އެމެރިކާގެ ރައީސް ޖޯ ބައިޑަން އަނެއްކާވެސް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ވައިޓް ހައުސްގެ ޑޮކްޓަރުން ހާމަކޮށްފިއެވެ. ނަމަވެސް އަދި ބަލީގެ އެއްވެސް އަލާމާތެއް ނެތް ކަމަށް ޑޮކްޓަރ ކެވިން އޯކޯނަރ ވިދާޅުވިއެވެ.
ޑޮކްޓަރުން ހާމަކޮށްފައިވާގޮތުގައި ބައިޑަން އަލުން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ ހޮނިހިރު ދުވަހުއެވެ. އަދި އޭގެ ކުރިން، އަންގާރަ، ބުދަ، ބުރާސްފަތި އަދި ހުކުރު ދުވަހު ހެދި ޓެސްޓުގެ ނަތީޖާ ވަނީ ނެގެޓިވްވެފައެވެ.
"މިއީ ހަގީގަތުގައި ރިބައުންޑް ޕޮޒިޓިވިޓީއެއް،" ވައިޓް ހައުސްގެ ކެވިން އޯކޯނަރ ވިދާޅުވިއެވެ.
ކެވިން މިހެން ވިދާޅުވެފައިވަނީ، ކޮވިޑް ބަލީގެ ބައެއް އަލާމާތްތައް ހުންނަ މީހުންނަށް ދޭ އެންޓިވައިރަލް ފަރުވާއެއް ކަމަށްވާ ޕެކްސްލޮވިޑް ކެއުމަށް ފަހު ބައެއް ބަލިމީހުންނަށް ދިމާވާ ކޮވިޑް-19 ރިލެޕްސް އަށް އިޝާރާތް ކުރައްވަވެ.
އާންމު ނޫން ނަމަވެސް ބައެއް ބަލިމީހުންނަށް ޕެކްސްލޮވިޑްގެ ފަރުވާއަށްފަހު އަނެއްކާވެސް ބައްޔަށް ޕޮޒިޓިވް ވެދާނެ އެވެ. ނަމަވެސް މިއީ އެ ބޭސް މަސައްކަތް ނުކުރާ ކަމުގެ އިޝާރާތެއް ނޫންކަމަށް ޑޮކްޓަރުން ބުނެއެވެ. އަދި ޕެކްސްލޮވިޑް ބޭނުންކުރާ ހައި ރިސްކް ބަލިމީހުން، ބަލި ބޮޑުވަރުވިޔަނުދީ ބަލިކޮންޓްރޯލްކޮށް ހޮސްޕިޓަލުގައި އެޑްމިޓް ވުމުގެ ފުރުސަތު ދައްކޮށްދެއެވެ.
ޖޯ ބައިޑަން އަނެއްކާވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއެކު އެކަހެރިވެ ހުންނަވާކަން އިއްޔެ ވަނީ ހާމަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު