ފަންނާނުންގެ މިއުޒިކީ ޢީދު މިފަހަރު އޮންނާނީ އައްޑޫސިޓީގައި ކަމަށް ނޭޝަނަލް ސެންޓަރ ފޯ ދި އާޓްސް އެންސީއޭ އިން ހާމަކޮށްފިއެވެ.
އެންސީއޭއިން މިއަދު ބުނީ މިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދިވެހި ފަންނާނުންގެ މިއުޒިކީ ޢީދު މިއަހަރުގެ ޖުލައި 27 އަދި 28ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ދިވެހި ފަންނާނުންގެ މިއުޒިކީ އީދު މިފަހަރު އޮންނާނީ އައްޑޫ ސިޓީގައި ކަމަށް އެންސީއޭއިން މަޢުލޫމާތުދެއެވެ.
މިއަހަރުގެ މިއުޒިކީ ޢީދު ކުރިއަށްގެންދަނީ އެންސީއޭ އާއި އައްޑޫސިޓީ ކައުންސިލް ގުޅިގެނެވެ.
އެންސީއޭއިން ބުނީ، މިފަހަރުގެ ފަންނާނުންގެ މިއުޒިކީ ޢީދުގައި އައްޑޫގެ ފަންނާނުންނާއި މާލޭގައި މަސައްކަތް ކުރާ އެކި ބޭންޑުތަކާއި ފަންނާނުންވެސް ބައިވެރިވާނެ ކަމަށެވެ.
ދިވެހި ފަންނާނުންގެ މިއުޒިކީ ޢީދަކީ ކޮންމެ އަހަރަކުވެސް ވަރަށް ކުލަގަދަކޮށް ބާއްވަމުން އަންނަ ހަރަކާތެކެވެ.

މިނިވަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޖުލައި 27 އަދި 28ގައި އެންސީއޭ އަދި @AdduCityCouncil ގުޅިގެން ބާއްވާ ދިވެހި ފަންނާނުންގެ މިއުޒިކީ އީދު މިފަހަރު އައްޑޫ ސިޓީގައި..@MTCCPlc @stoplc @OoredooMaldives pic.twitter.com/UXT1Ib7zSe
— NCA (@NCA_MDV) July 22, 2022
އެންސީއޭއިން ބުނީ، މިފަހަރުގެ ފަންނާނުންގެ މިއުޒިކީ ޢީދުގައި އައްޑޫގެ ފަންނާނުންނާއި މާލޭގައި މަސައްކަތް ކުރާ އެކި ބޭންޑުތަކާއި ފަންނާނުންވެސް ބައިވެރިވާނެ ކަމަށެވެ.
ދިވެހި ފަންނާނުންގެ މިއުޒިކީ ޢީދަކީ ކޮންމެ އަހަރަކުވެސް ވަރަށް ކުލަގަދަކޮށް ބާއްވަމުން އަންނަ ހަރަކާތެކެވެ.
ކިޔުންތެރިންގެ ހިޔާލު