ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި 5 ކަނދުފަތި އެޅުމުގެ މަސައްކަތް މަސްވެރިކަމާބެހޭ ވުޒާރާއިން ފަށައިފިއެވެ.
މަސްވެރިކަމާބެހޭ ވުޒާރާއިން ބުނީ ކަނޑައިގެން ގޮސްފައިވާ ކަނދުފަތިތައް ޤާއިމްކުރުމުގެ މަސައްކަތް އެ މިނިސްޓްރީން ފަށައިގެން ކުރިއަށްގެންދާކަމަށެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުން 8 ކަނދުފަތި ވަނީ ކެނޑިފައެވެ. އެއީ ހއ. ފިއްލަދޫ، ށ. ކޮމަންޑޫ، ޅ. ފާދޫ، ކ. ކާށިދޫ، ކ. މާފުށި، އއ. އުކުޅަސް، ތ. ހިރިލަންދޫ ހިމެނޭ ސަރަހައްދުތަކުގައި އަޅާފައިވާ ކަނދުފަތިތަކެވެ.
މި ކަނދުފަތިތަކުގެ ތެރެއިން 5 ކަނދުފައްޗެއް އެޅުމުގެ މަސައްކަތް ކުރުމަށް މަސްވެރިކަމާބެހޭ ވުޒާރާގެ ކަނދުފަތި ޓީމުން މިހާރުދަނީ ޙަރަކާތްތެރިވަމުންނެވެ. އެގޮތުން ޅ. ފާދޫ އާއި ކ. މާފުށީ ކަނދުފަތި މިހާރުވަނީ އަޅާފައެވެ.
އޭގެއިތުރުން މި ދަތުރުގައި ހއ. ފިއްލަދޫ، ށ. ކޮމަންޑޫ އަދި އއ. އުކުޅަހުގެ ކަނދުފަތި އެޅުމަށްވަނީ ހަމަޖެހިފައެވެ. ބާކީ ހުރި ކަނދުފަތިތައް އެޅުމަށް މިނިސްޓްރީގެ ޓެކްނިކަލް ޓީމުން ތައްޔާރުވަމުންދާކަމަށްވެސް މަސްވެރިކަމާބެހޭ ވުޒާރާއިން މަޢުލޫމާތުދެއެވެ.
މަސްކަނދަކީ، ރާއްޖޭގައި މަސްވެރިކަމުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން އަޅަމުން އަންނަ އެއްޗަކަށްވާއިރު، މަސްކަނދު ވިއުގަ އިތުރަށް ފުޅާ ކުރުމަކީ މިނިސްޓްރީގެ އަމާޒެކެވެ.

ކިޔުންތެރިންގެ ހިޔާލު