ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީއަށް ދިމާވެފަައިވާ ހާލަތުން އަރައިގަތުމަށް ގައުމީ މަޖިލިސް އެއްކޮށްގެން ގޮތްތަކެއް ހޯދަންޖެހޭ ކަމަށް އެޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު، ރީކޯ ރޭ ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ޕްރޮގުރާމެއްގައި ރޭ ވާހަކަ ދައްކަަވަމުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ވިދާޅުވީ، ކޮންގުރެސް އަށްފަހު އެމްޑީޕީ އަލުން އެކަތިގަނޑަކަށް ވާނެ ކަމަށް އުއްމީދު ކުރެއްވި ކަމަށެވެ. އެހެން ނަމަވެސް މިހާރު ކަންތައް ދާގޮތުން އެޕާޓީގެ އިސްލީޑަރު ރައީސް ސޯލިހާއި ޕާޓީގެ ރައީސް އެއްގަލަކަށް އެރިދާނެ ކަމަށް ގަބޫލު ނުކުރަށްވާ ކަމަށް މޫސަ ވިދާޅުވިއެވެ.
އެހެންކަމުން ވީހާވެސް އަވަހަކަށް އެމްޑީޕީގެ ގައުމީ މަޖިލިސް އެއްކުރަންޖެހޭ ކަމަށާއި، އެގޮތުން އިސް ލީޑަރު ރައީސް ސާލިޙާއި މަޝްވަރާކޮށް ގައުމީ މަޖިލީހުން ރައުޔެއް ނުވަތަ ދެކޭގޮތެއް ހޯދަންޖެހޭ ކަަމަށް އެޕާޓީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު ކަން ވެސް ކުރެއްވި މޫސަ ވިދާޅުވިއެވެެ. މަޖިލީހުގެ ކުރީގެ ނާއިބް ރައީސް ކަން ކުރެއްވި މޫސަ ވިދާޅުވީ އެމްޑީޕީގެ ލީޑަރޝިޕުން ވާހަކަ ދައްކަން މަގުމައްޗަށް ނިކުންނަންޖެހޭ ކަމަށެވެ. އަދި އެމްޑީޕީގެ ލީޑަރޝިޕުން ހަރުގެއަށް ނިކުމެ ހަރުގޭގައި ވާހަކަދައްކައި ޕާޓީގެ ފޯރިގަދަކޮޮށް ޖަގަހަ ތަކަށް މީހުން އެއްވެ އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަންޖެހޭ ކަމަށް މޫސަ ވިދާޅުވިއެވެ.
"އެމްޑީޕީން އަލުން ކޮޅަށް ޖެހުމަށްޓަކައި ޕާޓީގެ ލީޑަރޝިޕުން ގައުމީ މަޖިލީހުން ގައުމީ ހިންގާ ކޮމެޓީ ޕާލިމެންޓްރީ ގުރޫޕުން ގޮތްތަކެއް ހޯދާނެކަމަށް އަޅުގަނޑު ގަބޫލުކުރަނީ، ދެން މިޖެހުނު ކަމެއްގައި ރައީސް ނަޝީދާއި ރައީސް ސާލިޙާ ދެމެދުު ހިނގި ޒުވާބެއްގައި މޮޅި ސާލުއަޅައިގެން ތިބީމަ ޕާޓީގެ މުސްތަގުބަލް ގެއްލިގެން ހިގައިދާނެ. އެއަށްވުރެ އެމްޑީޕީގެ މެމްބަރުން ވަރުގަދަވާންޖެހޭ، ވަރުގަދަވާނެ އަޅުގަނޑުގެ ހިތަށް ފެންނަނީ އެކަން އެގޮތަށް އޮންނާނެ ކަމަށް." ހުޅުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު ވިދާޅުވިއެވެ.
މީގެ އިތުރުން މޫސަ ވިދާޅުވީ ޕާޓީ ފުނޑުފުނޑުވިޔަ ނުދިނުމަށްޓަކައި މިފަދަ ދަނޑިވަޅެއްގައި ޕާޓީގެ ލީޑަރޝިޕުގައި ވަރަށް ހަރުދަނާ އުސޫލުތަކެއް އޮންނަންޖެހޭނެކަމަށެވެެ. އެގޮތުން ވާހަކަ ދައްްކައިގެން މައްސަލަ ހައްލު ނުވެއްޖެނަމަ، ފިޔަވަޅު އަޅަން ޖެހެނީ ކޮންމެ މީހަކާއި މެދުގައި ވިޔަސް ފިޔަވަޅު ވެސް އަޅަންޖެހޭ ކަމަށް މޫސަ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު