މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާ ބެހޭ އިދާރާއިން މިއަދު ވަނީ ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް ވައިޓް އެލާޓް ނެރެފަ އެވެ.

މެޓް އޮފީހުން ބުނީ ވައިޓް އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 7:00 އިން ފެށިގެން މެންދުރު 12:00 އާ ހަމައަށް ކަމަށެވެ. މި ވަގުތުގެ ތެރޭގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރައި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް މޫސުމާ ބެހޭ އިދާރާ އިން ވަނީ ލަފާކޮށްފައެވެ.



އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް ކަނޑު ދަތުރުފަތުރު ކުރެއްވުމުގައި މޫސުމަށް ސަމާލުވުމަށް މެޓްއޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން