100 މެގަވޮޓް ކަރަންޓު އުފެއްދޭ އިންޖީނުގެއެއް މާލޭ ސަރަޙައްދުގައި އެޅުމުގެ މަސައްކަތް ފެށުމައް ތައްޔާރުވަމުން އަންނަ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
މި މަޝްރޫޢު ކުރިއަށްގެންދާނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ސްޓޭލްކޯއިން ތަރައްޤީކުރި "ފިފްތް ޕަވަތް ޕްރޮޖެކްޓް" އިންޖީނުގެއާ، އިންވެގެން އޮތް ބިމުގައެވެ. ފިފްތް ޕަވަރ މަޝްރޫޢަކީ މިހާތަނަށް އެއް އިމާރާތެއްގައި ޚިދުމަތްދޭ އެންމެ ބޮޑު އިންޖީނުގެއެވެ. މި އިންޖީނުގޭގައި 50 މެގަވޮޓްގެ ކަރަންޓު ދެވޭ ކެޕޭސިޓީވަނީ ޤާއިމުކޮށްފައެވެ.
ދަޢުލަތުގެ މީޑިއާގައި ރޭ ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަރީފް ވިދާޅުވީ މާލޭ ސަރަޙައްދުގައި ޤާއިމުކުރުމަށް ތައްޔާރުވަމުންދާ 100 މެގަވޮޓްގެ އިންޖީނުގެއަކީ ރާއްޖޭގައި މިހާތަނަށް ޤާއިމުކުރާ އެންމެބޮޑު އިންޖީނުގެ ކަމަށެވެ. މިޕްރޮޖެކްޓްގައި އެންމެ ފުރަތަމަ 70 މެގަވޮޓްގެ ކަރަންޓް އުފައްދާ ޚިދުމަތް ދޭނެކަމަށާއި މިހާރު ކުރިއަށްދަނީ އިންޖީނުގެ އެޅުމަށް ބޭނުންވާ ޓެކްނިކަލް މަސައްކަތްތައް ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ އުއްމީދަކީ މި މަސައްކަތުގެ ޢަމަލީ މަސައްކަތް އަންނަ އަހަރުގެ ފުރަތަމަ 3 މަހުގެ ތެރޭގައި ފެށުން ކަމަށެވެ. އަދި މި މަޝްރޫއު ނިމުމުން 2030ގެ ކުރިން ކަރަންޓު އުފެއްދުން އިތުރުކުރަން މަސައްކަތް ކުރަންޖެހޭނެކަމަށް ލަފާ ނުކުރެވޭކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު