އައްޑޫ ފްލައިންގ ސްކޫލްގެ ޕްރެކްޓިކަލް ބައި މިމަހު 10 ގައި ފެށުމަށް ނިންމައިފިއެވެ.
ގައުމީ އެއަރލައިން، މޯލްޑިވިއަނާާއި ޤައުމީ ޔުނިވަރސިޓީ ގުޅިގެން އުފައްދާފައިވާ މޯލްޑިވިއަން އޭވިއޭޝަން އެކެޑަމީ އަކީ ދިވެހި ސަރުކާރުގެ ފުރިހަމަ ހިއްސާ އޮވެގެން ހިންގާ، އެކެޑަމީއެކެވެ. މޯލްޑިވިއަން އެވިއޭޝަން އެކަޑަމީ މެނޭޖްކުރަން ހަވާކުކޮށްފައިވަނީ ޗެކް ރިޕަބްލިކްގެ ފްލައިން އެކަޑެމީއާއެވެ.
މޯލްޑިވިއަން އޭވިއޭޝަން އެކެޑަމީން ބުނީ އައްޑޫގައި ޤާއިމްކޮށްފައިވާ ފްލައިން ސްކޫލްގައި ޕްރެޓިކަލް ސެޝަންތައް މިމަހު 10 ގައި ފަށާނެ ކަމަށެވެ. ޕްރެކްޓިކަލް ބައި ފެށުމަށް ހަމަޖެހިފައިވަނީ ކުރިން އައްޑޫގައި ސްރީ ލަންކާގެ އޭޝިއަން އެކަޑެމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) ގައި ކޯސް ހަދަމުން ދިޔަ ދަރިވަރުންގެ ތެރެއިން 35 ދަރިވަރަކާ އެކުގައެވެ.
އޭވިއޭޝަން އެކަޑެމީން ބުނީ އެޚަޑެމީގެ ދެވަނަ ބެޗްގައި ހިމެނޭ 39 ދަރިވަރެއްގެ ރިފްރެޝާ ޕްރޮގްރާމް ވެސް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި މި މަހުގެ ތެރޭގައި ތިން ވަނަ ބެޗެއްގެ ރިފްރެޝާ ޕްރޮގްރާމް ވެސް ފަށާނެކަމަށް މޯލްޑިވިއަން އޭވިއޭޝަން އެކެޑަމީން މަޢުލޫމާތުދެއެވެ.
ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ފުރަތަމަ ދިވެހި ފްލައިން ސްކޫލް ޤާއިމްކުރަން ނިންމީ މީގެކުރިން އައްޑޫގައި ބޭރު ބަޔަކު ހިންގަމުން އައި ފްލައިން ސްކޫލުގެ ދަރިވަރުންނަށް ގިނަ ދަތިތަކެއް ދިމާވެ، އެކުދިންގެ ކިޔެވުން ހުއްޓުމާއި ގުޅިގެންނެވެ.
މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީގެ ކިޔެވުން މިއަހަރުގެ ޖެނުއަރީމަހު ފަށާފައިވަނީ 35 ކުދިންގެ ބެޗަކާއިއެކުއެވެ. ފުރަތަމަ ބެޗުގައި ފުރުސަތު ދީފައިވަނީ ކުރިން އައްޑޫ ފްލައިން ސްކޫލުގައި ކިޔެވި ދަރިވަރުންނަށެވެ.
އެކުދިންނަށް ފުރަތަމަ ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ 150 ގަޑިއިރުގެ ރިފްރެޝަރ ތިއަރީ ކްލާސްތަކަކާއި އަދި އެއަށްފަހު 10 ގަޑިއިރުގެ އުދުހުމުގެ ކްލާސްތަކެވެ.

ކިޔުންތެރިންގެ ހިޔާލު