ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބު ވިދާޅުވެގެން ކުރީގެ ރައީސް އަބުދު ﷲ ޔާމިން އަބްދުލްގައްޔޫމާއި އެއްމިލިއަން ރުފިޔާ ހަވާލުކޮށްފައިވާނެ ކަމަށް އަޙްމަދު އަދީބުގެ އަރިސް މީހެއް ކަމުގައިވާ މުހައްމަދު ހުސައިން (އޮއިއްޓޭ) މިއަދު ބުނެފިއެވެ.
ދައުލަތަށް ގެއްލުނު ގިނަ އަދަދެއްގެ ފައިސާ ދައުރުކުރުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރިކަމަށް ބެލެވޭ އެސްއޯއެފް ކުންފުނީގެ ހިއްސާދާރުންނާއި އަޙްމަދު އަދީބުގެ އަރިސް މީހެއް ކަމުގައިވާ މުހައްމަދު ހުސައިން (އޮއިއްޓޭ) މިހެން ބުނެފައި ވަނީ ކްރިމިނަލް ކޯޓުގައި މިއަދު ހެކިބަސްދެމުންނެވެ.
ރައީސް ޔާމިނާއި ދެކޮޅަށް ހެކިބަސް ދެމުން މުހައްމަދު ހުސައިން (އޮއިއްޓޭ) ބުނީ ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބު ބުނެގެން ކުރީގެ ރަައީސް ޔާމިނާއި އެއްމިލިއަން ރުފިޔާ ހަވާލުކުރީ އެމަނިކުފާނުގެ ގެކޮޅަށް ގޮސް ކަމަށެވެ. އެއްމިިލިއަން ރުފިޔާގެ ތެރެއިން އެންމެ ފުރަތަމަ ރައީސް ޔާމިނާއި ހަވާލުކުރީ އެއްލައްކަ ރުފިޔާ ކަމަށާއި އެކަމާއި ރައީސް ޔާމިން ހިތްހަމަޖެހިވަޑައިނުގަތުމުން އެވާހަކަ އަދީބު ގާތު ބުނި ކަމަށް އޮއިއްޓެ ބުންޏެވެެ. އަދީބު ދިން އިރުޝާދާއެއްގޮތަށް ބާކީ ހުރި 9 ލައްކަ ރުފިޔާ ރައީސް ޔާމިނާއި ހަވާލުކޮށްފައިވާނެ ކަމަށް ހެކިބަސް ދެމުން އޮއިއްޓޭ ބުނެފައިވެއެވެ.
"އަޅުގަނޑު އަދީބު ބުނެގެން ރައީސް ޔާމިނާއި ފައިސާ ހަވާލުކުރަން ބައްދަލުކުރިން. ،އެއީ 2013 ވަނައަހަރު. އަޅުގަނޑު އަތަށް އަދީބު އެއްމިލިއަން ރުފިޔާ ދީފައި، އޭރު ހުރީ ދެން އަޅުގަނޑަށް ރައީސް ޔާމިންގެ ނަމްބަރު ދީފައި ބުނީ ގުޅާފައި ހަވާލުކޮށްލާށޭ. އަޅުގަނޑު ގޮސް ރައީސް ޔާމިންގެ ގެކޮޅު ކައިރީގައި ހުރެފައި ރައީސް ޔާމިނަށް ގުޅާފައި އެންމެ ފުރަތަމަ އެއްލައްކަ ރުފިޔާ ނަގާފައި ހަވާލުކުރީ،" އޮއިއްޓެ ބުނެފައިވެއެވެ.
އޮއިއްޓޭ ބުނީ ރަައީސް ޔާމިނާއިއި ފަހުން ހަވާލުކުރި 9 ލައްކަ ރުފިޔާ ހުންނާނީ ކޮތަޅަކަށް އަޅާފައި ކަމަށެެވެ. އެ ކޮތަޅުގައި ހުންނާނީ ބައިބަޔަށް އަޅާފައި ހުރި 500ގެ ނޫޓް ކަމަށާއި ކޮންމެ ބަޔެއްގައި 50000 ރުފިޔާ ހުންނާނެ ކަމަށް އޮއިއްޓޭ ބުނެފައިވެއެެވެ. އޮއިއްޓޭ ބުނިގޮތުގައި ރައީސް ޔާމިނާއި އެފައިސާ ކޮތަޅު ހަވާލުކުރީ އެމަނިކުފާނުގެ ގެކޮޅަށް ގޮސް އޭނާ އަމިއްލައަށް ކަމަށެވެ.
ރިސޯޓެއްގެ ގޮތުގައި ވ. އާރަށް ތަރައްގީކުރުމަށް އެ ރަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރިކަމުގެ ތުހުމަތުގައި، އެމަނިކުފާނުގެ މައްޗަށް ރިޝްވަތު ނެގުމާއި މަނީ ލޯންޑަރިންގެ ދައުވާ ދައުލަތުން ވަނީ އުފުލާފައެވެ. ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި އާރަށް ތަރައްގީކުރަން ހަވާލުކުރީ ޓޫޖީ މޯލްޑިވްސް ކިޔާ ކުންފުންޏަކާ އެވެ. ނަމަވެސް ފަހުން އެ ރަށް ވަނީ ބޭރުގެ ކުންފުންޏަކަށް ވިއްކާލައިފަ އެވެ.
ރައީސް ޔާމީންގެ މައްޗަށް ތުހުމަތު ކުރެވެނީ އެ ރަށް ވިއްކާލައިގެން، އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަކަށް ޖަމާކުރި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު