އައްޑޫ ފްލައިންގ ސްކޫލްގެ އުދުހުންތައް އިއްޔެ ފަށައިފިއެވެ.
ގައުމީ އެއަރލައިން، މޯލްޑިވިއަނާާއި ޤައުމީ ޔުނިވަރސިޓީ ގުޅިގެން އުފައްދާފައިވާ މޯލްޑިވިއަން އޭވިއޭޝަން އެކެޑަމީ އަކީ ދިވެހި ސަރުކާރުގެ ފުރިހަމަ ހިއްސާ އޮވެގެން ހިންގާ، އެކެޑަމީއެކެވެ. މޯލްޑިވިއަން އެވިއޭޝަން އެކަޑަމީ މެނޭޖްކުރަން ހަވާކުކޮށްފައިވަނީ ޗެކް ރިޕަބްލިކްގެ ފްލައިން އެކަޑެމީއާއެވެ.
މޯލްޑިވިއަން އޭވިއޭޝަން އެކެޑަމީން އައްޑޫގައި ޤާއިމްކޮށްފައިވާ ފްލައިން ސްކޫލަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން އޭވިއޭޝަން އެކަޑަމީ ހިންގުމުގެ ހުއްދަ ދޫކޮށްފައިވަނީ މި މަހުގެ ތިންވަނަ ދުވަހުގައެވެ. އެއާއެކު އައްޑޫގައި މީގެ ކުރިން ހިންގި ސްރީލަންކާގެ އޭޝިއަން އެކަޑެމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) ގައި ކޯސް ހަދަމުން ދިޔަ ދަރިވަރުންގެ ތެރެއިން ހަ ދަރިވަރަކު އިއްޔެވަނީ މޯލްޑިވިއަން އޭވިއޭޝަން އެކެޑަމީގައި އުދުހުމުގެ 10 ގަޑިއިރު ފުރިހަމަކުރުމުގެ މަސައްކަތް ފަށާފައެވެ.
ކުރިން އައްޑޫގައި ސްރީ ލަންކާގެ އޭޝިއަން އެކަޑެމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) ގައި ކޯސް ހަދަމުން ދިޔަ ދަރިވަރުންގެ ތެރެއިން 35 ދަރިވަރަކާ އެކު މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީގެ ކިޔެވުން ފަށާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުގައެވެ.
އޭވިއޭޝަން އެކަޑެމީން ބުނީ އެކަޑެމީގެ ދެވަނަ ބެޗްގައި ހިމެނޭ 39 ދަރިވަރެއްގެ ރިފްރެޝާ ޕްރޮގްރާމް ވެސް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި މި މަހުގެ ތެރޭގައި ތިން ވަނަ ބެޗެއްގެ ރިފްރެޝާ ޕްރޮގްރާމް ވެސް ފަށާނެކަމަށް މޯލްޑިވިއަން އޭވިއޭޝަން އެކެޑަމީން މަޢުލޫމާތުދެއެވެ.
ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ފުރަތަމަ ދިވެހި ފްލައިން ސްކޫލް ޤާއިމްކުރަން ނިންމީ މީގެކުރިން އައްޑޫގައި ބޭރު ބަޔަކު ހިންގަމުން އައި ފްލައިން ސްކޫލުގެ ދަރިވަރުންނަށް ގިނަ ދަތިތަކެއް ދިމާވެ، އެކުދިންގެ ކިޔެވުން ހުއްޓުމާއި ގުޅިގެންނެވެ.
މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީގެ ކިޔެވުން މިއަހަރުގެ ޖެނުއަރީމަހު ފަށާފައިވަނީ 35 ކުދިންގެ ބެޗަކާއިއެކުއެވެ. ފުރަތަމަ ބެޗުގައި ފުރުސަތު ދީފައިވަނީ ކުރިން އައްޑޫ ފްލައިން ސްކޫލުގައި ކިޔެވި ދަރިވަރުންނަށެވެ.
އެކުދިންނަށް ފުރަތަމަ ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ 150 ގަޑިއިރުގެ ރިފްރެޝަރ ތިއަރީ ކްލާސްތަކަކާއި އަދި އެއަށްފަހު 10 ގަޑިއިރުގެ އުދުހުމުގެ ކްލާސްތަކެވެ.

Welcome back to the sky!
— Maldivian Aviation Academy (@mvaviationacad) July 10, 2022
After more than a year of struggles, these students are finally on their way to become professional pilots. Thankyou everyone who contributes to make their dreams come true.@MaldivianAero @FlyingAcademy @Ganairportco @MoHEmv pic.twitter.com/6E9gB7Ewzn
ކުރިން އައްޑޫގައި ސްރީ ލަންކާގެ އޭޝިއަން އެކަޑެމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) ގައި ކޯސް ހަދަމުން ދިޔަ ދަރިވަރުންގެ ތެރެއިން 35 ދަރިވަރަކާ އެކު މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީގެ ކިޔެވުން ފަށާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުގައެވެ.
އޭވިއޭޝަން އެކަޑެމީން ބުނީ އެކަޑެމީގެ ދެވަނަ ބެޗްގައި ހިމެނޭ 39 ދަރިވަރެއްގެ ރިފްރެޝާ ޕްރޮގްރާމް ވެސް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި މި މަހުގެ ތެރޭގައި ތިން ވަނަ ބެޗެއްގެ ރިފްރެޝާ ޕްރޮގްރާމް ވެސް ފަށާނެކަމަށް މޯލްޑިވިއަން އޭވިއޭޝަން އެކެޑަމީން މަޢުލޫމާތުދެއެވެ.
ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ފުރަތަމަ ދިވެހި ފްލައިން ސްކޫލް ޤާއިމްކުރަން ނިންމީ މީގެކުރިން އައްޑޫގައި ބޭރު ބަޔަކު ހިންގަމުން އައި ފްލައިން ސްކޫލުގެ ދަރިވަރުންނަށް ގިނަ ދަތިތަކެއް ދިމާވެ، އެކުދިންގެ ކިޔެވުން ހުއްޓުމާއި ގުޅިގެންނެވެ.
މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީގެ ކިޔެވުން މިއަހަރުގެ ޖެނުއަރީމަހު ފަށާފައިވަނީ 35 ކުދިންގެ ބެޗަކާއިއެކުއެވެ. ފުރަތަމަ ބެޗުގައި ފުރުސަތު ދީފައިވަނީ ކުރިން އައްޑޫ ފްލައިން ސްކޫލުގައި ކިޔެވި ދަރިވަރުންނަށެވެ.
އެކުދިންނަށް ފުރަތަމަ ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ 150 ގަޑިއިރުގެ ރިފްރެޝަރ ތިއަރީ ކްލާސްތަކަކާއި އަދި އެއަށްފަހު 10 ގަޑިއިރުގެ އުދުހުމުގެ ކްލާސްތަކެވެ.
ކިޔުންތެރިންގެ ހިޔާލު