އެމެރިކާގެ ލޫއިޒިއާނާގައި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކުރީގެ ފުލުހަކު، ކެމިކަލް ބޭނުންކޮށްގެން (ކާސްޓްރޭޓްކޮށްގެން) ޖިންސީ އެދުން ކަނޑުވާލުމަށް ހުކުމްކޮށްފިއެވެ. މިއީ އެމެރިކާގެ ތާރީޚުގައި މިފަދަ ހަރުކަށި އަދަބެއް ދެވޭ ދެވަނަ މީހާއެވެ.
އުމުރުން 31 އަހަރުގެ ކެޑްރެޔޯން ވިލިއަމްސްގެ މައްޗަށް ސާބިތުވެފައިވަނީ ކުޑަކުދިންތަކެއް ރޭޕްކުރުމާއި، ކުޑަކުދިންނާއެކު ބަދުއަޚުލާގީ އަމަލު ހިންގުމުގެ އިތުރުން ކުޑަކުދިންގެ އޮރިޔާން ކާޑު ގެންގުޅުމުގެ ކުށެވެ.
އޭނާ ވަނީ އުމުރުން 8 އަހަރާއި 11 އަހަރާ ދެމެދުގެ ގިނަ ކުދިންތަކަކަށް ޖިންސީ ގޯނާކޮށްފައެވެ. ޕްރޮސެކިއުޓަރުން ބުނާގޮތުގައި މި އަމަލުތައް ހިންގާފައިވަނީ އޭނާ ވޮލަންޓިއަރެއްގެ ގޮތުގައި މަސައްކަތްކުރި ފަޔަރ ސްޓޭޝަންތަކުގައާއި، އޭނާގެ މަސައްކަތުގެ މާހައުލުގެ އިތުރުން އޭނާގެ ގޭގައެވެ. އަދި އޭނާ ވަނީ މި އަމަލުތައް ހިންގި މަންޒަރު ވީޑިއޯވެސް ކޮށްފައެވެ.
މި މައްސަލައިގައި ފަނޑިޔާރުން ގޮތެއް ނިންމުމަށް ނަގާފައިވަނީ އެންމެ 39 މިނެޓެވެ. ވިލިއަމްސްގެ މައްޗަށް އުމުރު ދުވަހުގެ ތިން ޖަލު ހުކުމެއް އައިސްފައިވާއިރު، އޭނާގެ ޖިންސީ އެދުން ކަނޑުވާލުމަށް ކެމިކަލް ކާސްޓްރޭޓް ކުރުމަށްވެސް ވަނީ ހުކުމްކޮށްފައެވެ.
ޕްރޮސެކިއުޓަރުން ބުނެފައިވަނީ، އަމިއްލަ ދިފާއުގައި އެއްވެސް ކަމެއް ނުކުރެވޭނެ ފަދަ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނަށް ހައްގު އަދަބު ލިބެންޖެހޭނެ ކަމަށާއި، މި ހުކުމުގެ ސަބަބުން އަނިޔާ ލިބުނު ކުދިންގެ އާއިލާތަކަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
ލޫއިޒިއާނާގެ ގާނޫނު ބުނާގޮތުން ކުޑަކުދިންނާ ބެހުމުގެ ކުށް ސާބިތުވާ މީހުންނަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް ކަނޑައެޅުން ލާޒިމްކުރެއެވެ. ނަމަވެސް ޕްރޮސެކިއުޓަރުން ބޭނުންވީ މިއަށްވުރެ ދާއިމީ އަދަބެއް ދިނުމަށެވެ.
އެމެރިކާގައި ފުރަތަމަ ފަހަރަށް މިފަދަ އަދަބެއް ދީފައިވަނީ މިދިޔަ އޮގަސްޓު މަހު، ކުޑަކުދިންގެ އޮރިޔާން ކާޑު ގެންގުޅުމުގެ ކުށް ސާބިތުވި އުމުރުން 51 އަހަރުގެ ކެރޮލް ރޭ ކްލާކް ނަމަކަށް ކިޔާ މީހަކަށެވެ. އޭނާއަށް ވަނީ ކާސްޓްރޭޓް ކުރުމުގެ އިތުރުން 35 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.
ލޫއިޒިއާނާގެ ގާނޫނަށް 2024 ވަނަ އަހަރު ގެނައި އިސްލާހާއެކު، އުމުރުން 13 އަހަރުން ދަށުގެ ކުދިންނަށް ޖިންސީ ގޯނާކުރާ މީހުން ސާޖިކަލް ނުވަތަ ކެމިކަލް ކާސްޓްރޭޝަންއަށް އަމުރުކުރުމުގެ ބާރު ފަނޑިޔާރުންނަށް ލިބިދެއެވެ.

ކިޔުންތެރިންގެ ހިޔާލު