ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދު ވިއްސާރަކޮށް، ބޯކޮށް ވާރޭވެހުމާއި އުދައެރުން އެކަށީގެންވާތީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.
މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނީ ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެކަމަށާއި، އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާކަމަށެވެ. ހުރިހާ ހިސާބަކަށްވެސް ވައިގަދަ ވާނެކަމަށް ލަފާކޮށްފައިވާއިރު، އުތުރާއި މެދު ރާއްޖެތެރޭގެ ކަނޑުތައް އާއްމު ގޮތެއްގައި ގަދަވާނެކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ ބައެއް ރަށްރަށަށް އިއްޔެ އުދައަރައި ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.
ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ބުނީ އުދައަރައިގެން އެންމެ ބޮޑު ގެއްލުމެއް ލިބުނު މަޑަވެލީގެ 98 އިންސައްތަ ގޭބިސީއަށް ލޮނުވަދެ ގެއްލުން ލިބިފައިވާ ކަމަށެވެ. މަޑަވެލީގެ އިތުރުން އައްޑޫ ސިޓީ އާއި އެހެން ބައެއް ރަށްރަށަށް ވެސް ވަނީ އުދަ އަރާފައެވެ.

Alert Yellow now in effect, all are advised to be cautious. pic.twitter.com/ywuBsimauo
— Maldives Meteorology (@MetMaldives) July 2, 2022
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ ބައެއް ރަށްރަށަށް އިއްޔެ އުދައަރައި ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.
ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ބުނީ އުދައަރައިގެން އެންމެ ބޮޑު ގެއްލުމެއް ލިބުނު މަޑަވެލީގެ 98 އިންސައްތަ ގޭބިސީއަށް ލޮނުވަދެ ގެއްލުން ލިބިފައިވާ ކަމަށެވެ. މަޑަވެލީގެ އިތުރުން އައްޑޫ ސިޓީ އާއި އެހެން ބައެއް ރަށްރަށަށް ވެސް ވަނީ އުދަ އަރާފައެވެ.
ކިޔުންތެރިންގެ ހިޔާލު