ތަފާތު ކުރުމެއް ނެތި، އެހެން ފަރާތްތަކެކޭ އެއްހަމައަކުން ފަންބޮނޑި މޯލްޑިވްސްއަށް "އޯޕަން އެކްސަސް ފައިބަރ ނެޓްވޯކެއް" ގާއިމް ކުރުމަށް މަގުކޮނުމުގެ ހުއްދަ ދިނުމަށް ލޯކަލްގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ލާމު ފޮނަދޫ ކައުންސިލަށް އަންގައިފި އެވެ.
އެލްޖީއޭއިން މިގޮތަށް ބުނެފައިވަނީ ފަންބޮނޑި މޯލްޑިވްސްއިން އެލްޖީއޭއަށް ހުށަހެޅި މައްސަލަ ބެލުމަށްފަހު އެކުންފުންޏަށް ފޮނުވާފައިވާ ޖަވާބުގައެވެ. އެލްޖީއޭގެ ސިޓީގައި ބުނެފައި ވަނީ ފޮނަދޫ ކައުންސިލުން އެކުންފުންޏާއި ދޭތެރޭ ތަފާތުކޮށް ހުއްދަ ނުދީ ހިފަހައްޓާފައި ވާތީ ފޮނަދޫ ކައުންސިލާއި ދެކޮޅަށް ޢަދުލުވެރި ބަދަލު ހޯދުމަށް ދައުވާ ކުރުމުގެ ޙައްޤު ވެސް އެކުންފުންޏަށް ލިބިގެންވާ ކަމަށެވެ.
ލާމު އަތޮޅު ކައުންސިލުން ވެސް ވަނީ ފައިބަރ ނެޓްވޯކް އެޅުމުގެ ހުއްދަ ފަންބޮނޑިއަށް ނުދީ ފޮނަދޫ ކައުންސިލުން ހިފަހައްޓާފައި ވަނީ އުސޫލެއް ހަމައެއްނެތި، ޤަވާއިދާ ޚިލާފަށް ކަމަށް ކުރިން ބުނެފަ އެވެ. ފޮނަދޫ ކައުންސިލަކީ އިދިކޮޅު ޕީޕީއެމްގެ ފަސް މެމްބަރުންގެ މައްޗައް އެކުލެވިގެންވާ ކައުންސިލެކެވެ.
ފޮނަދޫ ކައުންސިލުން އެކުންފުންޏަށް މަގު ކޮނުމުގެ ހުއްދަ ނުދީ ހިފަހައްޓާފައި ވަނީ އެރަށުގައި މިހާރުވެސް ދިރާގު ފިޔަވައި އިތުރު ތިން ފަރާތަކުން ކޭބަލްޓީވީގެ ހިދުމަތް ފޯރުކޮށްދެމުންދާ ކަމަށް ބުނެ އެވެ.
ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް ބޭނުންކުރާ ފައިބަރ އޯޕަން އެކްސަސް ނެޓްވޯކުތަކަކީ ޓެކްނޮލޮޖީގެ އެތައް ޚިދުމަތްތަކެއް އެންމެ ކަނެކްޝަނެއް މެދުވެރިކޮށް ލިބިދޭ ގޮތަށް ފަރުމާ ކޮށްފައިވާ އިންފްރާސްޓަކްޗަރ ނިޒާމެކެވެ.

ކިޔުންތެރިންގެ ހިޔާލު