ޕެސްޓިސައިޑުން ތަޣައްޔަރުވެފައިވާ ފަރެންސޭސިވިލާތުގެ "ހާގެންޑާޒް" ބްރޭންޑްގެ އައިސްކްރީމް ރާއްޖެއަށް އެތެރެވެފައިވާތީ ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމްއެފްޑީއޭއިން އިލްތިމާސް ކޮށްފިއެވެ.
އެމްއެފްޑީއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ތަޣައްޔަރުވެފައިވާ ފަރެންސޭސިވިލާތުގެ އުފެއްދުމެއް ކަމަށްވާ "ހާގެންޑާޒް" ބްރޭންޑްގެ އައިސްކްރީމް ރާއްޖެއަށް އެތެރެވެފައިވާކަން ޔޫރަޕްގެ ރެޕިޑް އެލާޓް ސިސްޓަމް ފޮރ ފުޑް އެންޑް ފީޑްއިން ޕެސްޓިސައިޑުން އެއިދާރާގެ ސަމާލުކަމަށް ގެނެސްފައިވާކަމަށެވެ. އެހެންކަމުން އޭގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް ހުރި ހިރާސްތައް ދެނެގަތުމުގެ މަސައްކަތް ކުރަމުންދާކަމަށް އެއޮތޯރިޓީއިން ވަނީ ބުނެފައެވެ.
ޕެސްޓިސައިޑް ފެނިފައިވަނީ "ހާގެންޑާޒް" އައިސްކްރީމްގެ ވެނީލާ ބްރޭންޑްގެ 8 ބެޗެއްގައި ހިމެނޭ އައިސްކްރީމުން ކަމަށާ ބެލްޖިއަން ޗޮކްލެޓާއި ކުކީސް އެންޑް ކްރީމާއި، ކުކީސް އެންޑް ކްރީމް އެސްޕީކޭކާއި ވެނީލާ ކެރަމަލް އާމަންޑްގެ ބައެއް ބެޗުތަކުގައިވެސް ޕެސްޓިސައިޑު އެކުލެވިފައިވާކަމަށް އެ އިދާރާއިން ބުނެއެވެ.
އެހެންކަމުން އެ ބެޗްތަކުގެ އައިސްކްރީމް ރާއްޖޭގައި ނުވިއްކުމަށާ އެތަކެތި ބޭނުން ނުކުރުމަށް ވެސް އެމްއެފްޑީއޭއިން ވަނީ އަންގާފައެވެ. އަދި އެފަދަ ކަމެއް ހިނގާނަމަ އެ އިދާރާގެ ނަންބަރު 3014361 އާއި ގުޅުމަށް އެދިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު