އެއްބަސްވުމުގައި ސޮއި ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --
އެއްބަސްވުމުގައި ސޮއި ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --
ފަންނީ ދާއިރާތަކުން މީހުން ބިނާކުރުމުގައި ގުޅިގެން އެކުގައި މަސައްކަތް ކުރުމަށް މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) އާއި މާލެ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

އެމްޑަބްލިއުއެސްސީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ފަހުމުނާމާގައި އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއި ކޮށްފައިވަނީ މެނޭޖިން ޑިރެކްޓަރު ޙަސަން ޝާހެވެ. އަދި އެމްއަޓީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ އޮފް ޕްރޮގްރާމް އާދަމް ހަލީމެވެ.

މި ރަސްމިއްޔާތުގައި ވަނީ އެމްއައިޓީން ކުރިއަށްގެންދިޔަ ޝޯޓް ކޯސް އޮން ވެލްޑިން ޓެކްނިކްސް އަދި ސެޓިފިކެޓް ތިނެއް އިން ލޭންޑް ސާވޭއިން ކޯސް ފުރިހަމަ ކޮށްފައިވާ އެމްޑަބްލިއުއެސްސީގެ މުވައްޒަފުންނަށް ސެޓިފިކެޓް ހަވާލުކޮށްފައެވެ. މި ސެޓިފިކެޓް ހަވާލުކޮށްދެއްވީ އެމްއައިޓީގެ ޑިރެކްޓާ އޮފް ޕްރޮގްރާމް އާދަމް ހަލީމާއި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހެވެ.

މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން އެމްޑަބްލިއުއެސްސީގެ މުވައްޒަފުން އެކި ދާއިރާތަކުން ބިނާކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، މުވައްޒަފުން ބިނާކުރަން ބޭނުންވާ ތަފަތު ފަންނުގެ ކުރު ކޯސްތައް އެމްއައިޓީއިން ހިންގައި ދިނުމަށް ވަނީ ހަމަޖެހިފައެވެ.

5 އަހަރު ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދަން ނިންމާފައިވާ މި އެއްބަސްވުމުގެ ދަށުން، އެމްޑަބްލިއުއެސްސީން ބޭނުންވާ ދާއިރާތަކުން ޕްރޮގްރާމްތައް ހިންގުމަށްޓަކާ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ފެންވަރުގެ ސިލަބަސް އަދި ކޯސް ޑޮކިއުމަންޓް ތައްޔާރުކުރުމަށް އެމްއައިޓީގެ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން މި އެމްއޯޔޫގެ ދަށުން، އެމްއައިޓީން ތައްޔާރުކުރާ ޓެކްނިކަލް ޕްރޮގްރާމްތަކަށް ބޭނުންވާ ފަންނީ ލަފަޔާއި އެހީތެރިކަން އެމްޑަބްލިއުއެސްސީން ފޯރުކޮށްދިނުމާއި، އެމްއައިޓީގައި ކިޔަވާ ދަރިވަރުންނަށް އެމްޑަބްލިއުއެސްސީ މެދުވެރިކޮށް އަމަލީ ތަޖުރިބާ ހޯދުމުގެ ފުރުސަތު ވެސް ލިބޭނެއެވެ.

އެމްޑަބްލިއުއެސްސީއަކީ އިންސާނީ ވަސީލަތް ބިނާކުރުމުގައި ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރަމުން އަންނަ ކުންފުންޏެއްކަން ފާހަގަ ކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން