މާލޭގައި ރޭ ހިނގި ރަހުމްކުޑަ މަރުގެ ހާދިސާގައި ޝާމިލުވާ ޤާތިލަށް ހައްގު އަދަބު ދިނުމަށް ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ހ. ޝީރީންވިލާގައި ރޭ ދަންވަރު އުމުރުން 23 އަހަރުގެ ޝިއާއު މުހައްމަދު ސައީދު (ޝިއާ) ޤަތުލުކޮށްލުމާ ގުޅިގެން މިހާތަނަށް ފުލުހުން ބުނެފައިވަނީ ޝިއާއުގެ ހަށިގަނޑަށްވަނީ ލާއިންސާނީ ބޮޑެތި އަނިޔާތަކެއް ދީފައިކަމަށެވެ.
މިކަމާ ގުޅިގެން ރައީސް މައުމޫން ވިދާޅުވީ ރޭ މާލޭގައި ހިނގި ރަޙުމްކުޑަ މަރުގެ ޙާދިސާ ކުށްވެރި ކުރަށްވާ ކަމަށެވެ. އަދި ޤާތިލަށް ޙައްޤު އަދަބު ދިނުމަކީ ޤާނޫނީ ވާޖިބެއްކަމަށްވެސް ރައީސް މައުމޫން ވިދާޅުވިއެވެ.
"ޤާތިލަށް ހައްގު އަދަބު ދިނުމަކީ އަޅުގަނޑުމެންގެ ގާނޫނީ ވާޖިބެއް،" ރައީސް މައުމޫން ވިދާޅުވިއެވެ.
ޝިއާއުގެ މަރުގެ ހާދިސާ ހިނގިކަން ފުލުހުންނަށް ރިޕޯޓު ކުރީ ރޭ 10:30 ހާއިރުއެވެ. ޝާހިލްގެ ހަށިގަނޑާއި ލައިގެން ހުރި އަންނައުނުގައި ލޭ ހުރުމުން އޭނާ ހައްޔަރުކޮށްގެން ފުލުހުންގެ ކާރެއްގައި ގެންދިޔައީ ހަޒްމަޓް ސޫޓެއް ލައްވައިގެނެވެ.
މި މައްސަލަ އާއި ގުޅިގެން ޝާހިލް ހައްޔަރު ކުރީ ކުށުގެ ވެށިން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އޭނާ އަކީ މަޝްހޫރު ސްކޭޓަރ އެކެވެ. ޝަރީޢަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން މިއަދުވަނީ އަމުރުކޮށްފައެވެ.

ރޭ މާލޭގައި ހިނގި ރަޙުމްކުޑަ މަރުގެ ޙާދިސާ އިންތިހާއަށް ކުށްވެރިކުރަން. ޝިކާރައަކަށްވި މަޢުސޫމް އަންހެން ކުއްޖާގެ ފުރާނައަށް މާތް ﷲ ހެޔޮރަޙުމަތް ލައްވާށި! ޤާތިލަށް ޙައްޤު އަދަބު ދިނުމަކީ އަޅުގަނޑުމެންގެ ޤާނޫނީ ވާޖިބެއް.
— Maumoon Abdul Gayoom (@maumoonagayoom) August 7, 2022
ޝިއާއުގެ މަރުގެ ހާދިސާ ހިނގިކަން ފުލުހުންނަށް ރިޕޯޓު ކުރީ ރޭ 10:30 ހާއިރުއެވެ. ޝާހިލްގެ ހަށިގަނޑާއި ލައިގެން ހުރި އަންނައުނުގައި ލޭ ހުރުމުން އޭނާ ހައްޔަރުކޮށްގެން ފުލުހުންގެ ކާރެއްގައި ގެންދިޔައީ ހަޒްމަޓް ސޫޓެއް ލައްވައިގެނެވެ.
މި މައްސަލަ އާއި ގުޅިގެން ޝާހިލް ހައްޔަރު ކުރީ ކުށުގެ ވެށިން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އޭނާ އަކީ މަޝްހޫރު ސްކޭޓަރ އެކެވެ. ޝަރީޢަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން މިއަދުވަނީ އަމުރުކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު