޭއްގައި ތަރައްގީކޮށްފައިވާ ހިޔާ ޓަވަރުތަކުގެ ތެރެއިން 14 ވަނަ ޓަވަރުގައިވެސް ވިލާ މާޓުގެ އައުޓްލެޓެއް ވަނީ ގާއިމުކޮށްފައެވެ.

ވިލާ މާޓުގެ ކޮންމެ ފިހާރައަކަށް ނަޒަރު ހިންގާލިޔަސް، ވިލާމާޓްގެ އެކްސްކްލޫސިވް ބްރޭންޑްތަކުގެ ޕްރޮޑަކްތަކުގެ އިތުރުން، އެކި ކަހަލަ މޭވާ އަދި ތަރުކާރީ އާއި އާންމު ޒަރޫރީ ބޭނުންތަކަށް ބޭނުންވާ އެކި ބާވަތްތައް ދަތި ނުވެ އަދި ހުސްނުވެ ލިބޭނެ މަގުފަހިކޮށް ދިނުމަކީވެސް ވިލާ މާޓުގެ އަމާޒެކެވެ. އެގޮތުން ކާބޯ ތަކެއްޗާއި، ލުއި ކާނާގެ އިތުރުން، ކާޑުގެ ބާވަތްތަކާއި، ރީތިވާ ސާމާނުވެސް ވިލާ މާޓުގެ ފިހާރަތަކުން ލިބެން އެބަހުއްޓެވެ. މީގެއިތުރުން، ދިވެހި އެކި ބްރޭންޑް ތަކުގެ މަސްދަޅާއި، މަސްމިރުހާއި، ހަވާދާއި ޕާނުގެ އެކި ވައްތަރުތައްވެސް ވިލާ މާޓުން ލިބެން އެބަހުއްޓެވެ.



ވިލާ މާޓުގެ ފިހާރަތައް ހިންގާ ވިލާޓްރޭޑިންގ ކުންފުނީގެ މި މަސައްކަތުގެ މައިގަނޑު އަމާޒަކީ ފެންވަރު ރަނގަޅު، އަދި ޔަގީންކަން ލިބިފައިވާ ދުނިޔޭގެ ފެންވަރުގައި ބަލައިގެންފައިވާ ބްރޭންޑް ތަކުގެ މުދާ ރައްޔިތުންނާ ހަމައަށް ފަސޭހަ ކަމާއެކު ލިބޭނެ މަގު ފަހިކޮށްދިނުމެވެ. ކާބޯތަކެތީގެ އިތުރުން އާންމު ދިރިއުޅުމަށް ބޭނުންވާ ކޮލިޓީ ޕްރޮޑަކްޓްތައް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އަތްފޯރާ އަގުތަކެއްގައި ފޯރުކޮށްދިނުމެވެ.

މީގެ އިތުރުން ގޭގައި ތިއްބަވައިގެން ފަސޭހައިން ބާޒާރުކޮށްލުމަށް ވިލާ މާޓުގެ ހާއްސަ ވެބްސައިޓް މެދުވެރިކޮށް، ފިހާރަތަކުން ވިއްކާ ހުރިހާ ޕްރޮޑަކްޓްތައް ބަލާލައި، އޮންލައިންކޮށް ބާޒާރު ކޮށްލެވޭނެއެވެ. އަދި އޮންލައިންކޮށް ބައްލަވައިގަންނަ މުދާ ޑެލިވަރީ ކޮށްދިނުމުގެ ހިދުމަތްވެސް ވިލާ މާޓުން ދެމުންގެންދެއެވެ.

އާންމުންގެ މެދުގައި މިހާރު މަގުބޫލުކަން ލިބެމުން އަންނަ އޮންލައިން ވިޔަފާރިއަށް އިސްކަންދީ އެކަން އިތުރަށް ފަސޭހަކޮށްލުމަށްޓަކާ ވިލާ މާޓުތަކުން މިހާރު ވަނީ އޮންލައިން ޝޮޕިންގއަށް ހާއްސަ އެޕްލިކޭޝަނެއްވެސް ލޯންޗްކޮށްފައެވެ. މި އެޕްލިކޭޝަން މިހާރު ގޫގުލް ޕްލޭ އަދި އެޕަލް ގެ އެޕް ސްޓޯރ އިން ޑައުންލޯޑްކޮށްލައިގެން ބޭނުންކޮށްލެވޭނެއެވެ. މިފަދައިން ކަސްޓަމަރުންގެ ބޭނުންތަކަށް ހާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މި ވިޔަފާރި ފުޅާކޮށް ދިވެހި ރާއްޖޭގެ އެކިކަންކޮޅުތަކުން ވިލާ މާޓުގެ ފިހާރަތަކުން ވިޔަފާރިކޮށްލެވޭނެ އިންތިޒާމުތައް ހަމަޖެއްސައިދިނުމުގެ މަސައްކަތް ވިލާ މާޓު ހިންގާ ވިލާޓްރޭޑިންގ ކުންފުނިން މިހާރު އަންނަނީ ކުރަމުންނެވެ. އެގޮތުން މިހާރުވެސް ރަށުގައި ހުރެ އޮންލައިންކޮށް މުދާ ގަންނަ ފަރާތްތަކުގެ މުދާ ރަށު ބޯޓާއި ހަމައަށް ވިލާ މާޓުން ޑެލިވަރ ކޮށްދޭނެއެވެ.

އެހެންވީމާ ފޭކް، ފެންވަރުދަށް، ސިއްހީ ގޮތުން އެއްވެސް އިތުބާރެއް ނެތް އަދި ދުނިޔެ ނުދަންނަ ނަންތަކުގައި އުފައްދާ މުދާ ގަތުމުގެ ބަދަލުގައި ފެންވަރާއި ބްރޭންޑްގެ ޔަގީންކަން އޮތް މުޅި ދުނިޔެ ދަންނަ، ބައިނަލްއަޤްވާމީ ބްރޭންޑް ތަކުގެ މުދާ އެންމެ އަގުހެޔޮކޮށް ބައްލަވައިގަންނަން ބޭނުންފުޅުނަމަ ވިލާ މާޓް ތަކުގެ ފިހާރަތަކަށް ނޫނީ ދާނެ ކަމެއް ނެތެވެ. ސިއްހީ ގޮތުން އެއްވެސް މިންގަނޑެއް ނެތި އެއްވެސް ކޮލިޓީއެއް ނެތި ދުނިޔެ ނުދަންނަ ބްރޭންޑް ނަންތައް ބޭނުން ކޮށްގެން އުފައްދާ ކާބޯތަކެތި ބޭނުން ކުރުމުގެ ނަތީޖާއަކަށް އާޚިރުގައި ވަނީ ތިމާ ބޮޑެތި ބަލިތަކަށް ހުށައެޅިގެން ދިއުމެވެ. އެ އިތުބާރު ދެވޭނެ ރާއްޖޭގެ ހަމައެކަނި ފިހާރައަކީ ވިލާޓު މާޓެވެ.


ކިޔުންތެރިންގެ ހިޔާލު


-4

މުންޖިޗޭ

01-Jul-2022

އެކަމަކު ހާދަ އަގުބޮޑު! ޑަބަލް އަގުބޮޑުކޮށް ވިލާގެ ފިހާރަކުން ތަކެތި ވިއްކަނީ، އެންމެ އަގުހެވީ ރެޑްވޭވް.


1

ހޯހޯ

01-Jul-2022

ޙަރާންގޮތުގަ ހޯދާފަހުރި ލާރިތައް ދޮންނަން ހުޅުވައިގެން އުޅޭތަނެއް



ޓްރެންޑިން