ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް އެންމެ ރަނގަޅީ ޖުމްހޫރީ ޕާޓީ ލީޑަރު ގާސިމް އިބްރާހިމް ކަމަށް މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުالله (މޮސްޓާ) ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެމަގާމުން ވަކިކުރުމުގެ މަސައްކަތް ފެށުމަށް އެމްޑީޕީގެ ބައެއް މެމްބަރުން އެޕާޓީގެ ޕާލިމެންޓްރީ ގުރޫޕްގަައި ވަނީ އެދިވަޑައިގެންފަައެވެ. އެކަމާ ގުޅިގެން މަޖިލީހުގެ އަމިއްލަ މެމްބަރެއްގެ ގޮތުގައި ހުންނެވި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުالله (މޮސްޓާ) ވިދާޅުވީ މަޖިލީހުގެ ރައީސް ކަމަށް ދެން އެންމެ ރަނގަޅު ބޭފުޅަކީ މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްެރާހިމް ކަމަށެވެ.
ގާސިމް އިބްރާހިމަކީ 18 ވަނަ ރައްޔިތުންގެ މަޖިލިހުގައި ވެސް ރައީސްކަން ކުރެއްވި ބޭފުޅެކެވެ.
ރަސް އޮންލައިން އަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ އެމްޑީޕީގެ މަޖިލިހުގެ ގިނަ މެމްބަރުން މިހާރު ނަޝީދަށް އިތުބާރު ނުކުރައްވާ ކަމަށެވެ. އަދި މަޖިލިހުގެ ރައީސް ކަމުގައި ނަޝީދު ހުންނަވަން އެ މެމްބަރުން ބޭނުން ނުވާ ކަމަށާއި އެ މެމްބަރުން ބޭނުން ވަނީ އިތުބާރު ނެތް ކަމުގެ ވޯޓު ނަގައި ނަޝީދު ވަކިކުރަން ކަމަށް އަސްލަމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރައީސް ނަޝީދު ވަކިކުރަން ޕާލިމެންޓްރީ ގުރޫޕަށް މިހާތަނަށް ހުށައަޅާފައިނުވާ ކަަމަށެވެ.
"ރަސްމީކޮށް އެ މައްސަލަ އަޅުގަނޑަށް ހުށަހެޅުއްވީމާ ޕީޖީ ގުރޫޕް ބާއްވާފައި އެ ފާސްވާ ގޮތަކަށް އަޅުގަނޑު ކުރިއަށް ގެންދާނީ،" ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަސްލަމް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ މަޖިލީހުގެ ރައީސްގެ މަގާމުން ނަޝީދު ދުރުކުރަން އެމްޑީޕީގެ ޕީޖީގެ ބައެއް މެމްބަރުން ބޭނުންވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އަންހެން ކުއްޖަކާއެކު ޖިންސީ ގުޅުން ހިންގިކަން ހާމަވާ ހަތަރު ފޮޓޯއެއް ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވެ، ދޮގު ވާހަކަތަކެއް ފަތުރާތީ އެކަމާ ހިތްހަމަޖެހިވަޑައިނުގެން ކަމަށެވެ.

ދެން @mvpeoplesmajlis ރައީސް ކަމަށް އެންމެ ރަނގަޅުވާނީ @qasimibrahim ...
— Mohamed Nasheed Abdulla ( MosTaaA ) (@MNA_MosTaaA) July 30, 2022
ގާސިމް އިބްރާހިމަކީ 18 ވަނަ ރައްޔިތުންގެ މަޖިލިހުގައި ވެސް ރައީސްކަން ކުރެއްވި ބޭފުޅެކެވެ.
ރަސް އޮންލައިން އަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ އެމްޑީޕީގެ މަޖިލިހުގެ ގިނަ މެމްބަރުން މިހާރު ނަޝީދަށް އިތުބާރު ނުކުރައްވާ ކަމަށެވެ. އަދި މަޖިލިހުގެ ރައީސް ކަމުގައި ނަޝީދު ހުންނަވަން އެ މެމްބަރުން ބޭނުން ނުވާ ކަމަށާއި އެ މެމްބަރުން ބޭނުން ވަނީ އިތުބާރު ނެތް ކަމުގެ ވޯޓު ނަގައި ނަޝީދު ވަކިކުރަން ކަމަށް އަސްލަމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރައީސް ނަޝީދު ވަކިކުރަން ޕާލިމެންޓްރީ ގުރޫޕަށް މިހާތަނަށް ހުށައަޅާފައިނުވާ ކަަމަށެވެ.
"ރަސްމީކޮށް އެ މައްސަލަ އަޅުގަނޑަށް ހުށަހެޅުއްވީމާ ޕީޖީ ގުރޫޕް ބާއްވާފައި އެ ފާސްވާ ގޮތަކަށް އަޅުގަނޑު ކުރިއަށް ގެންދާނީ،" ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަސްލަމް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ މަޖިލީހުގެ ރައީސްގެ މަގާމުން ނަޝީދު ދުރުކުރަން އެމްޑީޕީގެ ޕީޖީގެ ބައެއް މެމްބަރުން ބޭނުންވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އަންހެން ކުއްޖަކާއެކު ޖިންސީ ގުޅުން ހިންގިކަން ހާމަވާ ހަތަރު ފޮޓޯއެއް ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވެ، ދޮގު ވާހަކަތަކެއް ފަތުރާތީ އެކަމާ ހިތްހަމަޖެހިވަޑައިނުގެން ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު