މާލެ ސަރަހައްދުގައި ސްޓެލްކޯއިން އިތުރު ޓްރާސްންފޯމަރެއް ބަހައްޓައިފިއެވެ.
ސްޓެލްކޯއިން ބުނީ އެކުންފުނީގެ ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކް އިތުރަށް ވަރުގަދަކޮށް، ޑިސްޓްރިބިއުޝަން ކެޕޭސިޓީ އިތުރުކުރުމަށްޓަކައި، 2MVA ގެ އައު ޓްރާސްންފޯމަރެއް މާފަންނު ސަހަރާ ހިމެނޭ ސަރަހައްދުގައި ބަހައްޓާފައިވާކަމަށެވެ.
ސްޓެލްކޯއިން ބުނީ ޑިސްޓްރިބިއުޝަން ނެޓްވޯކަށް ދިމާވާ މައްސަލަތައް ހައްލުކޮށް ރައްޔިތުންނަށް ބޭނުންވާ ރަނގަޅު ފެންވަރުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންކަމަށެވެ.
ސްޓެލްކޯއިން ދަނީ މާލޭ ކަރަންޓް ފެންވަރު ރަނގަޅުކުރުމަށް ދެ މެގަވޮޓުގެ ހަކަތަ އުފެއްދޭނެ ސޯލާ ޕެނަލް ޖެހުމުގެ މަސައްކަތް ކުރަމުންނެވެ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޝަރީފް ވިދާޅުވީ، ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް އަވިން ހަކަތަ އުފެއްދުމުގެ މަސައްކަތް އެކުންފުނިން ވަރަށް ގިނަ ރަށްރަށުގައި މިހާރުވެސް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މާލޭގައިވެސް ބައެއް ގޭގޭގެ ފުރާޅު ކުއްޔަށް ނަގައިގެން ސޯލާ ހަރުކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި ކުއްޔަށް ނަގާ އަދަދު އެ އިމާރާތެއްގެ ކަރަންޓުބިލުން އުނިކުރާގޮތަށް ހަމަޖެހިފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފު ވިދާޅުވީ، ސްޓެލްކޯއަށް އެންމެ ގިނައިން ލިބޭ އެންމެ ބޮޑު ޝަކުވާއަކީ ކަރަންޓް ބިލު ބޮޑުވާ މައްސަލަ ކަމަށެވެ. އެކަމުގައިވެސް ސަބަބުތަކެއް ހުރިކަން ފާހަގަކުރަށްވައި ޝަރީފް ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިވުމާއި ގުޅިގެން ކަރަންޓުން ކުރާ ބޭނުންތައް އިތުރުވެފައިވާ ކަމަށެވެ. އޭގެ އިތުރުން ކަރަންޓް އިގްތިސާދު ކުރުމަށްވެސް ސަމާލުކަން ނުދެވޭކަން ޝަރީފް ފާހަގަކުރެއްވިއެވެ. އަދި ބޭނުން ނުކުރާ ކަރަންޓަކަށް ސްޓެލްކޯއިން ޗާޖް ނުކުރާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޑިސްޓްރިބިއުޝަން ނެޓްވޯކަށް ދިމާވާ މައްސަލަތައް ހައްލުކޮށް ރައްޔިތުންނަށް ބޭނުންވާ ރަނގަޅުފެންވަރުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުން.
— STELCO (@STELCOMALDIVES) June 28, 2022
ސްޓެލްކޯއިން ދަނީ މާލޭ ކަރަންޓް ފެންވަރު ރަނގަޅުކުރުމަށް ދެ މެގަވޮޓުގެ ހަކަތަ އުފެއްދޭނެ ސޯލާ ޕެނަލް ޖެހުމުގެ މަސައްކަތް ކުރަމުންނެވެ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޝަރީފް ވިދާޅުވީ، ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް އަވިން ހަކަތަ އުފެއްދުމުގެ މަސައްކަތް އެކުންފުނިން ވަރަށް ގިނަ ރަށްރަށުގައި މިހާރުވެސް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މާލޭގައިވެސް ބައެއް ގޭގޭގެ ފުރާޅު ކުއްޔަށް ނަގައިގެން ސޯލާ ހަރުކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި ކުއްޔަށް ނަގާ އަދަދު އެ އިމާރާތެއްގެ ކަރަންޓުބިލުން އުނިކުރާގޮތަށް ހަމަޖެހިފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފު ވިދާޅުވީ، ސްޓެލްކޯއަށް އެންމެ ގިނައިން ލިބޭ އެންމެ ބޮޑު ޝަކުވާއަކީ ކަރަންޓް ބިލު ބޮޑުވާ މައްސަލަ ކަމަށެވެ. އެކަމުގައިވެސް ސަބަބުތަކެއް ހުރިކަން ފާހަގަކުރަށްވައި ޝަރީފް ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިވުމާއި ގުޅިގެން ކަރަންޓުން ކުރާ ބޭނުންތައް އިތުރުވެފައިވާ ކަމަށެވެ. އޭގެ އިތުރުން ކަރަންޓް އިގްތިސާދު ކުރުމަށްވެސް ސަމާލުކަން ނުދެވޭކަން ޝަރީފް ފާހަގަކުރެއްވިއެވެ. އަދި ބޭނުން ނުކުރާ ކަރަންޓަކަށް ސްޓެލްކޯއިން ޗާޖް ނުކުރާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު